ދީން

ޙޫރުލްޢީނުން (ތޭރަވަނަބައި) – ޖަންނަތުގެ އަންހެނުންގެ ރީތި އަޑުތަކާއި ލަވަކިޔުން

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ހަމަކަށަވަރުން ޖަންނަތުގެ އަހުލުވެރިންގެ އަނބީންތައް އެމީހުންގެ ފިރީންނަށް، އެއްވެސް މީހަކު އަޑުއަހާފައިނުވާހައި ރީތި އަޑުން ލަވަ ކިޔާދޭނެއެވެ. އެއިގެ ތެރެއިން އެއްލަވައަކަށްވާނީ، އަހަރެމެންނަކީ ރިވެތިވެގެންވާ މޫނުތައް ލިބިގެންވާ ރީތި އަންހެނުންތަކެވެ. އެމީހުންގެ ލޮލުގެ ފިނިކަން ހޯދަން އަހަރެމެންނަށް ބަލައި މާތްވެގެންވާ ބައެއް އަނބީންތަކެވެ.” އެއަންހެނުންގެ އެހެން ލަވައަކަށްވާނީ، “އަހަރެމެންނަކީ ދާއިމަށް ދެމިގެންވާ، މަރުނުވާނޭ އަންހެނުންނެވެ. އަދި އަހަރުމެންނަކީ، އަމާންކަން ލިބިގެންވާ، ބިރެއްނެތް އަންހެނުންނެވެ. އަދި އަހަރުމެންނަކީ، މިތަނުގައި ޤާއިމުވެގެން ތިބޭނޭ، މިތަން ދޫކޮށްނުލާނޭ އަންހެނުންނެވެ.”

(رواه الطبراني في الأوسط وقال المنذري رحمه الله: رواتهما رواة الصحيح – الترغيب: 538/4 – وقال الهيثمي رحمه الله: رجاله رجال الصحيح – المجمع: 419/10)

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ހަމަކަށަވަރުން، ޖަންނަތުގައިވާ ޙޫރުން ލަވަކިޔާނެތެވެ. ” އަހަރެމެންނަކީ މާތްވެގެންވާ ފިރިންތަކަކަށް ދެވިގެންވާ، ރީތިވެގެންވާ އަންހެނުންތަކެވެ.”

(رواه الطبراني في الكبير والأوسط والصغير والبيهقي وابن أبي الدنيا وقال الهيثمي رحمه الله:  رجال الأوسط وثقو – المجمع: 419/10 – وقال البوصري رحمه الله: حديث ابن عمر في الأوسط والصغير رواتهما رواة الصحيح – إتحاف الخيرة المهرة: 477/10)

އަބޫ އުމާމާ އަލްބާހިލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ޖަންނަތަށް ވަންނަ (ﷲ ތަޢާލާގެ) ކޮންމެ އަޅެއްވެސް، އޭނާގެ ބޯކޮޅާއި ފައިކޮޅުގައި ދެ ޙޫރުލްޢީނުން އިށީނދެ އިންނާނެތެވެ. އަދި އިންސީންނާއި ޖިންނީން އަޑު އަހާނޭ އެންމެ ރީތި އަޑުން، އެއަންހެނުން ލަވަކިޔަމުން ދާނެއެވެ. އެއީ ޝައިޠާނާގެ ދުންމާރިތައް (މިއުޒިކު ސާމާނުތައް) ލައިގެނެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާއަށް ޙަމްދު ކުރުމުގައެވެ.” އެހެން ރިވާޔަތެއްފައިވަނީ ﷲ ތަޢާލާ މަތިވެރިކޮށް، ޘަނާ ކިޔުމުގައެވެ.”

(رواه الطبراني وقال العراقي رحمه الله: إسناده حسن – إتحاف السادة المتقين: 547/10)

(ނުނިމޭ)

މި ލިޔުމުގެ އެހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close