ޒެލެންސްކީ, ޕޫޓިންއަށް ގުޅުއްވި އެކަމަކު ޖަވާބެއް ނުދެއްވި
މިހާރު ހިނގަމުންދާ އަސްކަރީ ހަނގުރާމައާއި ގުޅިގެން ރަޝިޔާގެ ރައީސަށް ޔޫކްރެއިންގެ ރައީސް ވްލޮޑިމިރް ޒެލެންސްކީ ފޯނުން ގުޅުއްވި ކަމަށާއި، އެހެން ނަމަވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ޒެލެންސްކީ ވިދާޅު ވެއްޖެއެވެ.
ޒެލްންސްކީ ވިދާޅުވީ، އޭނާ ވާހަކަ ދައްކަވަނީ ރައީސެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި، އޭނާ ވާހަކަ ދައްކަވަނީ ޔޫކްރޭންގެ ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ.
ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާއި ގުޅިގެން ދިފާއުގައި ހަނގުރާމަ ކުރަން ބޭނުންވާ ކޮންމެ މީހަކަށް ހަތިޔާރު ދޭން ތައްޔާރު ކަމަށް ވެސް ޔޫކްރޭންގެ ރައީސް ވްލޮޑިމިރް ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިއާ އިން ޔޫކްރެއިނަށް ހަމަލަދޭން ތައްޔާރުވުމާއެކު ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއަ ޒެލެންސްކީ ވަނީ އެކަމާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.
ޒެލެންސްކީ ވިދާޅުވީ، “އަހަރެން މި ހިތާބު ދެނީ ރައީސެއްގެ ހައިސިއްޔަތަކުން ނޫން. ޔޫކްރެއިން ރައްޔިތެއްގެ ހައިސިއްޔަތުން.” ޒެލެންސްކީ ވިދާޅުވިއެވެ.
ރަޝިޔާ އަދި ޔޫކްރޭނުގެ ޙަމަލާތަކާޢި ގުޅިގެން ޔޫކްރޭންގެ ރައީސް ވިދާޅުވީ، އެގައުމުގެ ދިފާޢުގައި ތެދުވާ ކޮންމެ މީހަކަށް ހަތިޔާރުދޭނެ ކަމަށެވެ.
ޔޫކްރެއިންގެ ދާޚިލީ ވުޒާރާއާއި ސްޓޭޓް އިމަރޖެންސީ ސަރވިސަސްއިން ބުނީ ކިއޭވް، ޚަރްކިވް އަދި ޑީނިޕްރޯގައި ހުރި ގިނަ މަރުކަޒުތަކަށް ރަޝިޔާއިން މިސައިލްތައް ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ މަރުކަޒާއި، އަސްކަރީ ޑިޕޮޓްތަކާއި، އެއަރފީލްޑްތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔޫކްރޭންގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.



