މިސަރުކާރުގެ ނިޔަތް އޮތީ ރައީސް ޔާމީނަށް އަނިޔާވެރިވުމަށް – ޑރ.ޖަމީލް
މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވާކީލުން ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ހާޒިރުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެންގުމާއި ގުޅިގެން ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރު ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި ކަމަށެވެ.
ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް ހަދާފައިވަނީ ރައީސް ޔާމީން ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހު އެވެ.
އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ.
