ޚަބަރު

ހުކުރު ދުވަހަކީވެސް ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި ޔޫއޭއިން ކަނޑަޅައިފި

އަންނަ ޖެނުއަރީ 1 ވަނަދުވަހުން ފެށިގެން ޔޫއޭއީގައި ރަސްމީ މަސައްކަތު ދުވަހެއްކަމުގައި ހުކުރު ދުވަސްވެސް ކަނޑައަޅައިފިއެވެ.

ޔޫއޭއީ އާއި، އިސްލާމީ ގިނަ ޤައުމުތަކުގައި ޒަމާނުއްސުރެވެސް ހަފްތާ ބަންދުގެ ގޮތުގައި ހުކުރު ދުވަސް ހަމަޖައްސާފައިއޮތުމަށްފަހު އެޤައުމުގެ ސަރުކާރުން މިވަނީ ހަފްތާގެ މަސައްކަތްކުރާ ދުވަހުގެ އަދަދު 4.5 އަށް ނުވަތަ 4 ބައި ދުވަހަށް ބަދަލުކޮށް ސިވިލްސާވަންޓުންނާއި، އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންވެސް ރަސްމީ މަސައްކަތް ކުރާ ދުވަސްތައް ކަނޑައަޅާފައެވެ. 

ހުކުރު ދުވަހު މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީޢާއާއި ޚިލާފް ކަމެއް ނޫން ކަމަށް ޔޫއޭއީގެ އިސްލާމީ ޢިލްމުވެރިން ކަށަވަރުކޮށްދެއްވައިފައިވާއިރު ޔޫއޭއީ ސަރުކާރުގެ މީޑިއާ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، 4.5 ދުވަހުގެ މަސައްކަތު ހަފުތާގެ ގޮތުގައި ޔޫއޭއީއިން އިޢްލާން ކުރީ ހަފްތާގެ ހުކުރު ނަމާދު، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެންދުރު 1:15 އަށް ބަދަލުކޮށްފައި ކަމުގައެވެ.

އެގޮތަށް ސަރުކާރުން ބަދަލުކޮށްފައިވަނީ، ހުކުރު ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއާ ދެމެދު ހިނގި ބަހުސްތަކަށްފަހު އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް ޑިޕާޓްމަންޓްގެ ގްރޭންޑް މުފްތީ ޑރ އަހުމަދު އަލް ހައްދާދު ވިދާޅުވީ، އަސުރު ނަމާދު ގެ ވަގުތު ފެށުމުގެ ކުރިން ހުކުރުކޮށް ނިމޭ ހިސާބުގައި ހުކުރު ނަމާދު ކުރާހާ ވަގުތު އޮވެއްޖެނަމަ ހުކުރު ނަމާދު ސައްހަ ވާނެ، ކަމަށެވެ.

އޭނާ ވިދާޅުވީ ” ހުކުރު ނަމާދު ކުރަން ޖެހޭނީ މިސްކިތްތަކުގައި ޖަމާޢަތުގައި ކަމަށެވެ. އަދި އަމިއްލަ ގޭގައި ނަމާދު ކުރާ ކޮޓަރިތަކުގައި ނުވަތަ ގެތަކުގައި ނޫން ކަމަށެވެ.

އެމިރޭޓްސް ކައުންސިލް ފޮރ ފަތުވާގެ މެމްބަރު ޑރ ސަލާމް މުހަންމަދު އަލް ދުބީ ވަނީ، ޔޫއޭއީގެ އެކި ކަންކޮޅުތަކުގައި ހުކުރު ނަމާދުކުރާ ވަގުތު އެއްވަގުތަކަށް ހެދުމަކީ އިސްލާމީ ޝަރީއާއާ ޚިލާފް ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެމިރޭޓްސް ކައުންސިލް ފޮރ ފަތުވާގެ ޑިރެކްޓަރ ޖެނެރަލް ޑރ އޮމަރު ހަބްތޯރު އަލް ޑެރީ ވިދާޅުވީ، ހުކުރު ނަމާދު ކުރުމަށްފަހުވ ނުވަތަ އެނަމާދުގެ ފަހުންވެސް މަސައްކަތް ކުރުމަށް ކީރިތި ޤުރުއާނުގައި މީސްތަކުންނަށް އަމުރު ކުރައްވާފައިވާކަމަށެވެ.  އަދި އެގޮތަށް އަންގަވާފައި އޮތުމަކީ ހުކުރު ދުވަހު މަސައްކަތް ކުރުމުގެ ސައްހަކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށާއި، އެއީ ދެން ޖެހިގެން އަންނަ ނަމާދެއްގެ ވަގުތު ވުމާ ހަމައަށް މަސައްކަތް ކުރުމުގެ ހުއްދަ ކަށަވަރުކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ބިން ޒައިދު ޔުނިވަރސިޓީ ފޮރ ހިއުމެނިޓީޒްގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ އޮމަރު ނިހާދު ވިދާޅުވީ، މުޖުތަމަޢުތައް ކުރިއެރުވުމަށް ތަރައްޤީގެ މަސައްކަތްތަކަށް އެޔުނިވަރސިޓީން ދޭ އަހަންމިއްޔަތުކަން ބޮޑުކަމަށެވެ. އަދި ކީރިތި ޤުރުއާންގައި މަސައްކަތް ކުރުމަށް އަންގަވާފައި އޮތުމުން އެނގެނީ ހުކުރު ދުވަހު މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީޢާއާއި ޚިލާފު ކަމެއް ނޫންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close