އޮމިކްރޯން ފެނުމާއިއެކު ކޮވިޑް-19ގެ ފަރުވާތަކަށް ޑަބްލިއުއެޗްއޯއިން އާ ބޭސްތަކެއް
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އިންފެކްޝަސް އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ޖެހޭ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވާން ފެށުމާއެކު، ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އިތުރު ދެ ޑްރަގެއް އިތުރުކޮށްފިއެވެ.
ރިއުމަޓޮއިޑް އާތުރައިޓިސް އަށް ފަރުވާ ކުރުމަށް ވެސް ބޭނުން ކުރާ މި ޑްރަގް ބަރިސިޓިނިބް އަކީ ކޯޓިކޯސްޓީރޮއިޑްސް އާ ގުޅިގެން، ގަދަ ނުވަތަ ނާޒުކު ކޮވިޑް-19 ގެ ޕޭޝަންޓުންނަށް “ވަރަށް ބޮޑަށް ރިކޮމެންޑް” ކުރާ ބޭހެއް ކަމަށް، އދ.ގެ އޭޖެންސީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޕެނަލުން ހުކުރު ދުވަހު ބްރިޓިޝް މެޑިކަލް ޖާނަލްއިން އާންމުކުރި ގައިޑްލައިންގައި ބުނެފައި ވެއެވެ.
މި ޑްރަގްގެ ސަބަބުން ވެންޓިލޭޝަންގެ ބޭނުންތެރިކަން ކުޑަވެ، ނުރަނގަޅު ރިއެކްޝަންތައް އިތުރުވާ ކަމުގެ އެއްވެސް ނިޝާނެއް ނުފެނި، ބަލި މީހުން ސަލާމަތްވުމުގެ ފުރުސަތު ރަނގަޅުކޮށްދޭ ކަން ސާބިތުވެފައިވާ ކަމަށް ޕެނަލުން ބުންޏެވެ.
އެ ޕެނަލުން ވަނީ ކޮވިޑް-19 ނެތް ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުގެ ފުރުސަތު އެންމެ ބޮޑު މީހުންނަށް އެކްސްޕެރިމެންޓަލް މޮނޮކްލޯނަލް އެންޓިބޮޑީ ޓްރީޓްމަންޓް ކަމަށްވާ ސޮޓްރޮވިމާބް އަށް “ކޮންޑިޝަނަލް ރެކޮމެންޑޭޝަނެއް” ދީފަ އެވެ. މޮނޮކްލޯނަލް އެންޓިބޮޑީޒް އަކީ ހަށިގަނޑުގެ ޤުދުރަތީ ދިފާޢީ މެކޭނިޒަމް ނަކަލުކުރާ ލެބް އިން އުފައްދާ ކޮމްޕައުންޑްތަކެކެވެ.
މި ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ފަރުވާގެ އާ ރެކޮމެންޑޭޝަންތައް އަންނަނީ ދެމުންނެވެ. ޑަބްލިއުއެޗްއޯއަށް ކޮވިޑް-19 ގެ އާ ކޭސްތައް ރިޕޯޓް ކޮށްފައިވަނީ 15 މިލިއަނަށްވުރެ ގިނަ މީހުންނެވެ.
މި ރެކޮމެންޑޭޝަންތައް ބިނާކޮށްފައިވަނީ ކޮވިޑް-19 ގެ ސީރިއަސް، ހަރުކަށި، އަދި ނާޒުކު ކޭސްތައް ހުރި 4،000 އަށް ވުރެ ގިނަ ޕޭޝަންޓުން ހިމެނޭ ހަތް ޓްރަޔަލްއަކުން ލިބުނު އާ ހެކިތަކުގެ މައްޗަށެވެ.
“މި ގައިޑެންސްގެ ސަބަބުން ކޮވިޑް-19 ގެ ނުރައްކާތެރި ނުވަތަ ނާޒުކު ބަލި މީހުންނަށް އިންޓަރލިއުސިން-6 ރިސެޕްޓަރ ބްލޮކަރ އަދި ސިސްޓަމެޓިކް ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުމަށް ކުރީގެ ރެކޮމެންޑޭޝަންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހޮވާލެވިފައިވާ ޕޭޝަންޓުންގެ ގައިގައި ކެސިރިވިމާބް-އިމިދޭވީމާބް (އެހެން މޮނޮކްލޯނަލް އެންޓިބޮޑީ ޓްރީޓްމަންޓް) ބޭނުންކުރުމަށް ޝަރުތުހަމަވާ ރެކޮމެންޑޭޝަންތައް؛ އަދި ކޮވިޑް-19 ގެ ނުރައްކާތެރިކަން ކިތަންމެ ބޮޑު ނަމަވެސް، ކޮވިޑް-19 ޖެހިފައިވާ ޕޭޝަންޓުންގެ ތެރޭގައި ކޮންވަލެސެންޓް ޕްލާޒްމާ، އިވަރމެކްޓީން އަދި ހައިޑްރޮކްސިކްލޮރޮކުއިން ބޭނުންކުރުމާ ދެކޮޅަށް،” ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ފަރަންސޭސި އިންސާނީ އެހީދޭ ޖަމްޢިއްޔާއެއްކަމަށްވާ މެޑިސީންސް ސައެންސަސް ފްރޮންޓިއަރސް (އެމް.އެސް.އެފް) އިން ވަނީ އައު ރެކޮމެންޑޭޝަންތަކަށް މަރުޙަބާ ކިޔައި، ވީހާވެސް ގިނަ ބަޔަކަށް މި ފަރުވާތަކުގެ ފައިދާ ލިބޭނެކަން ކަށަވަރުކުރުމަށް ޕޭޓަންޓް ޕްރޮޓެކްޝަންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުތަކަށް ގޮވާލާފައެވެ.
ބަރިސިޓިނިބް އަކީ އެމެރިކާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ އެލީ ލިލީ އިން އުފައްދާ އުފެއްދުމެކެވެ. އިންޑިއާ އާއި ބަންގްލަދޭޝްގައި ޖެނެރިކް ވާޝަންތައް ލިބެން ހުންނައިރު، ބްރެޒިލް އާއި އިންޑޮނޭޝިއާ ފަދަ ގިނަ ގައުމުތަކުގައި ޕެޓެންޓް ތައް ބޭނުން ކުރެއެވެ.
“ކޮވިޑް-19 ގެ ކާރިސާތަކުގެ ތެރޭގައި، ކޮވިޑް-19 ޖެހިގެން މީހުން މަރުވަމުންދާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެއްޖެ. އެމް.އެސް.އެފް މަސައްކަތް ކުރާ ޤައުމުތަކުގައި” އެމް.އެސް.އެފް އެކްސެސް ކެމްޕެއިންގެ އިންފެކްޝަސް ޑިޒީޒަސް މެޑިކަލް އެޑްވައިޒަރ ޑޮކްޓަރ މާރޗިއޯ ޑާ ފޮންސޭކާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
“ހައި ލެވެލް އިންޓެންސިވް ކެއާ ދިނުމުގެ ފުރުސަތު ވަރަށް ކުޑަ، އެހެންކަމުން ގަދަ އަދި ނާޒުކު އިންފެކްޝަންތައް ހުންނަ މީހުންގެ އިތުރު ފުރާނަ ސަލާމަތް ކުރުން އެންމެ ބޮޑަށް ބަރޯސާވަނީ އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކުގައި މިހާރުވެސް އަޅުގަނޑުމެން ފޯރުކޮށްދޭ ސްޓެރޮއިޑްސް، އޮކްސިޖަން އަދި ކްލޯޒް ސަޕޯޓިވް ކެއާއަށް އިތުރު ކުރެވޭނެ ބޭސް އަތްފޯރާ ފަށުގައި ލިބުމުގެ މައްޗަށް. އާ ޓްރީޓްމަންޓްތައް އަންނައިރު، ރިސޯސް ލިމިޓެޑް ސެޓިންގްސްގައި ލިބެން ނެތް، ހަމައެކަނި ޕެޓެންޓް ކޮށްފައި، އަގުބޮޑުކޮށް ހުންނާތީ، އެއީ ވަރަށް ލާއިންސާނީ ކަމަކަށް ވާނެ.”
ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 އަށް ފަރުވާ ދޭ މީހުންގެ ލިސްޓަށް “ފުރާނަ ސަލާމަތް” ކުރާ ކަމަށް ބުނާ އިންޓާލިއުކީން-6 ރިސެޕްޓާ ބްލޮކާސް އިތުރުކޮށްފަ އެވެ. އޭގައި ލަފާދީފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޯޓިކޯސްޓީރޮއިޑްސް ބޭނުންކުރުމަށެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައި ސަރުކާރުގެ ރެގިއުލޭޓަރުން ވަނީ މި ބައްޔަށް އާ ފަރުވާތަކެއް ދިނުމަށްވެސް ރުހުން ދީފައެވެ. މީގެ ތެރޭގައި ފައިޒަރގެ އެންޓިވައިރަލް ޕިލް ވެސް ހިމެނެއެވެ. އަދި އޮމިކްރޯންއާއެކު އެކުންފުނީގެ އިފެކްޓިވްނަސް ވެސް ހިފެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސޯސް: އަލްޖަޒީރާ.



