ޚަބަރު

އަލިވޮށް – މުޙައްމަދު ﷺ ގެ ސިޔަރަތު ހިމެނޭ ފުރިހަމަ ފޮތެއް

ދާދި މިދާކަށް ދުވަހު ސީރާ އެމްވީގެ ފަރާތުން ނެރުނު މުޙައްމަދު ﷺ ގެ ސިޔަރަތު ހިމެނޭ “އަލިވޮށް” ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު ފޮތަކަށް ވެގެން ގޮސްފިއެވެ.

މިފޮތުގައި މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ ސިޔަރަތު ޚުލާޞާގޮތެއްގައި ގެނެސްދީފައިވަނީ ވަރަށްވެސް ފުރިހަމަ ގޮތަކަށެވެ. އެގޮތުން މި ފޮތުގައި ރަސޫލާ މުޙައްމަދު ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއްސުރެ ސުވަރުގެ ވަޑައިގަތުމާ ހަމައަށް އެކަލޭގެފާނުގެ ސިޔަރަތު ލިޔުއްވާފައިވާއިރު، އޭގެތެރޭގައި އެކަލޭގެފާނުގެ އަނބިއަނބިކަބަލުންނާއި ގުޅޭ ވާހަކަތަކާއި، އެކަލޭގެފާނުގެ ދަރިދަރިކަލުންގެ ވާހަކަތަކާއި ހަނގުރާމަތަކާއި އެކަލޭގެފާނުގެ ޚަލްޤީ ސިފަފުޅުތަކާއި އެކަލޭގެފާނުގެ މަތިވެރި ޚުލުޤުފުޅުގެ ވާހަކައާއި އެކަލޭގެފާނުގެ ފަރާތްޕުޅުން ފާޅުވެގެންދިޔަ މުޢުޖިޒާތްތަކުގެ ވާހަކައިގެ އިތުރުން ނަބިއްޔާގެ ސިޔަރަތާއިގުޅޭ ޞައްޙަ އެތަކެއް ވާހަކަތަކެއް ހިމަނާފައިވެއެވެ.

ކުޑަކުދިންނަށާއި ޒުވާނުންނަށް އަދި ބޮޑަތި މީހުންނަށްވެސް ފަސޭހައިން ވިސްނޭ އަދި ދެނެގަނެވޭގޮތަށް ހ.މުށިމަސްގޭ އަލްއަޚް މުޙައްމަދު ރަފްހާން ޢަބްދުލްޣަނީ އެކުލަވާލައިފައިވާ މިފޮތް މުރާޖަޢާ ކޮށްދެއްވާފައިވަނީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން އެވެ. އެފޮތުގެ ފެށުމުގައި ޝައިޚް ސަމީރު ފޮތް މުރާޖަޢާކުރެއްވި ފަރާތްތެއްގެ ޙައިސިއްޔަތުން ވިދާޅުވެފައިވަނީ މިފޮތަކީ އިތުބާރުހުރި ސީރަތު ފޮތްތަކުން ނަޤުލުކުރެވިފައިވާ، ޅަފުރާގެ ކުދިންނަށާއި ޒުވާނުންނަށްވެސް ފަސޭހަވާނޭހެން ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސީރަތު ޚުލާޞާކޮށް ލިޔެފައިވާ ފޮތެއް ކަމަށެވެ.

މިފޮތް ލިބިވަޑައިގަންނަވާނީ މެސެޖް އޮފް އިސްލާމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close