މާލޭ ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު އަޅުކަންކުރަން އިންނަ ވީޑިއޯއެއް
މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު “އަޅުކަމެއް” ކުރާން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މިވީޑިއޯއިން ފެންނަ މީހާ އިންނަނީ ފައިވައްކޮށްލައިގެން ޔޯގާ ކަސްރަތެއްގައި އިންނަ ފަދަގޮތަކަށެވެ. އެމީހާއަކީ ކޮންދީނެއްގެ މީހެއްކަމެއް ނޭންގޭއިރު އެއީ ކޮންދީނަކަށް ނިސްބަތްވާ ބަޔަކު ކުރާ ޒާތުގެ އަޅުކަމެއްކަމެއްވެސް ނޭންގެއެވެ.
ހަމައެކަނި އެނގެނީ އެމީހާ އަތުގައި ތަސްބީހަ ފައްޗެއް ޒާތުގެ އެއްޗެއް އޮތްކަމެވެ. އަދި އެމީހާ އަޅުގަކަމުގައި މިސްކިތުގެ ތެރޭގައި ހޭދަކުރީ ކިހާ ވަގުތެއްކަމެއްވެސް ނޭންގެއެވެ.
މިވީޑިއޯ އާންމުވުމާއިއެކު ގިނަ ބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، މިކަން ރަނގަޅަށް ތަހުގީގް ކުރުމަށް ކަމާއި ގުޅުންހުރި އިދަރާތަކަށް ގޮވާލަމުންނެވެ.
ހުކުރު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ފިރިހެނުންނަށް ކަމަށްވާއިރު އެމީހާ އިނީ ބުރުގާވެސް ނާޅައެވެ. ފެންނަފެނުމުން އެމީހާ ހީވަނީ ހުޅަނގުގެ ކޮންމެވެސް ޤައުމަކަށް ނިސްބަތްވާ ފަތުރުވެރިއެއް ހެނެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މިސްކިތުގައި އިށީންދެގެން އިން އަންހެން މީހާ އާއި ވީޑިއޯ ކުރި މީހާ ފިޔަވައި އިތުރު މީހަކު އެވަގުތު މިސްކިތުގައެއް ނެތެވެ. އެހެންކަމުން މިއީ ބަޔަކު ރާވައިގެން ރާއްޖޭގައި މިއޮތް އިސްލާމްދީނާއި، ދީނީ އެއްބައިވަންތަކަމާއި، ދީނީ ގޮތުން ހެދިފައިވާ ޤަވާއިދު ތަކާއި، އަދިވެސް ދިވެހި ސަޤާފަތަށް އިހާނެތިކޮށް ހިތުމުގެ މަޤްޞަދުގައި މީހަކު ލައްވާ ކުރުވި ކަމެއްކަމަށް ތުހުމަތު ކުރުމުގެ ފުރުޞަތު އެއްބައޮތެވެ.
މިފަހަކަށްއައިސް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، ރާއްޖޭގައި އެހެންދީންތައް ފެތުރުމުގެ މަސައްކަތް ތަފާތުގޮތްގޮތަށް ކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

