ޖަނަވަރީ 6 ގެ އިންގިލާބުގައި ޓްރަމްޕްގެ ދައުރު ފޮރުވަން ޓްރަމްޕް އެދިވަޑައިގެންފައިވާ އެދުމަށް ބައިޑަން އަނެއްކާވެސް އިންކާރު ކުރައްވައިފި.
ވޮޝިންޓަން (ޖެނުއަރީ 6) – 2020 ވަނަ އަހަރުގެ އިންތިހާބުން ބަލިވެވަޑައިގެންނެވި ނަމަވެސް، އެމެރިކާގެ ކެޕިޓޮލް އަށް ދިން ހަމަލާގައި ޓްރަމްޕުގެ ދައުރު ފޮރުވަން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އެހެން ހުށަހެޅުމަކަށް ރައީސް ޖޯ ބައިޑަން ދެކޮޅު ހައްދަވައިފި އެވެ.
އޮންލައިން ނޫސް “ހަފްޕޯސްޓް”އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކެޕިޓޮލް ހަމަލާ ތަހުގީގު ކުރާ ހައުސްގެ ކޮމިޓީން ގައުމީ އަރުޝީފުގައި އެދިފައިވާ 47 ޑޮކިއުމެންޓަކަށް ވުރެ ގިނަ ލިޔެކިޔުންތައް “އެގްޒެކެޓިވް ޕްރިވިލެޖް” ކަށަވަރު ކޮށްދެއްވުމަށް މި މަހުގެ ކުރީކޮޅު ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބައިޑަން ވަނީ ކުރިން ވެސް ދެކޮޅު ހައްދަވާފަ އެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގެ ޖެނެރަލް ކައުންސެލް ޑާނާ ރެމުސް އަރުޝީފުގެ ޑިރެކްޓަރ ޑޭވިޑް ފެރިއޭރޯ ލިޔުއްވާފައިވާ ގޮތުގައި، ދެވަނަ ބެޗެއްގެ ލިޔުންތަކާ ގުޅޭ ގޮތުން ބައިޑަން ގެންގުޅުއްވާ ވިސްނުން ބަދަލު ކުރައްވާފައި ނުވާ ކަމަށްވެސް އެނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
“ރައީސް ބައިޑަން ވަނީ އެގްޒެކެޓިވް ޕްރިވިލެޖްގެ ތައާރަފަކީ އެމެރިކާއަށް އެންމެ ފައިދާހުރި ގޮތެއް ނޫން ކަމަށް ކަނޑައަޅުއްވާފައި،” ރެމުސް ލިޔުއްވާފައިވެ އެވެ. “އެގޮތުގެ މަތިން، ކުރީގެ ރައީސް ގެ އިމްތިޔާޒުގެ ވާހަކަ އަށް ރައީސް ބައިޑަން ތާއީދު ނުކުރައްވާ.” ހަފްޕޯސްޓްގައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރި ޖަނަވަރީ 6 ވަނަ ދުވަހު ދިން ހަމަލާއަކީ ދާޚިލީ ހަނގުރާމައަށްފަހު ސަރުކާރަށް ދިން އެންމެ ބޮޑު ހަމަލާ ކަމަށާއި، “ގާނޫނު އަސާސީން ލިބިދޭ އިމްތިޔާޒުގެ ރައްކާތެރިކަން، ކޮންގްރެސް ނުވަތަ އާންމުންގެ ކިބައިން، ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލުމަށް ކުރާ މަސައްކަތް ރަމްޒުކޮށްދޭ، ގާނޫނު އަސާސީ ގެ ހިމާޔަތުގައި ބޭނުން ކޮށްގެން ނުވާނެ” ޑޭވިޑް ފެރިއޭރޯ ވިދާޅުވިއެވެ. ހަފްޕޯސްޓްގައި ވެއެވެ.
މިކަމާ ގުޅިގެން ޓްރަމްޕްގެ ބަހެއް ހޯދުމަށް ހަފްޕޯސްޓްގެ ފަރާތުން އެދުނު އެދުމަށް ޓްރަމްޕްގެ އޮފީހުން އަދި ވަކި ޖަވާބެއް ދީފައެއް ނުވާކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
