ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދުސަމާލު ނެރެފި
މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅުގެ ދެމެދުގައިވާ ރައްތަކަށް ހުދުސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުގެ 03:30 އިން 09:30 އާއި ދޭތެރޭ މި ސަރަހައްދުތަކަށް ބޮކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
އަދި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، ގަޑިއަކު 19 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓްއޮފީހުން ބުނެއެވެ.

