ޓިގްރޭގައި ހުންނަ އައިޑީޕީ ކޭމްޕަށް އިތިއޯޕިއާސިފައިން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
އަލްޖަޒީރާ: އިތިއޯޕިއާގެ ޓިގްރޭ ސަރަހައްދަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 56 މީހުން މަރުވެ 30 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް އެހީދޭ ޓީމަކުން ރޮއިޓާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
މަރުކަޒީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީޕީއެލްއެފް)ގެ ތަރުޖަމާނު ގެޓަޗީއު ރެޑާ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ޑެޑެބިޓްގައި ހުންނަ އައިޑީޕީ [އެތެރޭގެ ހިޖުރަކޮށްފައިވާ] ކޭމްޕެއްގައި [ބޮޑުވަޒީރު] އަބީ އަހުމަދު ދިން އިތުރު ހަރުކަށި ޑްރޯން ހަމަލާއެއްގައި މިހާތަނަށް ކުށެއް ނެތް 56 އާންމުންގެ ފުރާނަ ވަނީ ގެއްލިފައި” ކަމަށެވެ.
އެރިޓްރިއާއާއި އެރިޓްރިއާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ސަރަހައްދުގެ ހުޅަނގު އުތުރުގައި އޮންނަ ޑެޑެބިޓް ނަމަކަށް ކިޔާ ޓައުނުގައި ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާ ހިނގާފައިވާއިރު، މިހަމަލާގެ މަޢުލޫމާތު މީޑިއާއަށް ދިނީ މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނޯންނާތީ، ނަން ހާމަ ނުކުރުމަށް އެދި އެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ގެޓްނެޓް އެޑާން އާއި ސަރުކާރުގެ ތަރުޖަމާނު ލެގެސޭ ތުލޫގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ތަކަށް އަދި ޖަވާބެއް ނުދެއްވަ އެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު އަބީ އަހުމަދުގެ ތަރުޖަމާނު ބިލީން ސެޔޫމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި ކަމަށް އަލްޖީޒާއިން ބުނެއެވެ.
ޓިގްރޭންގެ ފައުޖުތަކާ އެކު 14 މަސް ދުވަހަށް ދިގުލާ ގޮސްފައިވާ ހަނގުރާމައިގައި އާންމުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ އިންކާރުކޮށްފަ އެވެ.
މީގެ ކުރިން ހުކުރު ދުވަހު ސަރުކާރުން ވަނީ އިދިކޮޅު ގިނަ ލީޑަރުންތަކެއް ޖަލުން މިނިވަންކޮށް، މަޞްލަޙަތު ކުރިއެރުވުމަށްޓަކައި ސިޔާސީ ވާދަވެރިންނާއެކު މަޝްވަރާކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ.


