ދިރާގުގެ ހިދުމަތަށް 33 އަހަރު، ދިރާގު މާ ސަޅި
މުވާސަލާތީ ޚިދުމަތަކީ މިއަދު އަޅުގަނޑުމންނަށް އެއާ ނުލައި ނޫޅެވޭ މިންވަރަށް ބަރޯސާވާންޖެހިފައިވާ ޚިދުމަތެކެވެ. އެއީ ތަރައްޤީއާއި، ތަހުޒީބުގެ މައިބަދައެވެ. ދިރިއުޅުން ފަސޭހަވުމާއި، އެކު އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގައުމަށް ކުރިއެރުން އައުމުގައި މި ދާއިރާގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ.
ރާއްޖެ އުފެދިފައި އޮންނަގޮތުން މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަކީ ދަތި، ގޮންޖެހުން ބޮޑު ކަމެކެވެ. ނަމަވެސް މިދެންނެވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ރަށެއް އެއްރަށް އަނެއްރަށާއި، ގުޅާލުމުގެ އިތުރުން ރާއްޖެ އާއި، ބޭރު ދުނިޔެ އާއިވެސް މިވަނީ ގުޅާލާފައެވެ. މި ފަދަ ބޮޑު ޚިދުމަތެއް ފޯރުކޮށްދީ ތަރައްޤީ ކުރުމުގައި ދިރާގުން ކުރާ މަސައްކަތަށް މިއަދު 33 އަހަރު ވީއެވެ. މިއަދަކީ ދިވެހިރާއްޖޭގެ މުވާޞަލާތީ ލީޑިންގ ކުންފުނީގެ 33 ވަނަ އަހަރީ ދުވަހެވެ.
ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން، ވަކި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމަކަށް ރާއްޖެވާތީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މި ގޮމްޖެހުންތައް ހުރަސްކޮށް ދިރާގުން ވަނީ ކުންފުނި އުފެދުނުތާ ގިނަ އަހަރުތަކެއް ނުވަނީސް ރާއްޖޭގެ ރަށްރަށަށް ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީފައެވެ. މިއީ އެކުންފުނީގެ ހަޔާތުގައި ލިބުނު ބޮޑު ކާމިޔާބީ އެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ޓެލެފޯނުގެ ހިދުމަތާއި، މޯބައިލް ފޯނުގެ ޚިދުމަތް ފުޅާކުރެވުމާއެކު ހުރިހާ ރަށެއް މުވާސަލާތީ ވިއުގައިން ގުޅާލެވުނެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ދިނުމުގެ ބޮޑު މަޝްރޫއު ދިރާގުން ކާމިޔާބު ކަމާއެކު ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގައެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް އައެވެ. އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި، ވިޔަފާރިތަކާއި ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ބާރަކަށް ވިއެވެ.
މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް މުވާސަލާތީ ދާއިރާގައި ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަމުގެ އެއް ހެއްކަކީ މިހާރު މަދު ގައުމަކަށް ތައާރަފްކޮށްފައިވާ 5ޖީ ޓެކްނޮލަޖީވެސް ދިރާގުން ރާއްޖެއަށް ތައާރަފުކޮށްފައިވުމެވެ. ދުނިޔޭގެ ބާޒާރަށް އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީ ދިރާގުން ދަނީ ރާއްޖެއަށް ތައާރަފުކުރަމުންނެވެ.
ދިރާގުގެ އަމާޒަކީ ޑިޖިޓަލް ޤައުމަކަށް ދިވެހި ރާއްޖެ ބަދަލުކޮށްލުމެވެ. ދިރާގަކީ ހަލުވި ދުވެލީގައި، ކުރިއަރަމުން، ކުންފުނީގެ ޚިދުމަތްތަކަށާއި، އަގުތަކަށްވެސް ހެޔޮ ބަދަލުތައް ގެންނަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދިނުމަށް ގިނަ މަސައްކަތެއް ދިރާގުން ވަނީ ކޮށްފައެވެ. އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފައެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ފައިބަ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 90 ޕަސެންޓާއި ގާތްކުރާ މިންވަރަކަށް ލިބެއެވެ.

މުވާޞަލާތީ ޚިދުމަތުގެތެރެއިން ދިރާގުން ހަމައެކަނި ފޯރުކޮށްދެނީ ޓެލެފޯނުގެ ޚިދުމަތް އެކަންޏެއްވެސް ނޫނެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އައިޕީ ޓީވީގެ ހިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމައްޓަކައި ސްރީލަންކާއާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1،253 ކިލޯމީޓަރުގެ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.
މުއާސަލާތީ ހިދުމަތުގެ އެންމެ ކުރީގައި ދިރާގު ދެމިއޮތީ މިފަދަ ގިނަ ސަބަބުތަކާއެކުއެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތައް ފަރުމާކުރަމުންނެވެ. އެއިރަކަށް ބޭނުންވާ މުހިންމު ބަދަލުތައް ގެންނަމުންނެވެ. މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ.
ދިރާގުގެ ހިދުމަތަށް މިއަދު 33 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. “އެންރިޗިން ލައިވްސް” ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ ދިރާގަކީ ދިވެހިންގެ ލެއާ ގުޅިފައިވާ، ދިވެހި ކުންފުންޏެކެވެ.
ދިރާގަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް އޮންނަ ދިވެހިން އިތުބާރުކުރާ އަދި ލޯބިވާ ކުންފުންޏެކެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިޚްތިޔާރުކޮށް ދިރާގާ އެކު ދެމި ތިބުމެވެ. މި ކަމުން ރަމްޒުކޮށްދޭ ކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.

ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކުންފުންޏެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މުހިންމު އެއް ސިޔާސަތެވެ. މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ފާއިތުވި 10 އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވެއެވެ.
މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް ހާއްސަކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތެއްވެސް ބާއްވަމުންނެވެ. މިއީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުމުގެ މަޤްޞަދުގައި ބާއްވާ ހަރަކާތެކެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި، 2008 ވަނަ އަހަރުން ފެށިގެން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ތިމާވެއްޓާމެދު ދިވެހިން ހޭލުންތެރިކޮށް، އެއްފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅު އަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ.
މިދިޔަ 33 އަހަރު ތެރޭގައި ރާއްޖެއިން މުވާސަލާތީ ރޮނގުން ހާސިލްކޮށްފައިވާ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ގެނެސްދިނުމުގައި ދިރާގުން އަދާކޮށްފައި ވަނީ މުހިންމު ގައުމީ މަސްއޫލިއްޔަތެކެވެ. އަދިވެސް އެ ކުންފުނި ދެމިއޮތީ އެގޮތުގައެވެ.

ދިރާގުގެ 33 ވަނައަހަރީ ދުވަހާއި ގުޅިފައިވާ އެންމެ މުހިންމު އެއްކަމަކީ ދިރާގުގެ މޯބައިލް ޕްލޭންތަކުގެ އަގަށް ގެނައި ހެޔޮ ބަދަލެވެ. މި ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29% އާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެއެވެ. އެހެންކަމުން، ޑޭޓާގެ އަގު 22% އާ ހަމައަށް ހެޔޮ ވެގެންދާނެއެވެ. ހަމަ މިއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36% އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33% އާ ހަމައަށް ހެޔޮވެގެންދާނެއެވެ.
މީގެ އިތުރުން، އެލް. ޓީ. އީ ބްރޯޑްބޭންޑް “ވަގުތުން ގެއަށް އިންޓަނެޓް” ޕެކޭޖްތަކަށް 30% އާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމް.ބީ.ޕީ.އެސް އިން 25 އެމް.ބީ.ޕީ.އެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ.
މި ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެއެވެ. އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެއެވެ.
ދިރާގު ކަސްޓަމަރުން ދިރާގާއި އެކު ކުރިއަށް ވަޑައިގަންނަވާށެވެ. މިއީ ދިވެހިންގެ ކުންފުންޏެވެ. ދިވެހިންގެ ކުންފުނިން ފައިދާއާއި ލާބަ އިތުރު ކޮށްދޭނީ ދިވެހިންނަށެވެ.


