ރަނގަޅަށް އައުރަ ނިވާ ނުކުރެވޭ އަންހެނުންނަށް އައިސްފައިވާ ވަރުގަދަ އިންޒާރެއް
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
🔸((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ؛ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلاتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الجَنَّةَ، وَلا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوْجَدُ مِنْ مَسِيرَةِ كَذَا وَكَذَا))
މާނައީ: “ނަރަކަވަންތަވެރީންގެ ތެރެއިން ދެބާވަތެއްގެ ބަޔަކު ތިމަންކަލޭގެފާނު ދެކަވަޑައި ނުގަންނަވަމެވެ: އެބައިމީހުންގެ އަތުގައި ގެރީގެ ނިގޫތަކެއްފަދަ ޗާބޫކުތަކެއް ވާބައެކެވެ. އެއިން އެބައިމީހުން، މީސްތަކުންގެ ގައިގައި ތަޅައެވެ. އަދި ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެކަނބަލުން ލެނބިގެންވާ ޙާލު [އެހެން މީހުން] އެކަނބަލުންނަށް ލަންބުވައެވެ. އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ. އެކަނބަލުން ސުވަރުގެ ނުވަންނަތާ ސުވަރުގޭގެ ވަސްވެސް ނުލިބޭ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެވަސް އެވެނި މިވެނި ދުރުމިނަކަށް ދުވާނެއެވެ.”
📚((صحيح مسلم))، باب جهنم أعاذنا الله منها، (17 / 190 – بشرح النووي).
“އެކަނބަލުން ލެނބިގެންވާ ޙާލު އެހެން މީހުން އެކަނބަލުންނަށް ލަންބުވައެވެ.” މީގެ މާނައިގައި ހަތަރު ވަޖުހެއް ވެއެވެ:
▪️ހ- (مَائِلات) “ލެނބިގެންވުން: މާތް ﷲ އަށް ކިޔަމަންވުމާއި އެކަނބަލުންގެ ލަދުވެތި ގުނަވަންތަކަށް ރައްކާތެރިވުމުގައި އެހެން ކޮޅެއްގައި އެކަނބަލުން ވުމެވެ. އަދި (مُمِيلَات) “އެކަނބަލުންނަށް ލެންބުވުން”: އެކަނބަލުން ޢަމަލުކުރާގޮތް އެހެންމީހުންނަށް ދަސްކޮށްދިނުމެވެ.
▪️ށ- (مَائِلات): އެބަހީ: އެކަނބަލުން ހިނގައި އުޅުމުގައި ބޮޑާވެރިވެގަތުމެވެ. (مُمِيلَات): އެކަނބަލުންގެ ކޮޑުތައް އަރިކޮށްލައިފައި ވުމެވެ.
▪️ނ- (مَائِلات): ފުނައިއެޅުމުގައި އަރިޔަކަށް ފުނައިއެޅުމެވެ. އެއީ އެކަނބަލުންގެ މެދުގައި ދަނެއުޅޭ، ބޮޑާވެރިކަމުގެ ފުނައި އެޅުމެކެވެ. (مُمِيلَات): އެނޫން ކަނބަލުންނަށް އެފަދައިން ފުނައި އަޅައިދިނުމެވެ.
▪️ރ- (مَائِلات): ފިރިހެނުންނަށް ލެނބިގެން ވުމެވެ. (مُمِيلَات): އެކަނބަލުންގެ ޒީނަތްތެރިކަމާއި އެނޫންވެސް ކަންކަން ދެއްކުމުން ފިރިހެނުން އެކަނބަލުންނަށް ލެންބުވުމެވެ.
📗ބައްލަވާ: ((شرح النووي لمسلم)) (17 / 191).
(އެކަނބަލުންގެ ބޯތައް ޖަމަލުގެ ގޮންގަނޑުތައް ފަދައެވެ.)؛ އެބަހީ: އެކަނބަލުންގެ ބޯތައް ބޮޑެތިވުމެވެ. އެއީ އިސްތަށިތައް އެއްކޮށް ބޯމައްޗަށް ހުޅިޖެހުމެވެ. ޖަމަލުގެ ގޮންގަނޑު ވާފަދައިން ބޮލުގެ އެއްއަރިޔަކަށް އެއްފަރާތްކޮށްފުމާ ހަމައަށެވެ.
📗ބައްލަވާ: ((شرح النووي لمسلم)) (17 / 191).

