ދީން

ބޮޑުވެގެންވާ ޛިކުރު!

އަލްއަޢްމަޝްގެ ރިވާޔަތް ތަކުގެ ތެރެއިން، އިމާމް މުސްލިމް، އަބޫ ޞާލިޙް އަރިހުން އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާކުރެއްވިއެވެ.

الله ގެ ރަސޫލު ﷺ ޙަދީޘް ކުރެއްވިއެވެ: «لأَنْ أَقُولَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَىَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ»

ގުޅުންހުރި ލިޔުންތައް

(މާނަ) ”سُبْحَانَ اللَّهِ އަދި الْحَمْدُ لِلَّهِ އަދި لاَ إِلَهَ إِلاَّ اللَّهُ އަދި اللَّهُ أَكْبَرُ ތިމަންކަލޭގެފާނު ކިޔުން، އިރު އެއަކަށް އަރާ އެންމެހާ ތަނަކާއި އެއްޗަކަށްވުރެ، ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވެއެވެ.“

އަދި الله تعالى ވަނީ ޛިކުރަކީ ޢަމަލުތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ ޢަމަލު ކަމުގައި ބަޔާން ކުރައްވާފައެވެ:

  }وَلَذِكْرُ اللَّهِ أَكْبَرُ{

“އަދި ހަމަކަށަވަރުން اللَّه ޛިކުރު ކުރުމަކީ އެންމެ ބޮޑު (ކަންތަކެވެ.)” (29:45

ޤަތާދާ رحمه الله މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: ”އެއްވެސް އެއްޗެއް الله ޛިކުރުކުރުމަށްވުރެ ބޮޑުވެގެން ނުވެއެވެ.“ އަދި ވިދާޅުވިއެވެ: ”އެއީ އެންމެހާ (އެއްޗަކާއި) ކަންތަކެއް ތެރެއިން އެންމެ ބޮޑު ކަންތަކެވެ.“ ރިވާކުރެއްވީ އިބްނު ޖަރީރެވެ.

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުالله އައްސަޢްދު (މަޞްދަރު ))

މިވެސް ބަލާ
Close