ދީން

މުރުތައްދުންގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ ؟

އައްޝައިޚް އަލްމުޙައްދިޘް ޙަމަދް އަލްޙުމައިދީ އައްޝިމްރީ (رحمه الله)

ސުވާލު:

މުރުތައްދުންގެ ފަހަތުގައި ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެހެނީ މިކަމުގައި އަހަރެމެންނަށް ތަފާތު ދަތިތައް ކުރިމަތިވެއެވެ.

ދެވަނައަށް: މުރުތައްދު މީހާ، އޭނާގެ ނަމާދު އޭގެ ޒާތުގައި ވެސް ބާޠިލެވެ. އޭނާ ފަހަތުގައި އެނަމާދު ޞައްޙަވާނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ އެފަދަ މީހާ ފަހަތުގައި ނަމާދު ކޮށްފި މީހާ ފަރުޟެއް މަދުކޮށްފިއެވެ. އަދި އެ އަދައުއެއް ނުވެވެއެވެ. އެހެނީ މުރުތައްދެއްގެ ފަހަތުގައި އެކަން ބާޠިލު ވެގެންވެއެވެ. ﷲ އެ ޤަބޫލު ނުކުރައްވަތެވެ.

ތިންވަނައަށް: މުރުތައްދެއް އިމާމަކަށް ހެދުމަކީ އޭނާ އަށް މުވާލާތް (ވާގިވެރިވުމުގެ) ވައްތަރެކެވެ. އެހެނަސް ﷲ ވަނީ އޭނާ އާއި ޢަދާވާތް ތެރިވުމަށް އަމުރު ކުރައްވާފައެވެ. އޭގައި ހިމެނެނީ އޭނާ އާއި ދުރުވުމާއި، ރުޅިވެރިވުމާއި އޭނާގެ ޢަމަލުތައް ބާޠިލުކުޅައުމެވެ. އެބަހީ، އެ ކަމުގެ ބާޠިލުކަން ޤަބޫލުކުރުމެވެ. ފަހެ އޭނާ އިމާމަކަށް ހެދުމުން މިކަންކަން ނަފީކުރެއެވެ.

ހަތަރުވަނައަށް: ހުކުރު ޚުޠުބާގައި ﷲ އަށް ކުފުރުވުން ހިމެނެއެވެ. ﷲ ގެ އާޔަތް ތަކާއި ކުޅުމާއި، ކާފަރުން ނަށް ދުޢާ ކުރުމާއި، މުޖާހިދުންނަށް އެއްޗެހި ގޮވުމެވެ. މިހުރިހާ ކަމަކީވެސް ކުފުރެވެ. އެއަށް ހާޒިރު ނުވުން ވާޖިބުވެގެން ވެއެވެ. އެއަށް ހާޒިރުވެ އެއަށް އިންކާރު ނުކޮށް އެއިން ވަކިވެނުގަންނަ މީހާ އެވެރިންނައި އެއްފަދަ ވެގެން ވެއެވެ. އެއީ ޖޯކު ޖެހި މީހުންގެ ވާހަކައިގައި ﷲ އެކަން ބަޔާން ކުރެއްވި ފަދައިންނެވެ. އަދި މިކަމުގައި އެއްވެސް ފަރަޤެއް، އެއީ ގޭގައިވާ މަޖިލިހަކަސް ނުވަތަ މިސްކިތެއް ނޫނީ މަދަރުސާއެއް ނޫނީ އެނޫން ތަނެއްގައިވާ މަޖިލިހަކަސް ނުވެއެވެ.

ފަސްވަނައަށް: ހަމަކަށަވަރުން މި މިސްކިތް ތަކަކީ ޟިރާރު ގެ މިސްކިތް ތަކެވެ. އޭގައި ނަމާދު ކުރުން ވަނީ ނަހީ ކުރެވިފައެވެ. އެއީ ﷲ އެއިލާހުގެ ނަބިއްޔާ އައްޟިރާރު މިސްކިތަތްކުގައި ޤިޔާމުވުމަށް ނަހީ ކުރެއްވި ފަދައިން ނެވެ. އަދި ﷲ އާއި ރަސޫލާ ގެ މައްޗަށް އޭގައި ކުރެވޭ ހަނގުރާމަ ތިއުރެންނަށް ފޮރުވިގެން ނުވާނެއެވެ. އޭގެ އެންމެ އުހުގައިވާނީ ދެޙަރަމެވެ.

ހަވަނައަށް: ﷲ ވަނީ ހަމަކަށަވަރުން، ޣުޛުރުގެ ޙާލަތުގައި ޖަމާޢަތާއި ޙުކުރު ގެ ވާޖިބު ނަންގަވާފައެވެ. އެއީ ބަލިވުމާއި، ދަތުރުވެރިވުމާއި ބިރުވެރިކަން ފަދައެވެ. ހަމައެފަދައިން ޖަމާޢަތާއި ހުކުރުގެ އިމާމު މުރުތައްދެއް ނަމައެވެ. އެއީ އޭގެ ވާޖިބުކަން ނެންގެވިގެންވާ ޢުޛުރެކެވެ. އަދި ދަތުރުވެރިކަމާއި ބަލިވުމާއި ބިރުވެރިކަމުގެ ޣުޛުރަށްވުރެ އެކަން އައުލާވެގެން ވެއެވެ.

ހަތްވަނައަށް: ބިދުޢައިގެ އަހުލުން ފަހަތުގައި ނަމާދު ކުރުމުގެ މަސްއަލައަކީ، މުޢައްޔިން ކާފަރު މުރުތައްދެއް ފަހަތުގައި ނަމާދު ކުރުމުގެ މަސްއަލައާއި ތަފާތު ކަމެކެވެ. ދެންފަހެ އެބައެއްގެ ފަހަތުގައި ނަމާދު ކުރުމަށް ހުއްދަ ވެވުނު ބިދުޢަވެރިންނީ މުޢައްޔިން ކާފަރުންނެއް ނޫނެވެ. އެހެނެއްކަމަކު، އެވެރިންގެ ބަހަކީ ކުފުރު ކަމުގައި ވޭމެ، ތައުވީލު ކުރުމުގެ މައްޗަށް އެވެރިންނަށް ޢުޛުރުވެއެވެ. އަދި އެނގޭނޭ ފަދައިން އިމާމް މާލިކު، ޖަމާޢަތާއި ހުކުރު ޣުޛުރު ކުރެއްވިއެވެ.

މިވާހަކައަށް ރައްދު ދެވޭނެ އެއްޗެއް ތިބާ އަތުގައިވާނަމަ އެކަން އަހަރެމެން ނަށް ސާފުކޮށްދޭށެވެ. އަދި އެކަމުގެ މައްޗަށް ބުރަވާ ދަލީލުތައްވެސް މެއެވެ.

ޖަވާބު:

الحمد لله نحمده ونستعينه وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله وأقول وما توفيقي إلا بالله

أما بعد :

ﷲ އިންސީން ޚަލްޤު ކުރައްވައި، އަދި އެއިލާހު ވަޙީ ކުރެއްވި ފަދައިން އެއުރެން ލެއްވިއެވެ: {هُوَ ٱلَّذِى خَلَقَكُمۡ فَمِنكُمۡ كَافِرٌ وَمِنكُم مُّؤۡمِنٌۚ} (އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافر ން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمن ންވެސް ވެއެވެ.) މިހެން ކަމުން އެއުރެން ދެބަޔަކަށް ލެއްވެވުނެވެ. މުއުމިނުން އަދި ކާފަރުތަކުން ނެވެ. އަދި ކާފަރުން ތެރެއިން ވަނީ އަހުލު ކިތާބީންނާއި، ބުދުތަކަށް އަޅުކަން ކުރާ މީހުންނާއި، ދެކޮޅުވެގަންނަ މީހުންނާއި އިންކާރުކުރާ މީހުންނެވެ. ﷲ ވަޙީ ކުރެއްވި ފަދައިން ނެވެ: {إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّٰبِئِينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ… } (ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި، مجوسى ންނާއި، شريك ކުރި މީހުން (ދަންނާށެވެ!)…)

އަދި މުއުމިނުން ތެރެއިން ހިމެނޭ މީހެއް ދެން އެހެންޏާ ޔަހޫދީ އަކަށް ނޫނީ ނަޞާރާ އަކަށް ނޫނީ ދީނާއި ދެކޮޅުހެދުމުން ނުވަތަ ޟަރޫރަތުން އެނގޭން އޮންނަ ދީނުގެ ކަމަކާއި ދެކޮޅުހެދުމުން މުރުތައްދުވާ މީހުން ވެއެވެ. އަދި މި މުރުތައްދު ކަމަކީ އެކަމަކާއިމެދު ރަސޫލު صلى الله عليه وسلم މިހެން ޙަދީޘް ކުރެއްވި މުރުތައްދުވުމެވެ: «مَنْ بَدَّلَ دِينَهُ فَاقْتُلُوهُ» ”އެމީހެއްގެ ދީން ބަދަލު ކޮށްފި މީހާ، ޤަތުލު ކުރާހުށެވެ.“ ރިވާކުރެއްވީ އަލްބުޚާރީ އިބްނު ޢައްބާސް رضي الله عنهما އަރިހުންނެވެ. އަދި އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވި ފަދައިން ނެވެ: «لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ [ يشهد أن لا إله إلا الله، وأني رسول الله] إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ» ”ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހެއް ނުވާ ކަމުގައި އާއި، ތިމަން ނަބިއްޔާ އަކީ ﷲ ގެ ރަސޫލު ކަމަށް ހެކިވާ މުސްލިމު މީހެއްގެ ލޭ، ތިންކަމަކުން ކުރެ ކަމެއްގައި މެނުވީ ޙަލާލު ވެގެން ނުވެއެވެ: ޒިނޭ ކުރާ ޘައްޔިބު މީހާއެވެ. (އެބަހީ: ޝަރުޢީ އަޤުދަކުން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ.) ނަފްސަކަށް ނަފްސެކެވެ. އަދި އެމީހެއްގެ ދީން ދޫކޮށް ޖަމާޢަތާއި ވަކިވާ މީހާ އެވެ.“ ރިވާކުރެއްވީ އަލްބުޚާރީ އަދި މުސްލިމް އިބްނު މަސްޢޫދު رضي الله عنه އަރިހުންނެވެ.

މިބުނެވުނު މުރުތައްދުން ގެ ބައިގަނޑާއި އޭގެ އަނެއް ބައިގަނޑު — އެއީ ކާފަރު މުރުތައްދު ކަން، އެހެނަސް ބޭރުފުށުން އިސްލާމް އަދި އޭނާގެ އެތެރެ ފުށުގައި ކުފުރުވާ މީހާއެވެ. އަދި މުނާފިޤު ކަމުގެ މުރުތައްދު ވުމަކީ މިއީ އެވެ. އެއީ ﷲ تعالى ގެ ވަޙީ ކުރެއްވި ފަދައިން ނެވެ: {إِنَّ ٱلَّذِينَ ٱرۡتَدُّواْ عَلَىٰٓ أَدۡبَٰرِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡهُدَىۙ ٱلشَّيۡطَٰنُ سَوَّلَ لَهُمۡ وَأَمۡلَىٰ لَهُمۡ * ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِى بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ} (ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް (އެބަހީ: މުރުތައްދު ވީ މީހުންނަށް) شيطان އާ އެކަން زينة ތެރިކޮށްދެއްކިއެވެ. އަދި أجل ތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ. އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ. އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް اللَّه ދެނެވޮޑިގެންވެތެވެ.) އަދި އެންމެ ޚަބީޘް (މުޑުދާރު) އެންމެ ނުބައި ބައިގަނޑަކީ މިއެވެ. އަދި އެއުރެންނީ ޢަދުއްވުން ކަމާއި އެއުރެންނާއި މެދު ރައްކައުތެރިވުމަށް ﷲ ޚަބަރު ދެއްވާފައިވެއެވެ. އަދި ޤިޔާމަތް ދުވަހުން އެއުރެން ވަނީ ނަރަކައިގެ އެންމެ ވަތުގައިކަމެވެ.

ދެންފަހެ ދުނިޔޭގައި އެއުރެންގެ ޙުކުމަކީ އެއުރެން ފުށުން ބޭރުފުށަށް ފާޅުވާ އެއްޗެއްގެ މައްޗަށެވެ. އެއީ އެވެރިންގެ ކަންކަމުގެ ޙަޤީޤީ ޙުކުމަކީ އެއުރެންނީ ކާފަރުން ކަމުގައި ﷲ عز وجل ޙުކުމް ކުރައްވާފައިވާ ހިނދުގައެވެ. ﷲ تعالى ވަޙީ ކުރެއްވި އެވެ: {ذَٰلِكَ بِأَنَّهُمۡ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَفۡقَهُونَ} (އެއީ އެއުރެން إيمان ވެ، ދެން އެއަށްފަހު كافر ވީކަމުގެ ސަބަބުންނެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވަނީ ސިއްކަގައްސަވައިފައެވެ. ފަހެ، އެއުރެންނަކަށް ނުވިސްނެތެވެ.) އެހެންކަމުން އީމާނުގެ އަހުލުން ގަދަވެ ކާމިޔާބުވެ މޮޅުވެއްޖެ ނަމަ އަހަރެމެންވީ ކަލޭމެންނާއި އެކު ނޫންހޭ، އެއުރެން ބުނެއެވެ. އަދި މުސްލިމުންގެ މައްޗަށް ކާފަރުން ގަދަވެއްޖެ ނަމަ، އަހަރެމެން ކަލޭމެންގެ ކަންކަމުގައި ލުއިތައް ހޯދައިދީ އަދި މުއުމިނުން ފުށުން ކަލޭމެންނަށް ހުރަސްއަޅައި ނުދެމުހެއްޔޭ، އެއުރެން ބުނެތެވެ. އެއީ އައްނިސާ ސޫރަތުގެ އާޔަތުގައި ވާ ފަދައިންނެވެ. އެހެންކަމުން އެވެރިންގެ ހުވާ ތައް ދުނިޔޭގައި ނިވަލެއް ކަމުގައި ވިއެވެ. އެއިން އެވެރިންގެ ލޭ މަޢުޞޫމު (ރައްކައުތެރި) ވާ ގޮތުގައިއެވެ. ﷲ تعالى ވަޙީ ކުރެއްވި ފަދައިންނެވެ: {يَحۡلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدۡ قَالُواْ كَلِمَةَ ٱلۡكُفۡرِ وَكَفَرُواْ بَعۡدَ إِسۡلَٰمِهِمۡ } (އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، اللَّه ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، كفر ގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި إسلام ވުމަށްފަހު، އެއުރެން كافر ވިއެވެ.) ..މިއާޔަތުގެ ނިޔަލަށް. {وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ إِلَىٰ شَيَٰطِينِهِمۡ قَالُوٓاْ إِنَّا مَعَكُمۡ إِنَّمَا نَحۡنُ مُسۡتَهۡزِءُونَ} (އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.)

ފަހެ މިތާގައި އެއަކާއިމެދު މިބަހުޘް ވެވޭ ބައިގަނޑަކީ މިއީ އެވެ. ވީމާ މިކަން ތިބާ އަށް ފަހުމް ވެއްޖެ ނަމަ، ތި ބަޔާން ކުރި އޮޅުންތައް ފިލައި ދެއެވެ. އަދި އެއުރެންނާއި މެދު ނަބިއްޔު صلى الله عليه وسلم ގެ މަގުދެއްކެވުމަށް އަދި އެކަލޭގެފާނުގެ ސީރަތަށް ބަލާށެވެ. ފަހެ އެއުރެން (މުސްލިމުންގެ ތެރޭ) ކައިވެނިކޮށް، ކައި ބޮއެ ވާރުތަވެރިވެ ވާރުތަކުރެތެވެ. 

އަދި އެއުރެންނާއި މެދު ނަހީ ވެގެންވަނީ، ދުޢާ ކޮށްދިނުމާއި އިސްތިޣްފާރު ކޮށް ދިނުމެވެ. ދިގުވެދާނެ ކަމަށް ބިރު ނެތްނަމަ، މިކަމަށް އޮތް ޙާއްޖަތް ބޮޑުކަމުން މި ނުކުތާގެ މައްޗަށް އަހަރެމެން ތަފްޞީލު ކުރީހެވެ.

ހަމައެފަދައިން ނަބިއްޔު صلى الله عليه وسلم އަށް، މާލިކު ބުނުލް ދަޚްޝަން ނޫނީ އައްދުޚައިޝިމް އަކީ މުނާފިޤުންނާއި ބައްދަލުވެ އެވެރިންނަށް ހެއޮއެދޭ މީހެއްކަމަށް ބުނެވުނު ހިނދު، އޭނާ އަކީ މުނާފިޤެކޭ ބުނެވުމުން އެކަމަށް ނަބިއްޔު صلى الله عليه وسلم އިންކާރުކުރެއްވި އެވެ. މިއީ އަލްބުޚާރީ އާއި މުސްލިމް ގައި ޢިތުބާން رضي الله عنه ގެ ޙަދީޘް ގައި ވާ ފަދައިންނެވެ. އަދި ޢުބައިދު ﷲ ބުނު ޢަދިއްޔު ބުނުލް ޚައްޔާރު އަރިހުން މާލިކު އާއި އަޙްމަދު ރިވާކުރެއްވި ޙަދީޘް ގައި، އަންޞާރުންގެ ތެރެއިން ބޭކަލަކު ވަޑައިގެން ނަބިއްޔު صلى الله عليه وسلم މަޖިލިހެއްގައި އިށީނދެވަޑައިގެން ހުންނަވަނިކޮށް ކަންފަތްދޮށުގައި، މުނާފިޤުން ތެރެއިން މީހެއް ޤަތުލު ކުޅައުމަށް އިޛުނަޔަށް އެދިވަޑައިގެންނެވިއެވެ. އެހެންކަމުން ނަބިއްޔު صلى الله عليه وسلم އަޑު ހަރުކޮށް ޙަދީޘް ކުރެއްވި އެވެ: «أليس يشهد أن لا اله الا الله» ”އޭނާ لا اله الا الله އަށް ހެކިނުވޭ ހެއްޔެވެ؟“ އަންޞާރީ ވިދާޅުވިއެވެ: ”އެކަން އޮތީއެހެންނެވެ. އޭ ރަސޫލު ﷲ އެވެ. އެހެނަސް އޭނާއަށް ހެކިވުމެއް ނުވެއެވެ.“ ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: «اليس يشهد ان محمدا رسول الله» ”محمد އަކީ ﷲ ގެ ރަސޫލު ކަމަށް އޭނާ ހެކިނުވޭ ހެއްޔެވެ؟“ އަންޞާރީ ވިދާޅުވިއެވެ: ”އެކަން އޮތީއެހެންނެވެ. އޭ ރަސޫލު ﷲ އެވެ. އެހެނަސް އޭނާއަށް ހެކިވުމެއް ނުވެއެވެ.“ ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: «أليس يصلي» ”އޭނާ ނަމާދު ނުކުރޭ ހެއްޔެވެ؟“ އަންޞާރީ ވިދާޅުވިއެވެ: ”އެކަން އޮތީއެހެންނެވެ. އޭ ރަސޫލު ﷲ އެވެ. އެހެނަސް އޭނާއަށް ނަމާދެއް ނުވެއެވެ.“ އެހެންކަމުން ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: «أولئك الذين نهاني الله عنهم» ”އެބައެއްގެ މައްޗަށް ތިމަންކަލޭގެފާނަށް ﷲ ނަހީ ކުރެއްވި މީހުންނަކީ އެއީއެވެ.“

މިހެންކަމުން ނަބިއްޔު صلى الله عليه وسلم އޭނާ ޤަތުލު ކުޅައުމުން ނަހީ ކުރެއްވިއެވެ. އެއީ (މުރުތައްދުންގެ) ފުރަތަމަ ބައިގަނޑާއި ޚިލާފަށެވެ. އެއީ އެވެރިން ޤަތުލު ކުރުމަށް އަމުރު ކުރެއްވި ބައިގަނޑެވެ. މިއީ މުނާފިޤަކީ ކާފަރެއް ކަމުގައި ވާހިނދެވެ. އަދި ޤުރުއާން ގައި އެވެރިންގެ ކުފުރުގެ ޚަބަރު ގިނަގުނަކޮށް އެކުލެވިފައި ވެއެވެ. އެހެނަސް ދުނިޔެމަތީ އެވެރިންނާއި މުޢާމަލާތް ކުރުން ފުރަތަމަ ބާވަތުގެ މުރުތައްދުންނާއި ތަފާތުވެގެން ވެއެވެ. ހަމައެފަދައިން އެވެރިން ފަހަތުގައި ނަމާދު ކުރުމާއި، އެވެރިން ކަތިލާ އެއްޗެއް ކެއުމުގެ މައްޗަށް މަނައު ކުރާ އަމުރެއް އައިސްފައި ނުވެއެވެ. ހަމައެފަދައިން އެވެރިންގެ ލެޔާއި މުދަލާއި ޢިއްޒަތް ވަނީ އެވެރިން ފާޅުކުރާ އެއްޗެއް މައްޗަށް ޙުރުމަތް ތެރި ވެގެންނެވެ. އެއީ އެވެރިން އެހެން އުޅެމުންގޮސް ޞަރީޙަ ކުފުރު ފާޅުކޮށްފުމާއި ހަމައަށެވެ. އަދި އެވެރިންގެ ވާހަކަތަކުގެ ދެމެދުން ތިޔަބައިމީހުންނަށް އެވެރިން ފާހަގަވެގެން ދެއެވެ. ރަސޫލު ﷲ صلى الله عليه وسلم އާއި އެކު ޖިހާދު ގައި ބައިވެރިވުމަށްވެސް އެވެރިން އިންކާރު ކުރިއެވެ. އަދި އެކަލޭގެފާނުގެ ހަނގުރާމައަކީ ޖިހާދު ނޫން ކަމަށްވެސް ބުނޫއެވެ. ﷲ تعالى އެވެރިންނާއި މެދު ވަޙީ ކުރެއްވި އެވެ: {قَالُواْ لَوۡ نَعۡلَمُ قِتَالًا لَّٱتَّبَعۡنَٰكُمۡۗ } (އެއުރެން ބުނެފޫއެވެ. ތިމަންމެންނަށް ހަނގުރާމައެއްވާކަން އެނގޭނަމަ، ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔައީމުހެވެ.) އެހެންކަމުން އެވެރިންގެ ބަސްތަކަށް ރައްދުދެއްވައި ﷲ ވަޙީ ކުރެއްވި އެވެ: {هُمۡ لِلۡكُفۡرِ يَوۡمَئِذٍ أَقۡرَبُ مِنۡهُمۡ لِلۡإِيمَٰنِۚ } (އެދުވަހު އެއުރެން إيمان ކަމަށްވުރެ كافر ކަމާ ގާތްކަން ބޮޑެވެ.)

އަދި ރަސޫލު ﷲ صلى الله عليه وسلم ގެ އަތްދޮށުގައި ވޭމެ، ޢަބްދު ﷲ ބުނު ޢުބައްޔު ވަޢުޠުތައް ދީ ވާހަކަތައް ދައްކައި ހަދަމުން ދިޔައެވެ. އެންމެ ވަރުގަދަ ޖިހާދަކީ އެއްވެސް ޝައްކެތް ރައިބެއް ނެތިި އެއީ ކަމުގައެވެ.

އަހަރެމެންނާއި ތިބާއަށް އަދި އެންމެހާ އަޚުންނަށް ޙައްޤު އޮތްކަމުގެ ދަލީލާއި އެކު ފަހުމްކޮށްދެއްވުމަށް އަހަރެން ﷲ ޙަޟުރަތުން އަހަރެން އެދެމެވެ. އަދި އޭގެ މައްޗަށް ޢަމުލު ކުރުމަށާއި އެއަށް ދަޢުވަތު ދިނުމަށާއި އަދި އެކަމުގެ މަތީ ﷲ سبحانه وتعالى ގެ ވަޖުހުފުޅަށް އެދި ކެތްތެރިވުމަށެވެ.

ދެންފަހެ ތިބާ ޛިކުރު ތިކުރި، މުރުތައްދުން ފަހަތުގައި ނަމާދު ޞައްޙަ ވުމުގެ ކަންތަކުގައި، ފަހެ ތިބާ އެއިން މާނަކުރަނީ ފުރަތަމަ ވައްތަރުގެ މުރުތައްދުން ނަމަ، އެކަމުން ﷲ ޙަޟުރަތުން ރައްކައުތެރިކަމަށް އެދެމެވެ. އެހެނީ ކާފަރެއް އަދި އިސްލާމް ދީން ދޫކޮށްލާފައިވާ މުރުތައްދެއް ފަހަތުގައި ނަމާދު ޞައްޙަ ވެގެން ނުވާނޭ ކަމާއި މެދު ޢިލްމު ވެރިން މެދުގައި ޚިލާފެެއްް ނުވެއެވެ.

ދެންފަހެ މުނާފިޤެއް ފަހަތުގައި ނަމާދު ކުރުން، ފަހެ މިކަން މަނައު ކުރުމަށް ދަލީލެއް ނުވެއެވެ. އަދި ކިއެއްތަ؟ އެއީ ޢުބައިދު ﷲ ބުނު ޢަދިއްޔުލް ޚައްޔާރު އަރިހުން އަލްބުޚާރީ ރިވާކުރެއްވި ގޮތުގައި، ޢުޘްމާނު ބުނު ޢައްފާން رضي الله عنه އަރިހަށް ޙިޞާރު ވެފައިވަނިކޮށް އެކަލޭގެފާނު ވަދެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ: ”ބޮޑު އިމާމް އަކީ ތިއީއެވެ. އަދި އަހަރެމެންނަށް މިފެނުނު ކަންތައް ތިބާގެ މައްޗަށް އައެވެ. އަދި ފިތުނައިގެ އިމާމުން އަހަރެމެންނަށް ނަމާދު ކޮށްދޭން ފަށައިފިއެވެ. އަދި އަހަރެމެން އެއުރެދުމުން ދުރުވަމެވެ.“ އެހެންކަމުން (ޢުޘްމާންގެފާނު) ވިދާޅުވިއެވެ: ”ނަމާދަކީ އިންސާނާ ކުރާ އެންމެ ހެޔޮ ޢަމަލެކެވެ. ވީމާ މީސްތަކުން ހެޔޮ ޢަމަލު ކުރާ ހިނދު އެވެރިންނާއި އެކު އެކަން ކުރާށެވެ. އަދި އެވެރިން އުރެދޭހިނދު އެވެރިންގެ އުރެދުމުން އެއްކިބާވާށެވެ.“

ފަހެ މިއީ ޖަންނަތުގެ ބަޝާރަތު ލިބިގެންވާ ރާޝިދީ ޚަލީފާއެކެވެ. އެކަލޭގެފާނުގެ ގެކޮޅާއި ޚިލާފަތާއި ލެޔާއި އެކަލޭގެފާނާއި އެކު ތިބި ބައެއްގެ ލޭވެސް ޙަލާލުކުރެވިފައެވެ. އަދި އެއާއިއެކުވެސް މިބަސްފުޅު މިހެން ވިދާޅުވިއެވެ. ފަހެ އެކަލޭގެފާނަށް ފަހު އައި އެންމެހާ މުޖާހިދަކަށް އެއްޗެހިގޮވައި ނޫނީ ޤަތުލު ކުރިޔަސް، ޢުޘްމާނު رضي الله عنه އާއި އެކަލޭގެފާނާއި އެކުވީ ބޭފުޅުން ޤަތުލު ކުޅައުމުގެ ޖަރީމާއަށް ވުރެ ބޮޑުވެގެންނެއް ނުވާނެއެވެ. ޙަދީޘުގައި ވާފަދައިން ނެވެ: «لو انفق احدكم مثل احد ذهب ما بلغ مد احدهم ولا نصيفه» ”ތިޔަބައިމީހުންގެ ތެރެއިން މީހެއް އުޙުދު ފަރުބަދަހާ ރަން ޞަދަޤާތް ކުރިޔަސް އެއިން ބޭކަލެއްގެ މުއްދެއް (އަތްގޮށްޓެއް) ނޫނީ ބައި މުއްދު ހައިވެސް އެއްފަދަވެގެންނެއް ނުވާނެއެވެ.“ — ރިވާކުރެއްވީ އަލްބުޚާރީ އަދި މުސްލިމް، އަބޫ ސަޢީދު رضي الله عنه އަރިހުން ނެވެ.

އަދި މި ޙިޞާރުކޮށްގެން ތިބި ބައިގަނޑަކީ، ޚަވާރިޖުން ގޮތުގައި ތުހުމަތުވެފައިވާ ބައެކެވެ. އަދި ފިތުނަޔަށް ގޮވާލާބަޔެކެވެ. ފަހެ އަޞްޙާބު ބޭކަލުން رضي الله عنهم ، އަލްމުޚްތާރު އިބްނު އަބީ ޢުބައިދުއް ޘަޤަފީ ގެ ފަހަތުގައި ނަމާދު ކުރެއްވިތެވެ. އަދި ހަމަ އެފަދައިން އަލްޙައްޖާޖު ގޭ ފަހަތުގައިވެސް މެއެވެ. އޭގެ ތެރެއިން އެކަކަކީ ކައްޒާބެކެވެ. އަދި އަނެކަކީ ލޭއޮހޮރުވުން ތެރިއެކެވެ. އެއީ ޞަޙީޙު މުސްލިމް ގައި ވާރިދުވެފައިވާ ފަދައިންނެވެ. އަދި އެއާއި އެކުވެސް އެބޭކަލުން އެދެވެރިންގެ ފަހަތުގައި ނަމާދު ކުރެއްވިއެވެ. އަދި އެނޫން މީހުންގެ ފަހަތުގައިވެސް މެއެވެ. ޖަމާޢަތާއި ހުކުރު ވެސްމެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އަލްފަތާވާ 23/342 – 343 ގައި ވިދާޅުވިއެވެ — އެއީ ޢަޞްޙާބު ބޭކަލުން ، އަދި އެންމެހާ މުސްލިމުން އެދެވެރިން ފަހަތުގައި ނަމާދު ކުރެއްވި މިދެމީހުންގެ ވާހަކަ ނަންގަންނަވަމުންނެވެ. ވިދާޅުވިއެވެ: ފަހެ ހަމަކަށަވަރުން ޖަމާޢަތާއި ހުކުރު ގެއްލުމަކީ، ފާޖިރު އިމާމެއް ފަހަތުގައި އެ އަދައުވުމަށްވުރެ ބޮޑު ފަސާދައެކެވެ. ވަކިން ޚާއްޞަކޮށް އެވެރިން ފަހަތުން ވަކިވުމަކީ އެވެރިންގެ ފާޖިރުކަން ދަށް ކުރެވޭ ކަމެއް ގޮތުގައި ނުވާހިނދުގައެވެ. ވީމާ އެ ފަސާދަ އެހީތެރި ނުވާ ގޮތުގައި ޝަރުޢީ މަޞްލަޙަތު ދޫކޮށްލުން އެދެވިގެން ވެއެވެ. މިސަބަބަށްޓަކައި ސަލަފުން ތެރެއިން އަދަދުކޮށްލެވޭ މަދު ބޭކަލެއް މެނުވީ ހުކުރާއި ޖަމާޢަތް ނުބައި އިމާމުން އަދި ބިދުޢައިގެ އަހުލުން ފަހަތުގައި އެކީއެއްކޮށް ދޫކޮށްލައްވާފައި ނުވެއެވެ — أهــ.

އަލްޙަސަން رحمه الله تعالى ވިދާޅުވިއެވެ: ”މުއުމިނު މީހާ އަށް، މުނާފިޤެއް ފަހަތުގައި ކުރާ އޭނާގެ ނަމާދުން އެއްވެސް ގެއްލުމެއް ނުވެއެވެ. އަދި މުނާފިޤަކަށް އޭނާގެ ފަހަތުގައި ނަމާދުކުރާ މުއުމިނު މީހާގެ ނަމާދުން އެއްވެސް މަންފާޢެއްވެސް ނުކުރެތެވެ.“

ދެންފަހެ ތިބާގެ ބަސް، އެމީހެއްގެ ނަފުސަށް ނަމާދު ބާޠިލު މީހެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަ ވެގެން ނުވެޔޭ، ފަހެ މި ބުނުން ޞައްޙަވެގެންނެއް ނުވެއެވެ. އެއީ ނަބިއްޔު صلى الله عليه وسلم ގެ މިޙަދީޘް ގެ މައްޗަށެވެ: «يصلون لكم فإن أصابوا فلكم ولهم وإن اخطأوا فلكم وعليهم» ”އެބައިމީހުން (އިމާމުން) ނަމާދު ކުރަނީ ތިޔަބައިމީހުންނަށްޓަކައެވެ. ރަގަޅަށްކޮށްފިނަމަ ތިޔަބައިމީހުންނަށާއި އެމީހުންނަށް(އިމާމުންނަށް)ވެސް ހެޔޮވެގެންވެއެވެ. ނުބައިވެއްޖެނަމަ ތިޔަބައިމީހުންގެ ނަމާދަކަށް މައްސަލައެއްނެތެވެ. ގޯސްއޮތީ އެބައިމީހުންނަށެވެ.(އިމާމުންނަށެވެ).“ ރިވާކުރެއްވީ އަލްބުޚާރީ އެވެ. އަދި ޢުޤްބަތު ބުނު ޢާމިރު رضي الله عنه އަރިހުން އަލްއިމާމް އަޙްމަދު އަދި ޢަބޫ ދާޥޫދު ރިވާކުރެއްވިއެވެ: ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: «من أم الناس فأصاب الوقت وأتم الصلاة فله ولهم ومن انتقص من ذلك شيئا فعليه ولا عليهم» ”މީސްތަކުންނަށް އިމާމުވެ، އަދި އޭގެ ވަޤުތު ސީދާވެ އަދި ނަމާދު ފުރިހަމަ ކޮށްފި މީހާ، އެކަން އޭނާ އާއި އެއުރެންނަށް ލާބަކުރެއެވެ. އެއިން އެއްޗެއް އުނިކޮށްފިމީހާ، އެކަން ވަނީ އޭނާ އަށެވެ. އަދި އެއުރެންނަށް ނުވެއެވެ.“ — މިއީ އަޙްމަދު ގެ ރިވާޔަތުގެ ލަފުޠެވެ. އަދި ޢުމަރު رضي الله عنه ޖުނުބުވެރި ޙާލަތުގައި މީސްތަކުންނަށް (އިމާމުވެ) ނަމާދު ކުރެއްވިއެވެ. އަދި ޖުނުބުވެރި ކަމުގައި ހުންނެވި ކަމަށް އިރު އެރުމަށް ފަހުގައި މެނުވީ ހަނދުމައެއް ނެތެވެ. އެހެންކަމުން އެ ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ފުރަތަމަ ބާޠިލުވި ނަމާދު މައުމޫމުވި މީސްތަކުން އެނަމާދު އިޢާދަ ކުރުމަށް އަމުރެއް ނުކުރައްވައެވެ.

ދެންފަހެ ތިބާގެ ބަސް: އެވެރިން އިމާމުން ގޮތުގައި ހެދުމީ، އެވެރިންނަށް ވާޤިވެރިވުމުގެ (މުވާލާތްކުރުމުގެ) ބާވަތެކޭ، ފަހެ މިއީ ޞައްޙަ ބުނުމެއް ނޫނެވެ. މީގެ މައްޗަށްވާ ދަލީލާކީ ޞަޙީޙު މުސްލިމް ގައި، ޢަޥްފު ބުނު މާލިކު رضي الله عنه އަރިހުން ޘާބިތުވެގެންވާ ރިވާޔަތެވެ: ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: «خيار ائمتكم الذين تحبونهم ويحبونكم وتصلون عليهم ويصلون عليكم وشرار ائمتكم الذين تبغضونهم ويبغضونكم وتلعنونهم ويلعنونكم قالوا قلنا يا رسول الله أفلا ننابذهم عند ذلك قال لا ما أقاموا فيكم الصلاة» ”ތިޔަބައިމީހުންގެ އިމާމުން ކުރެ އެންމެ ހެޔޮ ބަޔަކީ، ތިޔަބައިމީހުން އެވެރިންނަށް ލޯބިކުރާ އަދި އެވެރިން ތިޔަބައިމީހުންނަށް ލޯބިކުރާ، ތިޔަބައިމީހުން އެވެރިންނަށް ދުޢާކޮށްދޭ އަދި އެވެރިން ތިޔަބައިމީހުންނަށް ދުޢާކޮށްދޭ މީހުންނެވެ. އަދި ތިޔަބައިމީހުންގެ އިމާމުން ކުރެ އެންމެ ނުބައި ބަޔަކީ، ތިޔަބައިމީހުން އެވެރިންނަށް ރުޅިއަރާ އަދި އެވެރިން ތިޔަބައިމީހުންނަށް ރުޅިއަރާ، ތިޔަބައިމީހުން އެވެރިންނަށް ލައުނަތްދޭ އަދި އެވެރިން ތިޔަބައިމީހުންނަށް ލައުނަތްދޭ މީހުންނެވެ.“ އަހަރެމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލެވެ! އެހިނދުން އަހަރެމެން އެވެރިން ޢަޒުލު ކުރަންވީ ނޫން ތޯއެވެ؟“ ޙަދީޘް ކުރެއްވި އެވެ: ”ނޫނެކެވެ. އެވެރިން ތިޔަބައިމީހުންގެ ތެރޭ ނަމާދު ޤާއިމުކުރާހާ ހިނދަކު (އެހެން ޢަމަލު ނުކުރާށޭ) އެވެ.“ — މިއިން ޘާބިތުވަނީ އެވެރިން އެބައިމީހުންނަށް ނަމާދު ޤާއިމު ކުރާކަމެވެ. އަދި އެއާއި އެކުވެސް އެބައިމީހުން (އެއިމާމުންނަށް) ރުޅިއަރައި ލައުނަތްވެސް ދޭ ކަމެވެ. އަދި އަލްޙައްޖާޖު ގެ ޒަމާނުގައި ޢަޞްޙާބުން އޭނާ ފަހަތުގައި ނަމާދުވެ އޭނާ އިމާމުކަމުގައި (ނަމާދުގައި) ތަބަޢުވެލެއްވިއެވެ. ހަމަ އެފަދައިން ތާބިޢީންގެ ތެރެއިން ބޮޑެތީން ވެސް މެއެވެ. އަދި އޭނާއަށް ރުޅިވެރިވެ ޢަދާވާތްތެރިވެލެއްވޫއެވެ. އަދިކިއެއް؟ އޭގެ ތެރެއިން ބައެއް ބޭކަލުން އޭނާ އަށް ތަކްފީރު ވެސް ކުރެއްވިއެވެ! އަދި ހިޖުރައިން 73 ވަނަ އަހަރު ޙައްޖުގައި ވެރިޔެއްގެ ގޮތުން ހުރީ އޭނާއެވެ. އަދި ޢަލްބުޚާރީ ރިވާކުރެއްވި ފަދައިން، ޙައްޖުގައި އޭނާ އަކީ އިމާމު ގޮތުގައި މުސްލިމުން ތަބައުވިއެވެ.

ދެންފަހެ ތިބާގެ ބަސް: ހުކުރު ޚުޠުބާ ގައި ވާ އެއްޗަކާއި އޭގައި އެކުލެވޭ އެއްޗެއް، އަދި އެ އަޑުއަހާ މީހާ އަށްވެސް އެވެރިންވެ ޙުކުމް ވެޔޭ، ފަހެ މިބަސް ޞައްޙަ ވެގެން ނުވެއެވެ. އެ ޙުކުމް އަންނަނީ (ނުބަޔަށް) ރުހި ތަބަޢަ ވާ މީހުންނަށެވެ. އުއްމު ސަލަމާ رضي الله عنها އަރިހުން މުސްލިމް ރިވާ ކުރެއްވި އެވެ: ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: «انه يستعمل عليكم امراء فتعرفون وتنكرون فمن كره فقد بريء ومن انكر فقد سلم ولكن من رضى وتاب فقالوا : يا رسول الله الا نقاتلهم قال لا ما صلوا ” أي من انكر بقلبه وكره بقلبه

“ވެރިންތަކެއް ތިޔަބައިމީހުންގެ މައްޗަށް އަންނާނެއެވެ. ތިޔަބައިމީހުން އެމީހުންގެ ފަރާތުން (ފެންނަ ހެޔޮ ޢަމަލުތަކަށް) ރުހޭނެއެވެ. އަދި (ނުބައި ޢަމަލުތަކަށް) ނުރުހޭނެއެވެ. އެމީހުންގެ ނުބައިކަންތަށް އެނގޭމީހާ (އަދި އެކަން ހުއްޓުވަން އުޅެފިމީހާ) ކުށްވެރިވުމުން ބަރީއަވެއްޖެއެވެ. އަދި (ހުއްޓުވައި ދެކޮޅު ހެދުމަށް ނުކުޅެދޭ ޙާލު) އެކަމަށް އިންކާރުކުރާ މީހާ ސަލާމަތްވެއްޖެއެވެ. އެހެނަސް އެކަމަށް ރުހިއްޖެ އަދި އެކަމުގައި ތަބާވެއްޖެމީހާއަށެވެ. (އެބަހީ: ފާފަ އާއި ޢުޤޫބާތް ވެއެވެ.)“ މީސްތަކުން ދެންނެވިއެވެ: ”އޭ ﷲ ގެ ރަސޫލާއެވެ! (އެހިނދުން) އަހަރެމެން އެވެރިންނާއި ހަނގުރާމަ ނުކުރާންވީތޯއެވެ؟“ ޙަދީޘް ކުރެއްވިއެވެ: ”ނޫނެކެވެ! އެއުރެން ނަމާދު ކުރާހާ ހިނދަކުއެވެ.“ — (މިޙަދީޘް އިން ނެގޭ) މުރާދަކީ، އެބައެއްގެ ހިތުން އިންކާރުކޮށް ހިތުން ނަފުރަތު ކުރުމެވެ.

ދެންފަހެ މިސްކިތްތައް، މަޖިލިސްތަކާއި މަދަރުސާތަކާއި އެއްހަމަ ކުރުން: ފަހެ މިއީ މުޞީބާތެކެވެ. ﷲ ވަނީ އެ އިމާރާތް ކުރުމަށް (އެބަހީ: ފަޅުފިލުވައި ބެލެހެއްޓުމަށް) އަމުރު ކުރައްވައި (އެހެން ތަކެތިން) އެ ފަރަޤު ކުރައްވާފައެވެ. އެއިލާހު تعالى ވަޙީ ކުރެއްވި ފަދައިން ނެވެ: ( انما يعمر مساجد الله من امن بالله واليوم الاخر ) ” اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ … މީހުންނެވެ.“ މިއާޔަތް. އަދި ހަމަކަށަވަރުން މުނާފިޤެއް ނުވަތަ މަޤުފުރެދިފައިވާ ބިދުޢައިގެ އަހުލުވެރިޔެއް މެނުވީ އެއިން ދެކޮޅުވެރި ނުވާނެއެވެ. މުސްލިމް އެކަލޭގެފާނުގެ ޞަޙީޙު ގައި އިބްނު މަސްޢޫދު رضي الله عنه އަރިހުން ރިވާކުރެއްވި ފަދައިންނެވެ. ވިދާޅުވިއެވެ: ”މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިން ތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސް މީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެ ކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސްތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާމީހުންނެވެ. ފަހެ (ބަލިކަމުން) ދެމީހުންގެ ދެކޮނޑު މައްޗަށް ބުރަވެ ކިރެމުން މީހެއް ގެނެވި ޞަފުގައި އޭނާ ބެހެއްޓިފައިވެސް ވެއެވެ.“ އަދި ލޯކަނު މީހާ އަށް ނަބިއްޔު صلى الله عليه وسلم ކުރެއްވި އަމުރަށްޓަކައިވެސް މެއެވެ. އަދި އެއިން އެއްކިބާވެ ހުރުމަށް ޢުޛުރެއް ނުދެއްވެވިއެވެ. މިއީ މުސްލިމް ގައި ރިވާވެގެންވާ ފަދައިންނެވެ.

ފަހެ ހުކުރާއި ޖަމާޢަތަކީ އިސްލާމް ދީނުގެ ޝިޢާރުތަކުގެ ތެރެއިން ފާޅުވެގެންވާ އެންމެ މަތިވެރި ޝިޢާރެވެ. އެއަކީ، ﷲ އެއިލާހުގެ އަޅުތަކުންނަށް، އެއިލާހުގެ ގެކޮޅުގައި އެކަން ކަށަވަރުކުރުމަށް ޢަމުރު ކުރެއްވި ޝިޢާރެކެވެ. އަދި އެދެކަމަށް ޙާޟިރުވާ މީހާގެ ޤަޞްދަކީ، އޭނާއަށް އަމުރުވި ކަންތަކަށް ފަރުވާއަކަށް ޢިޖާބަދީ، ކުޑަވިޔަސް ބޮޑުވިޔަސް މުންކަރާތެއް އަޑުއެހުން. ނޫނީ ދެއްކުމަށްކަމުގައި ނުވާހިނދު، މުންކަރާތަށް އިންކާރު ކުރުމީ ކުޅަދާނަ ވީ މިންވަރުން އޮތް ކަމެއް ގޮތުގައި ލެއްވެވުމީ، ﷲ ގެ ރަޙުމަތުގެ ތެރެއިން ވާ ކަމެކެވެ. އަދި ފަހެ ނަބިއްޔު صلى الله عليه وسلم ޤަޟާއު ކުރެއްވި ޢުމްރާ ގައި ކަޢުބާ ވަށައި ޠަޢާފު ކުރެއްވި ހިނދު، އޭގެ ވަށައިގެން ﷲ ފިޔަވައި އަޅުކަން ކުރެވޭ 360 ބުދު ބެހެއްޓިފައި ހުއްޓެވެ. އެއީ މަސްޖިދުލް ޟިރާރެއް ކަމުގައި އަޢިބު ކުރާނަމަ، އެތަން (ކަޢުބަތު ﷲ) ތަޅާލުން ވާޖިބުވެއެވެ. ﷲ ޙަޟުރަތުން އެފަދަ ކަމަކުން ރައްކައުތެރި ވަމެވެ. އެހެނަސް، ދެޙަރަމް ފުޅަކީވެސް، ތަޤުވާގެ މަތީ އޭގެ ބިންޤާ އެޅުނު ތަންތަނެވެ. އަދި ހަމަކަށަވަރުން ﷲ ވަނީ މިސްކިތް ފަޅުފިލުވައި މަރާމާތު ކުރުމަށް އަދި އެ ހަލާކު ނުކުރުމަށް އަމުރު ކުރައްވާފައެވެ. ޢަމަލީ ގޮތުންނާއި ޙިއްސީ ގޮތުންވެސް މެއެވެ. 

ދެންފަހެ ތިބާގެ ބުނުން: ދަތުރުވެރިވުމާއި ބިރުވެރިކަމީ ޖާމާޢަތް ދޫކުޅައުމަށް އޮތް ޢުޛުރެކޭ، ފަހެ މިބުނުން ޞައްޙައެއް ނޫނެވެ. އެހެނަސް އޭނާ އެކަނި ހުރެއްޖެ ޙާލަތެއްގައި މެނުވީއެވެ. އަދިކިއެއް؟ އައްނިސާ ސޫރަތުގައި ވާފަދައިން ﷲ ޞަލާތުލް ޚަޥްފު ވާޖިބު ކުރައްވާފައިވާނަމަ، ބިރުވެރިކަމާއި ދަތުރުތުމަތީ ޖަމާޢަތް ހެދުން ވާޖިބުވެގެންވެއެވެ. އަދި މިކަމުގެ މައްޗަށް ދޭހަވާ ޙަދީޘްތައް މުތަވާތިރު ވެގެންވެއެވެ. އަދި ހަމައެފަދައިން ދަތުރުމަތީ ޖަމާޢަތުގެ ޙުކުމް ކެނޑި ނުދެއެވެ. އެހެނީ މިކަމުގެ މައްޗަށް ނައްޞު އައިސްފައި ވުމުންނެވެ. އެއީ އަލްބުޚާރީ އާއި މުސްލިމް ގައި މާލިކު ބުނުލް ޙުވައިރިޘް رضي الله عنه އަރިހުން ރިވާކުރެއްވި ޙަދީޘް ގައި ވާ ފަދައިންނެވެ: ވިދާޅުވިއެވެ: ދަތުރަކު ދިޔުމަށް އެދި ދެމީހަކު ނަބިއްޔު صلى الله عليه وسلم އަރިހަށް ވަޑައިގެންނެވިއެވެ. އެހެންކަމުން ޙަދީޘު ކުރެއްވި އެވެ: ތިދެބޭކަލުން (ދަތުރުގައި) ނިކުންނަ ހިނދު، ބަންގި ގޮވައި ދެން ގަމަތް ދޭށެވެ. ދެން ދެވެރިން ކުރެ އުމުރުން ދޮށި މީހެއް އިމާމެއް ގޮތުގައި އައްޔަނު ކުރާށެވެ.“ އަދި އިމާމު މީހާ އަކީ މުނާފިޤެއް ގޮތުގައި ވުމީ، އޭނާ ފަހަތުގައި ނަމާދު ޖަމާޢަތް ދޫކުޅައުމަށް އޮތް ޢުޛުރެއް ނޫނެވެ.

ދެންފަހެ އެންމެ ފަހުން ގެނައި (ހަތް ވަނަ) މަސްއަލައިގެ ޖަވާބު މީގެ ފެށުމުގައި ވަނީ ގެނެވިފައެވެ. ވީމާ، އެވެރިންގެ މުރުތައްދުވުމީ މުނާފިޤު ކަމުގެ މުރުތައްދު ކަމެކެވެ. އަދި އިމާމު މާލިކު رحمه الله ورضي عنه ގެ ޢަމަލު ފުޅަކީ އެއަށް ދަލީލު ބޭނުންވާ އަދި އެހެނަސް އެއީ ދަލީލު ކަމަށްވާ އެއްޗެއް ނޫނެވެ. އެހެނީ އަހަރެމެންނީ ޤުރުއާނާއި ސުންނަތާއި ނައްޞު ކަމުގައި ހިފަހައްޓައިގެން ތިބި މީހުންނެވެ. ﷲ تعالى ވަޙީ ކުރެއްވި އެވެ: ( فإن تنازعتم في شيء فردوه إلى الله والرسول إن كنتم تؤمنون بالله واليوم الاخر ذلك خير وأحسن تأويلا ) ”ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.“ އަދި ކުރިން އަހަރެމެންވާނީ މިކަމުގެ މައްޗަށް ބައެއް ދަލީލު ޛިކުރުކޮށްފައެވެ. والله أعلم.

ސަމާލުކަމަށް:

އިހުބަޔާން ވެވުނު ކަންތައްތަކަށް ފަހު، މުސްލިމަކު އޭނާގެ ނަމާދު އެމީހެއް ފަހަތުގައި ކުރާ މީހެއް ބަލާކަށް ނުޖެހޭ ކަމަށް ފަހުމް ވުމީ، އެ ކީ ނުވަތަ އަޑުއެހި މީހަކަށް ފަހުމް ނުވުމެވެ. އަދި ކިއެއް؟ މުސްލިމެއްގެ މައްޗަށް ވަނީ އެމީހެއްގެ ދީން ރައްކައުތެރި އަދި ވަރަޢަވެރިކަން އެންމެ ރަނގަޅު މީހަކަށް ބަލައި އެކަމަށް ސަމާލުވުމެވެ. އެހެނަސް، އިހުބަޔާން ވެވުނު ތަކެތީގެ މުރާދަކީ، ބަޔާންވެވުނު ސަބަބު ތަކުގެ ތެރެއިން ސަބަބަކާއި ހުރެ މުސްލިމެއް، އޭނާގެ ހުކުރާއި ޖަމާޢަތުގެ ނަމާދު ނޭޅުމެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔު صلى الله عليه وسلم ގެ އަވަހާރަ ވުމާއި އެކު ، މަޢުޞޫމުކަން ވަނީ ކެނޑިގޮސްފައެވެ. (އެންމެންވެސް ކުށްޖެހިގެން ވެއެވެ.) އަދި އިމާމުން މިކަމުގައި އިމްތިޙާނު ކުރުން އަޅެއްގެ މައްޗަށް ނުވެއެވެ. އަދި ކިއެއް؟ އޭނާއަށް ނަމާދުގެ ވަޤުތު ފޯރައިފި ކޮންމެ ތަނެއްގައިވެސް ނަމާދު ކުރުމެވެ. އެއީ އަލްބުޚާރީ އާއި މުސްލިމް ގައި ޘާބިތުވެފައިވާ ޙަދީޘް ގެ މައްޗަށެވެ. އެއީ ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: «ثم أينما ادركتك الصلاة بعد فصلي فإن الفضل فيه» ”ދެން އެތަނެއްގައި ހުރެ ނަމާދު ތިބާއަށް ފޯރައިފި ކޮންމެތާކު، ނަމާދު ކުރާށެވެ. ފަހެ ހަމަކަށަވަރުން އެކަމުގައި ފަޟުލު ވެއެވެ.“ މިހެން ޙަދީޘު ކުރެއްވީ އަބޫ ޛައްރު رضي الله عنه އަރިހުގައެވެ. އަދި ޖާބިރު رضي الله عنه އަރިހުން އަލްބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘް ގައި، ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: «أيما رجل من أمتي ادركته الصلاة فليصل» ”ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތެރެއިން ކޮންމެ މީހަކަސް، ނަމާދު އެމީހަކަށް ފޯރައިފި ހިނދެއްގައި އެހުރިތަނަކުން އެ ކުރެވޭހުއްޓެވެ.“

އަދި އިހު ބަޔާންވެވުނު މީހުން ކުރެ މީހެއް ފަހަތުގައި ނަމާދު ކުރެވިއްޖެ ކަމަށް އެއްބަސްވާ މީހާ، ފަހެ އޭނާ އެނަމާދު އަލުން ކުރުމެއް ނުވެއެވެ. އެއީ އިތުރުއެކަލޭގެފާނުން صلى الله عليه وسلم ގެ މި ޙަދީޘް ގެ މައްޗަށެވެ: «لا تصلوا صلاة في يوم مرتين» އެއްދުވަހު ގައި ނަމާދެއް ދެފަހަރަށް ތިޔަބައިމީހުން ނުކުރާށެވެ.“ ރިވާކުރެއްވީ އިމާމު އަޙުމަދު އާއި އަބޫ ދާޥޫދު އަދި އައްނަސާއީ، އިބްނު ޢުމަރު رضي الله عنهما ގެ ޙަދީޘުތަކުގެ ތެރެއިންނެވެ. ފަހެ މި ޙަދީޘް ގައި ނަމާދު ޢިޢާދަ ކުރުމުގެ މައްޗަށް ނަހީ ވެއެވެ. ދެންފަހެ މައްކާ އާއި މަދީނާގެ ޙަރަމް ފުޅަކީ، އޭގައި ނަމާދު ކުޅައުމަށް މުސްލިމުން ގަދައަޅާ އަދި އެކަމުގައި ޢައިބެއް ނުވާ ކަންކަމެވެ. އެއީ އެދެތަނުގައި ނަމާދު ކުރުމުގެ ފަޟުލު އާއިމެދު ވާރިދުވެފައިވާ ނައްޞުތަކުގެ މައްޗަށެވެ. އަދި އެއަށް ޒިޔާރަތް ކުރުމުގެ މައްޗަށްވެސް މެއެވެ. 

ނިންމާލަމުން، ބޮޑުވެގެންވާ ކަމެއް ބަޔާން ކޮށްލާނަމެވެ. އެއީ މި މައްސަލަ އާއި މިބާވަތުގެ ކަންކަމީ ޒުވާބުގޮށް ބައި ބައިވެ ގުޅުމާއި ލޯބި ކަނޑާންޖެހޭ ބާވަތުގެ މަސްއަލަތަކެއް ނޫނެވެ. އިބްނު ސަޢްދީ رحمه الله، ( ولا تتفرقوا فيه ) ”އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ!“ — މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: އެބަހީ: ކަލޭމެން އިއްތިފާޤު ޙާޞިލު ކުރާށޭ ދީނުގެ އަޞްލުތަކާއި އޭގެ ފަރުޢު ތަކުގައިވެސް އެވެ. އަދި ރައްކައުތެރިވާށޭ މަސްއަލަތަކުގައި ތިޔަބައިމީހުން ބައިބައި ނުވުމަށް، އަކި އެކިބައިގަނޑު ބައިގަނޑަށް ތިޔަބައިމީހުން ބޭހިގެން ދިޔުމުންވެސް މެއެވެ. އޭރުން ތިޔަބައިމީހުން ތަފާތު ޕާޓީތަކަށް ވެގެންދެއެވެ. އަޞްލުއް ދީނުގައި އިއްތިފާޤުވާ ޙާލު، އެއްބަޔަކު އަނެއް ބަޔަކަށް ޢަދާވާތްތެރިވެ އެވެ. އަދި ދީނުގެ މައްޗަށް އިޖުތިމާޢު ވުމުގެ އަދި އޭގައި ބައިބައި ނުވުމުގެ ވައްތަރު ތަކުގެ ތެރޭގައި ހިމެނެނީ، ދީން ޝަރުޢު ކުރެއްވި ފަރާތް (ﷲ) ޢާންމު ގޮތުގައި އިޖުތިމާޢުވުމަށް ޢަމުރު ކުރެއްވި ކަންތައްތަކުގައެވެ. އެއީ ޙައްޖާއު، ޢީދު ތަކާއި، ހުކުރާއި، ފަސް ނަމާދާއި ޖިހާދު އަދި އެނޫން ވެސް، އެ އަޅުކަންތައް ތަކެއްގައި، އިޖުތިމާޢުވެ ބައިބައިވުން ދޫކޮށްލުމުން މެނުވީ ފުރިހަމަވެސް އަދި ކާމިލުވެސް ނުވާ ކަން ކަމެވެ. أهــ

އަދި އަޞްޙާބު ބޭކަލުން رضوان الله عليهم أجمعين އަދި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބަޢަވެލެއްވި ބޭކަލުން (ތާބިޢީން) ގެ ތެރޭ ބައެއް ޚިލާފުތައް ކެނޑި ގޮސްފައި ނުވެއެވެ. އެހެނަސް އެއިން އެބޭކަލުން ތެރޭން އެއްބަޔަކު އަނެއް ބަޔެއްގެ ގުޅުމަކަށް އަޘަރު ނުކުރެތެވެ. އަދި މިއީ އެބޭކަލުންގެ ޢިލްމުގެ ފުޅާކަމާއި، ހިތްތަކުގެ ސަލާމަތްތެރިކަމާއި ޙައްޤަށް އެދިހޯދުމުގެ ސަބަބުންނެވެ. هذا وأسأل الله عز وجل أن يرينا الحق ويرزقنا اتباعه ونصرته وأن يرينا الباطل باطلا ويرزقنا اجتنابه وإزهاقه والله الهادي إلى سواء السبيل , وما توفيقي إلا بالله عليه توكلت وإليه أنيب .

وصلى الله وسلم على نبينا محمد وعلى اله وصحبه …

وكتبها :

الشيخ أبي عبد الله الشمري

فك الله أسره

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close