ބޭރުދުނިޔެ

މުމްބާއީގެ އިމާރާތެއްގައި ރޯވެ މަރުވި މީހުންގެ އަދަދު 7 އަށް

އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގައި ހުންނަ މަލްޓި ބުރީގެ ރެސިޑެންޝަލް އިމާރާތެއްގައި ހޮނިހިރު ދުވަހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ހަތް މީހުން މަރުވެ 14 މީހުން ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ތަރްދޭއޯ ސަރަހައްދުގައި ހުންނަ އިމާރާތުގެ 18 ވަނަ ފަންގިފިލާގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

މިހާދިސާގައި ޒަޚަމްވި މީހުން ކައިރި ތިން ހޮސްޕިޓަލަކަށް ގެންދެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އިމާރާތުގެ 18 ވަނަ ފަންގިފިލާއިން ހުޅުގަނޑުތައް ނުކުންނަމުން ދިޔަ އިރު އުޑުމަތި ން ދުމުގެ އަސަރު ވަރަށް ބޮޑަށް ފެންނަން ހުރި ކަމަށެވެ.

“އަލިފާން ގަނޑު ނިއްވާލައި މީހުން ސަލާމަތް ކުރެވިއްޖެ،” އެ ސިޓީގެ މޭޔަރު ކިޝޯރީ ޕެޑްނޭކަރު ރޮއިޓާސް އަށް ވިދާޅުވި އެވެ.

މިހާދިސާގެ ތަޙްޤީޤު މިހާރުވަނީ ފުލުހުން ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close