ޚަބަރު

މައްސަލަތައް ވަކި ގޮތަކަށް ގެންދަން އެއްވެސް ފަނޑިޔާރަކަށް އަންގަވާފައި ނުވާނެ – އަލީ ޒާހިރު

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ވަކި ގޮތަކަށް ގެންދަން އެއްވެސް ފަނޑިޔާރަކަށް އަންގަވާފައި ނުވާނެ ކަމަށާއި އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ވިދާޅުވެއްޖެއެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައި އަލީ ޒާހިރު މިހެން ވިދާޅުވެފައިމިވަނީ ވަކި ގޮތަކަށް މައްސަލަތައް ނިންމަން އަލީ ޒާހިރު ގުޅުއްވައި ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވިދާޅުވީ އަދި މިހާރު ދެކެވޭ ވާހަކަތަކަކީ ވަރަށް ރޭވުންތެރިކަމާއެކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އަލީ ޒާހިރަށް ކުރާ ތުހުމަތަކީ، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އަދި މިހުކުމް ވަކި ގޮތަކަށް ކުރުވުމަށް، ޗީއޮފް ސްޓާފް މެދުވެރިކޮށް، ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ހަވީރު ކުއްލި ޕްރެސްއެއް ބޭއްވުމަށް ހަމަޖެއްސެވިއިރު، މިއަދު މެންދުރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ނޫސްވެރިކްނާ ބައްދަލު ކުރައްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސާލިހު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އަދި ޖޭއެސްސީވެސް ހިގަމުންދަނީ ވަރަށް ފުރިހަމަ ގޮތުގައި ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close