ރާއްޖެއަށް އިންޑިޔާއިން ކަނޑައެޅި ކުރީގެ ސަފީރު “ސަންޖޭ ސުދީރު” ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކޮށްފި
އިންޑިއާއިން ޔޫއޭއީއަށް ދެން ކަނޑައަޅާ ސަފީރަކަށް ރާއްޖެއަށް އިންޑިޔާއިން ކަނޑައެޅި ކުރީގެ ސަފީރު “ސަންޖޭ ސުދީރު” ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކޮށްފިއެވެ.
އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔޫއޭއީގެ ސަފީރުކަމަށް ސަންޖޭ ސުދީރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އޭނާ މަޤާމާއި ހަވާލުވާނެ ކަމަށެވެ.
ސުދީރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު ފުރުއްވުމުގެ ކުރިން އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިޔަމް އެންޑް ނެޗްރަލް ގޭސް ގެ ސެކެރެޓަރީގެ މަޤާމް އަދާކުރައްވާފައި ވެއެވެ.
ސުދީރު ވަނީ ސިޑްނީގައި ހުންނަ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ. 2002 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް އެމްއީއޭގައި އޭނާ ހުންނެވީ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ.
އޭނާގެ ޚާރިޖީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، ޖެނީވާ (2007-11) އަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ކައުންސެލަރކަމާއި، އިންޑިއާ އެމްބަސީގެ އިކޮނޮމިކް އެންޑް ކޮމާޝަލް ވިންގުގެ އިސްވެރިޔާކަމާއި(2004-07)،އި ކޮލަމްބޯ އިންޑިއާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ (ޕޮލިޓިކަލް، އިންފޮމޭޝަން އެންޑް ކަލްޗަރ) ހިމެނެއެވެ. އަދި މީގެ އިތުރުން ދިމިޝްގު (1997-2000) އާއި ގާހިރާގައި ހުންނަ އިންޑިއާ އެމްބަސީގެ ތާޑް ސެކްރެޓަރީ (1995-97) ގެ މަޤާމްވެސް ސުދީރު އަދާކުރައްވާ ފައިވެއެވެ.


