ގާފަރު ކައިރިން އުޅަނދެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ދޯންޏެއްގެ ބައެއް އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ކ.ގާފަރުގެ ދެކުނުން، ހުޅަނގާ ދިމާއަށް ސްރީލަންކާ އުޅަނދެއްގެ ބައެއް އޮޔާދާތީވެ، މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާޞްކުރައްވާ ކަމަށވެ. އަދި ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާއިރު، އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ދޯންޏެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު 17:45 ހާއިރުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
