އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 24 އަހަރުގެ ޒުވާނަކު ރޭ ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށްވެ އެވެ. އަދި އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށްވެ އެވެ.
މި ހާދިސާގައި އޭނާގެ ބޮލަށް ވަރަށް ގެއްލުން ލިބުނުއިރު، އެ އެކްސިޑެންޓް ހިނގިއިރު އެ ސައިކަލުގައި ދުއްވަން އިނީ އެ ޒުވާނާ އެކަނި ކަމަށް ވެސް އެނގިފައިވެ އެވެ.
އައްޑޫ ލިންކް ރޯޑުގައި މީގެކުރިން ވެސް މިފަދަ އެތައް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ ފައިވެއެވެ. މިފަދަ ހާދިސާތައް ގިނައިން ހިނގާ ފައި ހުންނަނީ ރައްކާތެރިކަމަށް ނުބަލާ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކަމުގައި ފާހަގަ ކުރެވެއެވެ.

