ޚަބަރު

ދިޔަރެސް ނޫހަށް ފިޔަވަޅުއަޅަން ނިންމީ އުސޫލާއި ޚިލާފަށް: އެމްއެމްސީ

“ދިޔަރެސް” ނޫހުގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އެނޫހަށް ފިޔަވަޅު އަޅަން ނިންމީ އުޞޫލުތަކާ ޚިލާފަށް ކަމުގައި އެމްއެމްސީން ބުނެފިއެވެ.

އިންޑިއާގެ ޑިޕްލޮމޭޓުންނާއި ގުޅޭގޮތުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ލިޔުމެއްގެ މައްސަލަ ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި ވަނީ އެދިފައެވެ.

މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ، “ދިޔަރެސް” ނޫހުގެ މައްސަލަ ބަލައިދިނުމަށް މީޑިއާ ކައުންސިލްގައި އެދުމަށެވެ.

ނަމަވެސް މީޑިއާ ކައުންސިލުން ބުނީ އެކަން ބަލައިދިނުމަށް އެދި މީޑިއާ ކައުންސިލްގައި މަޖިލީހުގެ ކޮމެޓީން އެދިފައިވަނީ މީޑިއާ ކައުންސިލްގެ ޤަވާއިދާއި ޚިލާފަށްކަމަށެވެ. އެހެންކަމުން އެމައްސަލަ ނުބެލުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް، މީގެ ކުރިން ރޮޒޭނާ ވިދާޅުވެފައިވަނީ، ޑެޕިއުޓީ އެމްބެސެޑަރު ރޯހިތު ރާތިޝްއާ ގުޅޭ ގޮތުން “ދިޔަރެސް” ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރުގެ މައްސަލަ ބަލަން މީޑިއާ ކައުންސިލްގައި އެދުނީ އާންމުކޮށް ވެސް އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close