ޓެކްނޮލޮޖީ

އެޕަލްގެ އާ އައިޕެޑް ޕްރޯ – ވަޔަލެސް ޗާޖިންގއާއި، ގްލާސްބެކް ހިމެނޭ

ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި އެޕަލްއިން ނެރެމަށް ތައްޔާރުވަމުންދާ އައު އައިޕެޑް ޕްރޯގައި ވަޔަލެސް ޗާޖިންގ އާއި، ގްލާސްބެކް ހިމެނޭނެކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުން ބުނެފިއެވެ.

އެމެރިކާގެ މަޝްހޫރު ނިއުސް ޗެނެލެއްކަމަށްވާ ބުލޫމްބަރގްގެ އޮންލައިން ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްއިން 2022 ގައި ނެރެން ހަމަޖެހިފައިވާ އެމީހުންގެ އާ އުފެއްދުމެއްކަމުގައިވާ އައިޕެޑް ޕްރޯ އާއި ، އައިޕެޑް މިނީގައި ގްލާސްބެކް އާއި، ވަޔަލެސް ޗާޖިން ހިމެނޭނެއެވެ.

އައިޕެޑް ޕްރޯ ގައި އެމް1 ޗިޕް އެކުލެވިފައިވެއެވެ. ހަމައެއާއިއެކު އައިޕެޑް ޕްރޯ ވަނީ 2 ޖީބީ އިން 16 ޖީބީ އަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން މި އައިޕެޑްގައި 5ޖީ ކަނެކްޓިވިޓީ ވެސް ހިމެނިފައިވެއެވެ.

އެޕްލް އިންނެރުމަށް ތައްޔާރުވަމުންދާ އައިޕެޑް ޕްރޯ ގެ 12.9 އިންޗީގެ އައިޕެޑްގެ ފެށޭ އަގަކީ 1099 ޑޮލަރެވެ. މީގެ އިތުރުން އައިޕެޑް ޕްރޯ 11 އިންޗީގެ އައިޕެޑްގެ ފެށޭއަގަކީ 799 ޑޮލަރެވެ.

މެކްބުކް އާއި އައިޕެޑް އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close