ޓިކްޓޮކް ކިޗަންސް އިން ވައިރަލް ކަލިނަރީ ކްރިއޭޝަންތައް ގެނެސްދެނީ
ވާޗުއަލް ޑައިނިން ކޮންސެޕްޓްސް (ވީޑީސީ) އާ ގުޅިގެން ޓިކްޓޮކް އިން ދުނިޔޭގެ އެންމެހިނގާ ރެސިޕީތަކާއި، މެނޫތަކާއި، އަދި ރެސްޓޯރެންޓްތަކުން ދޭ ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
ޓިކްޓޮކް އިން ވީސީޑީ އާއި އެކު ހަދާ ޕާޓްނަޝިޕްގެ ދަށުން އެ އެޕްގައި ހިމެނޭ އެންމެ ޓްރެންޑިސްޓް ރެސިޕީތައް ތައްޔާރުކޮށްދޭނެ ޑެލިވަރީ އޮންލީ ސާވިސްއެއް ކަމަށްވާ ޓިކްޓޮކް ކިޗަންސްވެސް ލޯންޗުކުރާނެއެވެ.
ޓިކްޓޮކް އާއި ވީޑީސީ ގެ މަސައްކަތް ފެށުމަށް އެމެރިކާގެ އެކި ކަންކޮޅުތަކުގައި 300 އެއްހާ ލޮކޭޝަން ހުޅުވާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، 2022 ވަނަ އަހަރު ނިމުމުގެ ކުރިން ޓިކްޓޮކް ލޮކޭޝަންސް 1000 އާ ގާތްކުރާ އަދަދަކަށް ފުޅާކުރުމުގެ ޕްލޭން ވަނީ ރާވާފައެވެ.
ޓިކްޓޮކް ކިޗަންސް އިން މިހާރު ހުރި ރެސްޓޯރެންޓްތަކުގެ ތެރެއިން އޮޕަރޭޓް ކުރާނީ ވީޑީސީގެ ކޯ ފައުންޑާ ރޮބަޓް އާރލްގެ ހިއްސާ އޮންނަ ޗެއިންތައް ކަމަށްވާ ބުކާ ޑި ބެޕޯ އާއި ބަރްޓުޗީގެ ޗެއިންތަކެވެ. އެއީ ކޮންމެހެން ވެސް ގޯސްޓް ކިޗަން ސާވިސްއެކެވެ. އެކަމަކު ބައެއް ކުންފުނިތަކާ ޚިލާފަށް، ވީޑީސީގެ ބަދިގެތަކަކީ ޕާކިން ލޮޓްތަކުގައި ސެޓެލައިޓް، ޓްރެއިލަރ ބަދަލުކުރާ ކިޗަންތައް ބޭރަށް އޮޕަރޭޓް ކުރާ ތަން ފެންނަ އެއްޗެއް ނޫނެވެ.
ވީޑީސީގެ ސާވިސް ނޯޓްސްގެ ތަފުސީލު ތައް ކިޔައިދޭއިރު، ޓިކްޓޮކް ކިޗަންސް އިން ރެސްޓޯރެންޓެއްގެ މިހާރު ހުރި ބަދިގެ އާއި މުވައްޒަފުންގެ ބޭނުން ހިފޭނެ ކަމަށާއި ނަމަވެސް ޓްރެއިނިން، ފުޑް ޕެކޭޖިން އަދި ޓިކްޓޮކް ސޯސްޑް ރެސިޕީތައްވެސް ފޯރުކޮށްދޭނެއެވެ.
އެއްޗެހި ތާޒާކޮށް ބެހެއްޓުމަށް، މި މެނޫގައި ވައިރަލް ކޮންޓެންޓް އަންނަ ގޮތާއި ޕްލެޓްފޯމްގައި ހިނގާ ކަންކަމަށް ބަލާއިރު، ކޮންމެ ކުއާޓާއެއްގައި ވެސް އެ މަޢުލޫމާތުތައް ރޮޓޭޓް ވާނެ އެވެ.
ބްލޫމްބާގް އިން ބުނާ ގޮތުގައި މި މެނޫގައި އެންމެ ފުރަތަމަ ފެނިގެންދާނީ ވައިރަލް ބޭކްޑް ފެޓާ ޕާސްތާއެވެ. މިއީ 2021 ވަނަ އަހަރު ގޫގުލްގައި އެންމެ ގިނައިން ސާޗްކުރި ރެސިޕީއެވެ. އޭގެތެރޭގައި ކޯން ރިބްސް، ކްރިސްޕީ، ޗީޒް ޕާސްތާ ޗިޕްސް، އަދި ސްމޭޝް ބާގަރ ނަމަކަށް ކިޔާ ކޯންގެ އެއާ ފްރައިޑް ސްޓްރިޕްސް ހިމެނެއެވެ.
މެނޫގައި ހުރި ރެސިޕީތަކަށް އިންސްޕަޔާވި މީހުންނަށް ލިބޭ ފައިސާގެ ބައެއް ލިބޭނީ ޕްރެސް ރިލީސްގައި ފާހަގަކޮށްފައިވާ ގޮތަށެވެ.
“ކާތަކެތި ތައްޔާރުކުރާ ފަރާތްތަކަށް މެނޫގެ ތެރޭގައި ހުންނަ ކެއުންތަކުގެ ކްރެޑިޓް ލިބޭނެއެވެ. އަދި މުޅި ޕްރޮމޯޝަންގައި ވެސް ވަރަށް ބޮޑަށް އެކަންކަން ފާހަގަކުރެވިގެންދާނެއެވެ. ޓިކްޓޮކްގެ ތަރުޖަމާނު އެލީނާ ސަވެދްރާ ދަ ވާޖް އަށް ދެއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
“ސާފުވާން ޖެހޭ ކަމަކީ މިއީ ރެސްޓޯރެންޓް ވިޔަފާރީގެ ތެރެއަށް އަންނަ ވެންޗާއެއް ނޫން، އެކަމަކު މިއީ ޓިކްޓޮކް ގެ އުކުޅުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހިންގާ ކެމްޕޭނެއް.”
ވީޑީސީއިން މިހާރުވެސް ވަނީ އަލްޓްރާ-ޕޮޕިއުލަރ ޔޫޓިއުބް، އެމްއާރްބީސްޓް،ތަޢާރަފް ކޮށްފައެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅު އެންމެ ފުރަތަމަ ލޯންޗްކުރި އެ ވާޗުއަލް ކިޗަން ކަމުގައިވާ އެމްއާރްބީސްޓް ބަރގަރ އާއެކު ކާމިޔާބު ތަކެއް ވަނީ ފެނިފައެވެ.
ބްލޫމްބާރގް އިން ފާހަގަކުރާ ގޮތުގައި މިސްޓަރބީސްޓް ވަނީ އެންމެ 3 މަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ބަރގަރ ވިއްކާފައެވެ. މިހާރު މުޅި އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުގައި 1500 އައުޓްލެޓް ހުރެއެވެ.
