ބޭރުދުނިޔެ

ބޮޑެތި އެއްބަސްވުންތަކެއްގައި އީރާނާއި ގަތަރުން ސޮއިކުރަނީ

ތެހެރާން،އިރާން – އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއާ އެކު މަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށާއި ގޭސް އެކްސްޕޯޓިން ކަންޓްރީސް ފޯރަމް (ޖީއީސީއެފް) ގައި ބައިވެރިވުމަށް އީރާނުގެ ރައީސް އިބްރާހިމް ރައިސީ ގަތަރަށް ވަޑައިގެންފި އެވެ.

ރައިސީގެ މި ދަތުރުފުޅުގައި ގިނަ މިނިސްޓަރުންތަކެއް ބައިވެރިވެވަޑައިގަންނަވާއިރު، ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ބެލެވެ އެވެ.

“މި ދަތުރުފުޅަކީ އަވަށްޓެރި ގައުމުތަކާ، ހާއްސަކޮށް ފާރިސީ ގަލްފުގެ ގައުމުތަކާ އެކު ޑިޕްލޮމެސީ އެކްޓިވޭޓް ކޮށް، ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް ކުރިއެރުވުމަށް އެ ގައުމުތަކުގެ ގާބިލްކަން ބޭނުން ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް އަޅުގަނޑުމެން ދެކެން،” ހޯމަ ދުވަހުގެ ކުރީކޮޅު ތެހެރާނުން ދޯހާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައިސީ ވިދާޅުވި އެވެ.

އީރާނުގެ މަގުތަކާއި ދަތުރުފަތުރާ ބެހޭ ވަޒީރު ރޮސްތަމް ޣަސެމީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އީރާނާއި ގަތަރު ކަނޑު އަޑީގެ ޓަނަލެއް މެދުވެރިކޮށް ގުޅާލުމުގެ ޕްލޭނާ ބެހޭ އެއްބަސްވުމެއް ކަމަށް، ޣައިމީ ދައުލަތުގެ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަނެއް ދެ އެއްބަސްވުމަކީ ޝިޕިން އާއި މެރިޓައިމް ޓްރޭޑް ކުރިއެރުވުމުގެ އެއްބަސްވުމެވެ.

އަންގާރަ ދުވަހު ބާއްވާ ޖީ.އީ.ސީ.އެފް ސަމިޓްގައި އީރާން ތަމްސީލު ކުރައްވާނެ ކަމަށް ވެސް ރައިސީ ވަނީ ވިދާޅުވެފައެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޤުދުރަތީ ގޭހުގެ ރިޒާވް އޮންނަނީ އީރާނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close