ފޮތްތަކުގައި ހުންނަ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފި
ރާއްޖޭގައި ލިޔެ ޗާޕުކޮށް ނެރޭ ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މި ކޮމިޓީ އެކުލަވާލާފައިވަނީ ޤުރުއާން ހިތުދަސް، އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް ޢިލްމުވެރިން ހިމަނައިގެން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ޚާއްޞަ ކޮމިޓީ އެކުލަވާލެއްވުމަށްފަހު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވަނީ އެ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ކޮމިޓީ އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރްއާނުގެ ކަރާމާތްތެރިކަން ހިފެހެއްޓުންކަމަށް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
އަދި މި ބައްދަލުވުމުގައި ކޮމިޓީގެ ފަރާތުން މަސައްކަތް ކުރައްވާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ގެންގުޅުނު ފޮތްތަކަކުން ޤުރްއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާކަން މިދިޔަ އަހަރުވަނީ ވަރަށްބޮޑަށް ފާހަގަވެގެން ގޮސްފައެވެ. އެކަންތައްވެސް އެޑިއުކޭޝަން މިނިސްޓްރީން އެޅުއްވީ ކުރީ ސަރުކާރުގެ އިސްބޭފުޅުންގެ އިސްތަށިފުޅުގައެވެ. އަދި އެއަށްފަހު ދެން މަސައްކަތް ކުރެއްވީ ފޮތްތަކުގައިހުރި އާޔަތްތައް އުނިކުރެއްވުމަށެވެ. އެކަމާއިގުޅިގެން ދީނީ ޢިލްމުވެރިންނާއި ޢާއްމުންގެ ވަރަށްބޮޑަތި ފާޑުކިޔުންތައް ސަރުކާރަށާއި އެޑިއުކޭޝަންއަށްވަނީ އަމާޒުވެގެން ގޮސްފައެވެ.


Thiyakometeen thiyadhakamakah hawaalukuran maruheyonuvaane m
M tar bunefeeyaa konmegothahves liyumeh baahvadhaane