އައްޑޫ އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާ ނިޔާވެއްޖެ
ރޭފަތިހު އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ނިޔާވެއްޖެއެވެ.
ރޭ ފަތިހު އައްޑޫ ސިޓީ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ އެވެ. އޭނާ އެކްސިޑެންޓުވީ ގަމަށް ޑިއުޓީއަށް ދިޔަ މަގުމަތީގައި ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގައިގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށްވެއެވެ.
އެކްސިޑެންޓްގައި އޭނާއަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވެއެވެ. ހާއްސަކޮށް އޭނާގެ ބޮލަށް ލިބުނު ގެއްލުން ބޮޑެވެ. އަދި މޫނާ ހަށިގަނޑުގެ އެކި ތަންތަނަށްވެސް އަނިޔާވެފައިވެއެވެ. އޭނާ ނިޔާވީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
މި އެކްސިޑެންޓްގައި ސައިކަލުން ޖެހުނު ނަމަވެސް ހިނގާފައި ދިޔަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އެމީހާއަށްވެސް ވަނީ ހޮސްޕިޓަލްގައި ފަރުވާދީފައެވެ.
އައްޑޫ ލިންކް ރޯޑަކީ ވަރަށް ގިނައިން މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ސަރަޙައްދެއްކަން ފާހަގަކޮށްލަންޖެހެެއެވެ.
