ރަޝިއާގެ ހަމަލާތަކުގެ ސަބަބުން 20 ދިވެހިން ޔޫކްރެއިންގައި ތާށިވެއްޖެ
ރަޝިއާގެ ހަމަލާތަކުގެ ސަބަބުން 20 ދިވެހިން ޔޫކްރެއިންގައި ތާށިވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫކްރެއިންގައި ޖުމްލަ 50 ދަރިވަރުން ކިޔަވަމުން ދިޔައެވެ. ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އޭގެ ތެރެއިން ޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރްކިވްގައި ފަސް ދަރިވަރެއް މި ވަގުތު ޔޫކްރެއިންގައި ތާށިވެފައި އެބައޮތެވެ. އެއީ ރަޝިއާގެ ބޯޑަރު ކައިރީގައި އޮންނަ ހާރްކީވްގައެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރަކާއި އެހެން ސިޓީއެއް ގައި އިތުރު އެއް ދަރިވަރެއް އެ ޤައުމުގައި އެބަތިއްބެވެ.
ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން މީގެ ކުރިން އެދިފައިވެއެވެ. އަދި ޔޫކްރެއިނުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެ މިނިސްޓްރީން މީގެކުރިން ހާމަކުރައްވާފައިވެއެވެ.


