ބޭރުދުނިޔެ

ޔޫކްރެއިންގެ ހާލަތާމެދު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ކަންބޮޑުވެއްޖެ

ޔޫކްރެއިންގެ ރައްޔިތުންގެ ސިއްހަތާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވެއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވީ ކޮވިޑް-19 އިން ފެށިގެން ކެންސަރާއި ޑައިބެޓީސް އަދި ޓީބީ އާ ހަމައަށް، ނަފްސާނީ މައްސަލަތަކަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ހިޖުރަވެރިން ފަދަ ނާޒުކު ގިންތިތަކުގެ މީހުންނަށް ބޭނުންވާ ޒަރޫރީ ފަރުވާ ފޯރުކޮށްދިނުމަށް ސިއްހީ ނިޒާމު ދެމި އޮންނަން ޖެހޭނެ ކަމަށެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނާއި، މަސައްކަތްތެރިންނާއި، ބަލިމީހުންނާއި، ދަތުރުފަތުރާއި، ސަޕްލައިއަށް ޓާގެޓް ކޮށްގެން ހަމަލާތައް ނުދީވާނެ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.

އަދި ޞިއްޙީ ކަންކަމަށް ހުރަސްއެޅޭގޮތަށް ދޭ ޙަމަލާތައް ޑޮކިއުމެންޓްކުރުމުގައި ޑަބްލިއު.އެޗް.އޯއިން އަދާކުރަމުންދާ ދައުރުގެ ދަށުން، މިފަދަ ހާދިސާތައް މޮނިޓަރކޮށް ރިޕޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ކަމާއެކު ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމަށްވެސް ޓެޑްރޮސް  ގޮވާލެއްވިއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ޔޫކްރެއިންގެ އެކި ކަންކޮޅުތަކުގައި ސިއްހީ އިދާރާތަކާ ގުޅިގެން އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްފައެވެ.

ޔުކްރެއިންގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަމާއި، އެ ނިޒާމުގެ ބޭނުންތައް ޑަބްލިޔު އެޗް އޯ އަށް ވަރަށް ރަނގަޅަށް އެނގޭކަމަށް ޔުކްރެއިންގެ ހަނގުރާމައާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ޓެޑްރޮސްވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close