ކުދިކުދިކަންކަމާމެދު ފިކުރު ބޮޑުވެ ހާސްވާގޮތް ވަނީތަ؟ މިއޮތީ ހައްލު!
ކުދިކުދިކަންކަމާމެދު ފިކުރު ބޮޑުވެ ހާސްވާގޮތްވާ މީހުންނަކީ ނަފްސާނީ ބައްޔެއްކަމުގައިވާ “އެންޒައިޓީ ޑިސްއޯޑާ” އަށްހުށަހެޅިފައިވާ މީހުންނޭ ސިއްހީ މާހިރުން ވިދާޅުވެއެވެ. އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔެކެވެ. އެބަލި ހުންނަ ނަމަ އާދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުދަނގޫ ވެއެވެ. އާދާޔާ ހިލާފަށް ބޭކާރު ކުދި ކުދި ކަންކަމާ މުޅި މީހާ ވިސްނާ ޓެންޝަނަށް ގޮސް ބިރުގަތުން އިޙްސާސްކުރެވޭނެއެވެ.
މިދެންނެވި ފަދަ ބައްޔެއް ހުންނަ ކަމަށް ފާހަގަކުރެވޭނަމަ މިއޮތީ އެކަމުގެ ހައްލެކެވެ. ކޮންމެ ދުވަހަކު ކަސްރަތު ކުރުމަކީ އެންޒައިޓީ ޑިސްއޯޑާއާ ދެކޮޅަށް ކުރެވިދާ ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ދުޅަހެޔޮކަން ފަދަ މުހިންމު ކަމެއް ނަމަވެސް އެއީ ވަކި ދެ ކަމެއް ހެއްޔެވެ؟ ޔުނިވާސިޓީ އޮފް ގޮތެންބާގް އިން ދާދި ފަހުން ކުރި ދިރާސާއެއްގެ ހޯދުންތަކުން ދައްކާ ގޮތުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ކަމެކެވެ.
ޖާނަލް އޮފް އިންފެކްޓިވް ޑިސްއޯޑާސްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އިޝާރާތްކޮށްފައި ވަނީ ދުނިޔަވީ ޖިސްމާނީ ހަރަކާތްތައް އިންކޯޕަރޭޓް ކުރުމަކީ މީހާ އަށް ދާއިމީ ގޮތެއްގައި މި ޑިސްއޯޑާ ކުރިމަތިވާ އިރު ވެސް ކަންބޮޑުވުމުގެ އަލާމާތްތައް ފިލުވާލުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.
މި ހޯދުންތައް ބިނާކޮށްފައިވަނީ އެންޒައިޓީ ސިންޑްރޯމް ހުންނަ 286 ޕޭޝަންޓުންގެ ތަފްސީލީ ދިރާސާއެއްގެ މައްޗަށް ކަމަށްވާއިރު، މި ހޯދުންތައް ބިނާކޮށްފައިވަނީ، ހޮލެންޑް ކައުންޓީގެ އުތުރުގެ ސަރަހައްދެއް ކަމަށްވާ ގޮތެންބާގްއާއި، ޕްރައިމަރީ ކެއާ ސާވިސަސްއިން ރެކްރޫޓް ކޮށްފައިވާ ޕޭޝަންޓުންގެ މައްޗަށެވެ.
މީގެ ތެރެއިން %50 ޕޭޝަންޓުންނަކީ މަދުވެގެން 10 އަހަރު ވަންދެން ކަންބޮޑުވުމުގެ މައްސަލަތަކާ އެކު ދިރިއުޅެމުން ދިޔަ ޕޭޝަންޓުންނެވެ. 70% އަންހެނުން ގެ މައްޗަށް އެކުލެވިގެންވާ މި ގްރޫޕް ގެ އެވްރެޖް އުމުރަކީ 39 އަހަރެވެ.
މި ދިރާސާގައި ބައިވެރިން ގްރޫޕްތަކަށް ބަހާލައި، 12 ހަފްތާވަންދެން މެދުމިނުގެ ނުވަތަ ގަދަ ފަދަ ލެވެލްތަކުގެ އެކްޓިވިޓީސް ސެޝަންތައް ވަނީ ހަވާލުކޮށްފައެވެ. އާންމު ސިއްހަތުގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ޖިސްމާނީ ހަރަކާތްތަކާ ބެހޭ ލަފާ ހޯދި ކޮންޓްރޯލް ގްރޫޕަކާ އަޅާބަލާއިރު، ދާއިމީ ބައްޔެއް ގެ ގޮތުގައި އޮތް އިރުވެސް، ކަންބޮޑުވުމުގެ އަލާމާތްތައް ލުއިކުރުމަށް މި ސެޝަންގެ ސަބަބުން އެހީތެރިވެދިން ކަމަށް ނަތީޖާއިން ދައްކައެވެ. ޓްރީޓްމަންޓް ގްރޫޕްގައި ބައިވެރިވި ގިނަ މީހުން ބޭސްލައިން ލެވަލް އިން ފެށިގެން ހައި އެންޒައިޓީ ލެވެލް އާ ހަމައަށް ދިޔައީ ދަށް އެންޒައިޓީ ލެވަލް އަށެވެ.
ނިސްބަތުން ދަށް އިންޓެންސިޓީގައި ކަސްރަތުކުރި ބައިވެރިންގެ ހާލަތަށް ބަލާއިރު، ކަންބޮޑުވުމުގެ އަލާމާތްތައް ރަނގަޅުވުމުގެ ސަބަބުން 3.62 ގެ ފެކްޓާއެއް އުފެދެ އެވެ. އަދި ވަރުގަދަ ކަސްރަތު ކުރި މީހުންގެ ނިސްބަތް ހުރީ 4.88 ގަ އެވެ.
މި ހޯދުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޔުނިވާސިޓީ އޮފް ގޮތެންބާގްގެ ސަހްލްގްރެންސްކާ އެކަޑަމީގެ ޑޮކްޓޯރަލް ދަރިވަރެއް ކަމަށްވާ މާލިން ހެންރިކްސަން އާއި މި ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ ބުނީ ރަނގަޅުކުރަން ޖެހޭ ވަރަށް މުހިންމު އިންޓެންސިޓީ ޓްރެންޑެއް އޮތް ކަމަށެވެ. މާ ބޮޑަށް ކަސްރަތު ކުރި ޕޭޝަންޓުންގެ ފަރާތުން ކަންބޮޑުވުމުގެ އަލާމާތްތައް ރަނގަޅުވުމުގެ އިތުރު ނިޝާންތައް ފެންނަން ހުއްޓެވެ.
މީގެ ކުރީގެ ދިރާސާތަކުން ޑިޕްރެޝަނަށް ޖިސްމާނީ އެކްޓިވްސްގެ ސަބަބުން ކުރާ އަސަރުގެ ވާހަކަ ދައްކާފައިވީ ނަމަވެސް، މިއީ ކަންބޮޑުވާ ހާލަތްތަކުގައި ކަސްރަތު ކުރުމުގެ ޕޮސިޓިވް ސިފަތައް ޓްރޭސް ކުރާ މިފަދަ ފުރަތަމަ ދިރާސާ އެވެ.
ޔުނިވާސިޓީ އޮފް ގޮތެންބާގް އިން ދާދި ފަހުން ކުރި ދިރާސާއެއްގެ ހޯދުންތަކުން ދައްކާ ގޮތުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ ގުޅި ލާމެހިފައިވާ ކަމެކެވެ.



