ހެލްތު ދާއިރާގެ ކުރިއެރުމަށް 60 ށްވުރެ ގިނަ ޕްރޮޖެކުޓް ކުރިޔަށް އެބަދޭ – ހެލުތު މިނިސްޓަރ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ހެލްތު ދާއިރާގެ ކުރިއެރުމަށް 60 ށްވުރެ ގިނަ ޕްރޮޖެކުޓް ކުރިޔަށްދާކަމަށެވެ. އަދި ކޮވިޑަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ ހޮސްޕިޓަލް ޤާއިމު ކުރެވޭނީ ހުޅުމާލޭގައި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ދަށްކުރެވިފައިވާކަމަށާއި ދަށްކުރެވިގެންދިޔައީ ރައްޔިތުން ދެއްވި އެއްބާރުލުމުންނާއި ވޮލަންޓިއަރުންގެ މިންނެތް މަސައްކަތުންނާއި ހެލްތު ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން އެކަމުގައި ޝާމިލުވެގެންކަމަށެވެ.
ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ އެޑްމިޓް ކުރެވިގެން ފަރުވާދެވޭ މީހުންގެ ޢަދަދު ދަށް ކުރެވިފައިވާކަމަށާއި 72 ރަށް އެއްފަހަރާ މޮނިޓަރުން ނެގުނު ކަމަށެވެ. އަދި މިހާރު މޮނިޓަރިންގައި އޮތީ 40 ރަށް ކަމަށެވެ.
ކޮވިޑް ވެކްސިން ޖުލައިމަހުގެ ތެރޭގައިލިބޭނެކަމަށާއި ޖުލައި 12 ނުވަތަ 20 ވަނަ ދުވަހާއި ދޭތެރޭ ވެކްސިން ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އެމެރިކާއިން ވެސް ވެކްސިން ދޭން ލިސްޓުގައި ހިމަނާފަ އެބައޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި މޯލްޑިވްސް ހެލްތު ސާރވިސް ސެންޓަރެއް ޖުލައިމަހު ޤާއިމުކުރެވި ހެލްތު ސެންޓަރުތަށް ބެލެހެއްޓުން އެތަނުގެ ދަށަށް ބަދަލު ކުރެވިގެންދާނެކަމަށްވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
180 އެތައް ހެލްތު ސެންޓަރެއް އެތަނުގެ ދަށަށް ބަދަލުވެގެންދާނެކަމަށާއި މިހާރުވެސް ހެލްތު ދާއިރާ އިތުރަށް ކުރިއެރުވުމަށް 60 ށްވުރެ ގިނަ ޕްރޮޖެކްޓްތައް ފަށާއިގެން ކުރިޔަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ބޭނުންވާ 96 އެމް ބިއުލަންސް ގަތުމަށް ހަވާލުކުރެވިފައިވާކަމަށާއި އޭގެ ތެރެއިން 10 އެމްބިއުލާންސް ޖަޕާނު ސަރުކާރުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމަށާއި 15 ސީ އެމްބިއުލާންސް ގަތުމަށް ހަވާލުކުރެވިފައިވާކަމަށާއި އޭގެތެރެއިން 9 ސީ އެމްބިއުލަންސް އެއް ޖަޕާނު ސަރުކާރުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

minster ameen kofahurikankan aakamehnei
naseem kurikameh nei mulhin ameen kodheefahurikankan
hurihaa shukureh haguvanee hama ameen ah
ކެރަފާ އަނެއްކާ އަނެއް ދޮގު…….60 ޕުރޮޖެކުޓުގެ ނަން ބުނެދީ. ނުދެވޭނަމަ އިސްތިއުފާދީ.
ނާރެސްގައި ކޮމެންޓު ޖަހާނެބާ?