ގޫގުލް ޑޮކްސް ހެކް ކޮށްފި ، ސަމާލުވޭ!
ގޫގުލް ޑޮކްސް ހެކް ކޮށްފި ކަމަށް ބުނެ ޓުވިޓާގައި ވަރަށް ގިނަ ވާހަކަތަކެއް ދަނީ ދައުރުވަމުންނެވެ. ޓުވިޓާގެ ވާހަކަތަކަށް ބަލާއިރު މި ހެކް އިން ކުރާކަމަކީ ގޫގުލް ޑޮކްސް ބޭނުން ކުރައްވާ ފަރާތްތަކުގެ ޕާރސަނަލް އިންފޯރމޭޝަންސް ފަދަ ތަކެތި އެ ހެކް ކުރާ ފަރާތައް ލިބި އެ އިންފޯރމޭޝަންސް ލީކް ކުރުމެވެ.
ރެޑިޓުން ބުނާ ގޮތުގައި މި ހެކް ވޯރކް ކުރާ ގޮތަކީ، ތިޔަ ބޭފުޅުންގެ އީމެއިލަށް ގޫގުލް ޑޮކްސް ފައިލަކަށް އެކްސެސް ވާން އެދި ފޮނުވާފާއިންނާނެއެވެ. ނަމަވެސް މިއީ ގޫގުލް ޑޮކްސް ފައިލެއް ނޫނެވެ. މިއީ ބޮޑު މަލްވެއަރ އެކެވެ. މި މަލްވެއަރ އިން ތިޔަ ބޭފުޅުންގެ މުޅި ގޫގުލް ޑޮކްސް އާއި ކްރެޑިޓް ކާރޑު ޑީޓެއިލްސް ފަދަ މުހިއްމު އިންފޯރމޭޝަންތަށް ހެކަރަށް ލީކް ކޮށްލައެވެ. އަދި މިކަންތަށް ސްޕްރެޑް ކުރުމަށްޓަކާއި އެ އީމެއިލަށް ފިއްތާލުމުން ތިޔަބޭފުޅުން އީމެއިލް ކޮށްފައިވާ ހުރިހާ ފަރާތަކަށް އެ މަލްވެއަރ އީމެއިލް ފޯރވާރޑް ވެއެވެ.
މި މުޅި އެތީގެ ޓްރިކް އަކީ މީހަކަށް ފޭކް އީމެއިލެއް ފޮނުވާ އެމީހާއަށް ޓްރިކް ކޮށް ޕަރސަނަލް ޑީޓެއިލްސް ކްރެޑިޓް ކާރޑް ޑީޓެއިލްސް ފަދަ މުހިއްމު އިންފޮރމޭޝަންސް ލީކް ކުރުމެވެ.
މިކަން ދިމާވެފައިވާ ފަރާތްތަކުން ސަމާލުވާން އެދި ޓުވިޓަރގައި ވަނީ ސްކްރީންށޮޓް ތަކެއް ޕޯސްޓް ކޮށްފައެވެ. މި ފަރާތްތަކަށް މެއިލް ކޮށްފައިވަނީ [email protected] މި އީމެއިލުންނެވެ.
ވީމާ ތިޔަ ބޭފުޅުންންނަށް މިކަހަލަ އީމެއިލަށް އައިސްފާވާނަމަ އެ މެއިލް ނުހުޅުވަ ޑިލީޓްކޮށްލާށެވެ.
އެޑިޓަރުގެ ނޯޓް: މިއީ raajje.tech އިން ނަގާފައިވާ ލިޔުމެކެވެ.

