ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އާންމު ކޮށްފައިވާ މާދަމާގެ ޝެޑިއުލްގައި ބުނާ ގޮތުން ޔާމީންގެ ޝަރީއަތުގެ އަޑު އެހުން ފެށުމަށް ހަމަ ޖެހިފައިވަނީ ހެނދުނު 9:30 ގައެވެ.

މި އަޑު އެހުންތަކަކީ އެއީ ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށުގެ އަޑު އެހުމަކާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑު އެހުމެކެވެ.

ކޮވިޑްގެ މިޙާލަތުގައި ރައީސް ޔާމީންގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާތީ ރައީސް ޔާމީންގެ ސަޕޯރޓަރުންނާއި ޢާއްމުންދަނީ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ސަބަބަކީ ކޮވިޑްގެ ޙާލަތަށް ބަލާ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފުގެ ޝަރީޢަތުގެ އަޑުއެހުން ނުބާއްވަނީކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާތީވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close