އިޒްރޭލުން ސައުދީ އަރަބިއްޔާ، އިންޑޮނޭޝިއާ، އާއި އެކު ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމް ކުރެވޭނެކަމުގެ ޔަޤީންކަން އޮތް ކަމަށް އުއްމީދު ކުރާ ކަމަށް އިޒްރޭލުން ބުނެފިއެވެ.
އިސްރާއީލުގެ އިސް ޑިޕްލޮމޭޓް އަންގާރަ ދުވަހު ވިދާޅުވީ، މުސްލިމް ހަތަރު ގައުމަކާއެކު އެމެރިކާއިން 2020 ވަނަ އަހަރު ވެފައިވާ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ސައުދީ އަރަބިއްޔާއާއި އިންޑޮނޭޝިއާއާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ނަމަވެސް މިފަދަ ޑީލްތަކަށް ވަގުތު ނަގާނެ ކަމަށެވެ.
1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއާއި، އިސްލާމް ދީނުގެ އެންމެ މުގައްދަސް ދެ ތަން ކަމަށްވާ ސައޫދީ އަރަބިއްޔާއިން ވަނީ އިސްރާއީލާއެކު އެއްވެސް ކަހަލަ ގުޅުމެއް ނުބާއްވާނެކަމަށް ވަޢުދުވެފައެވެ.
އާމީ ރޭޑިއޯގައި ޚާރިޖީ ވަޒީރު ޔާއިރު ލަޕެޑް ވިދާޅުވީ އިސްރާއީލުން ބަލަނީ ޔޫއޭއީ، ބަހްރެއިން، ސޫދާން އަދި މޮރޮކޯއާއި އެކުވެސް ގުޅުންތައް ޤާއިމްކުރެވޭނެ ކަމަށެވެ. “އަޅުގަނޑުމެން މިބަލާ މުހިންމު ގައުމުތަކަކީ ކޮބައިތޯ ތިޔަބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާ ނަމަ، އިންޑޮނޭޝިއާ އަކީ އޭގެ ތެރެއިން އެއް ގައުމު، ސައުދީ އަރަބިއްޔާ، އެހެން ނަމަވެސް މިކަންކަން ކުރުމަށް ވަގުތު ނަގާ،” އޭނާ ވިދާޅުވި އެވެ.
ލަޕެޑް އިތުރަށް ވިދާޅުވީ ކުދި ގައުމުތަކުގެ ތެރެއިން އިޒްރޭލާއެކު ގުޅުން ޤާއިމް ކުރާނީ އަދި ވަކި ކޮންޤައުމުތަކެއްކަން ދެނެނުގަނެވޭ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކުދިޤައުމުތައްވެސް އިޒްރޭލާއެކު އޮންނަ ގުޅުން ނޯމަލައިޒް ކުރެވިގެންދާނެ ކަމަށެވެ.
އިސްރާއީލުގެ ރައީސް އިސާކް ހަރޓްޒޯގް އަންގާރަ ދުވަހު ވިދާޅުވީ، އަބްރަހަމް އެކޯޑްސްގެ ދަށުން އިސްރާއީލާއެކު ގުޅުން ނޯމަލައިޒް ކުރި ފުރަތަމަ ގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެން، ޖަނަވަރީ މަހުގެ 30-31 އަށް އެޤައުމުގެ ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. ރަސްމީ ގުޅުން ނެތް ނަމަވެސް، އިސްރާއީލާއި ޔޫއޭއީގެ ވައިގެ އުދުހުންތަކަށް އެ ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކުރުމުގެ ހުއްދަ ދިނުމަށް ސައުދީން 2020 ވަނަ އަހަރު ވަނީ އެއްބަސްވެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓްގެ އެލް އަލް އިޒްރޭލް އެއަރލައިންސްގެ މަތިންދާ ބޯޓު މިދިޔަ މަހު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީ ވައިގެ ސަރަޙައްދުން ދަތުރުކުރެއްވިކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
2021 ވަނަ އަހަރުގެ މެއި މަހު ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގި 11 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ވައިގެ މަގުން ދިން ހަމަލާތައް ސައުދީ އަރަބިއްޔާއާއި އިންޑޮނޭޝިޔާއިންވެސް ކުށްވެރި ކޮށްފައި ވެއެވެ.
ޣައްޒާގައި ފަލަސްތީނުގެ 250 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ހަމާސް އާއި އެހެން ވެސް ހަނގުރާމަވެރި ޖަމާއަތްތަކުން ފޮނުވާލި ރޮކެޓްތަކުން އިޒްރޭލުގައި 13 މީހުން މަރުވި އެވެ.