ޚަބަރު

މަރުވެފައިވާ ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެމްބަރެއްގެ އެޕަލް އެކައުންޓަށް ވަދެވޭ ފީޗާއެއް!

އެޕަލް އައިފޯން އަޕްޑޭޓްގައި ރަހުމަތްތެރިންނާއި އާއިލާއަށް ‘ސޮމްބަރ’ ފީޗާ ހިމަނާފައި ވާއިރު، މީގެ ކުރިން ދުވަހަކުވެސް ބޭނުން ނުކުރާނެ ފީޗާއެއް އެޕަލް އައިފޯން އަޕްޑޭޓްގައި ހިމަނައިފިއެވެ.

މި ފީޗާ އަކީ އެޕަލްގެ ޑިޖިޓަލް ލެގަސީ ޕްރޮގްރާމްގެ އިތުރުން މަރުވެފައިވާ ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެމްބަރެއްގެ އެކައުންޓަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭ ފީޗާއެކެވެ.

މިފީޗަރގެ ސަބަބުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ‘ލެގަސީ ކޮންޓެކްޓް’ ގެ ގޮތުގައި ދިރިއުޅުމުގައި އެންމެ އިތުބާރު ކުރެވޭ މީހުން އިޚްތިޔާރު ކުރެވޭނެއެވެ.

މިފީޗަރ ސެޓް ކުރުމަށްފަހު ލެގަސީ ކޮންޓެކްޓް އިން މަރުވެފައިވާ މީހެއްގެ ޑޭޓާ، ފޮޓޯ، މެސެޖް އަދި އިތުރު ސެންސިޓިވް ޑޭޓާ އަށް އެކްސެސް ވެވޭނެ ކަމަށާއި އޭގެ އިތުރުން އެކްޓިވޭޝަން ލޮކް އެމީހުންގެ ޑިވައިސްތަކުން ފޮހެލުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ.

މި ފީޗާ މިހާރު ލިބެން ހުރީ ބީޓާއެއްގައި ނުވަތަ ޓެސްޓިން ކެޕޭސިޓީއެއްގައި ކަމަށާއި މި ފީޗާއަށް ކުރިއަށް އޮތް މަދުދުވަސްކޮޅެއްގެ ތެރޭޣައި މިއަށްވުރެ ބޮޑު ފުރިހަމަކަމެއް އަންނާނެ ކަމަށް މެކްރޫމާސް އިން ބުނެ އެވެ. އެހެންނަމެވެސް ޑިޖިޓަލް ވާރުތަ ކުރުމުގެ ޕްރޮގްރާމްގައި މީހެއްގެ ޑޭޓާ ޝެއާ ކުރުމުގެ ކުރިން ގިނަ ފިޔަވަޅުތަކެއް ފުރިހަމަ ކުރަންޖެހެއެވެ.

ޔޫޒަރުން އެމީހުންގެ ޑޭޓާ ވާރުތަކުރުމަށް މީހަކު ނުވަތަ ބަޔަކު ނެގުމަށްފަހު، އެޕަލް އިން އެންމެ ފުރަތަމަ ރިވިއު ކުރާނީ ލެގަސީ ކޮންޓެކްޓްގެ ހުރިހާ ރިކުއެސްޓެކެވެ.

ލެގަސީ ކޮންޓެކްޓް ގައި މަރުވެފައިވާ މީހާގެ އުފަން ތާރީހާއި، މަރުގެ ސެޓްފިކެޓާއި، މައްސަލަ ރައްދުވާ ފަރާތުގެ އެކްސެސް ކީ އަށް އެކްސެސް ބޭނުންވާނެ އެވެ.

އެކްސެސް ކީ އަކީ ސިޓީ އާއި ނަމްބަރުތަކުގެ މިކްސްއެއްގެ އިތުރުން ކިއުއާރު ކޯޑެއް ވެސް އެކުލެވޭ ގޮތަށް ހަދާފައިވާ ދިގު މަލްޓި ޑިޖިޓް ކޯޑެއް ގެ ނަކަލެއް ކަމަށް ވެ އެވެ.

ލެގަސީ ކޮންޓެކްޓެއް އެޑް ކުރާނެ ގޮތް.

މި ފީޗާ މިހާތަނަށް ހުރިހާ ޔޫޒަރުންނަށް ނުލިބޭ އިރު، މި ފީޗާ އަށް އެކްސެސް ވުމަށް ޓަކައި އެންމެ ފަހުގެ އަޕްޑޭޓް މޮބައިލް ފޯނުން ޑައުންލޯޑް ކުރަން ޖެހޭނެ އެވެ.

  1. ސެޓިންތައް ހުޅުވާށެވެ.
  2. ޕްރޮފައިލް ފޮޓޯއަށް ކްލިކް ކޮށްލުމަށްފަހު އެޕަލް އައިޑީ ސެޓިންތައް ހުޅުވާލާށެވެ.
  3. ޕާސްވޯޑް ސެކިޔުރިޓީ ހުޅުވާށެވެ.
  4. ލެގަސީ ކޮންޓެކްޓް ގައި ޓެޕް ކޮށްލާށެވެ.
  5. ލެގަސީ ކޮންޓެކްޓް އެޑް ކުރުމަށް ކްލިކް ކޮށްލާށެވެ.
  6. އަނެއްކާވެސް ލެގަސީ ކޮންޓެކްޓް އެޑް ކުރުމަށް ކްލިކް ކޮށްލާ، ޑިސްކޮލިމިނޭޓަރ ސްކްރީން ޕޮޕް-އަޕް ވުމުން ފޭސް އައިޑީ، ޓަޗް އައިޑީ، ނުވަތަ ޕާސްވޯޑް ބޭނުންކޮށްގެން ޕްރޮސެސް ސައްހަ ކުރާށެވެ.
  7. ފެމިލީ ޝެއަރިންގ އަށް ޔޫޒަރުން މަގުފަހިކޮށްދީފައިވާނަމަ، އާއިލާގެ މީހަކު ޚިޔާރުކުރެވިދާނެއެވެ. އެހެން ނޫންނަމަ އެމީހުންގެ ކޮންޓެކްޓް ލިސްޓުން އެހެން މީހަކު އިޚްތިޔާރު ކުރެވިދާނެއެވެ.
  8. ލެގަސީ ކޮންޓެކްޓް ޚިޔާރުކުރެއްވުމުން، ނެކްސްޓް ޓެޕް ކުރައްވާ، މި ފީޗަރ މަސައްކަތް ކުރާގޮތް ބަޔާންކުރާ ސްކްރީނުގައި ކުރިއަށް ގެންދިޔުމަށް ކްލިކް ކޮށްލާށެވެ.
  9. ދެން އެކްސެސް ކީ ޝެއާ ކުރަން ބޭނުންވާ ގޮތް އިހްތިޔާރު ކުރުމުގެ އިހްތިޔާރު ޔޫޒަރުންނަށް ލިބިގެންވެ އެވެ. އައިމެސެޖް މެދުވެރިކޮށް ޝެއަރ ކުރެވިދާނެ ނުވަތަ ކޮޕީއެއް ޕްރިންޓް ކުރެވިދާނެއެވެ.
  10. ޝެއަރިންގ މެތަޑް ޚިޔާރުކުރުމުން، ޚިޔާރުކުރެވިފައިވާ ކޮންޓެކްޓަކީ ލެގަސީ ކޮންޓެކްޓްގެ ގޮތުގައި ކަނޑައެޅެއެވެ.
  11. ޔޫޒަރުންނަށް މަލްޓިޕްލް ލެގަސީ ކޮންޓެކްޓްސް ހުރެދާނެއެވެ.  އެހެންވީމަ އެހެން ލެގަސީ ކޮންޓެކްޓްތަކަށްވެސް މި ޕްރޮސެސް ތަކުރާރު ކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close