އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮތަސް މިފަހަރު ވޯޓްލެވޭނެ – އެލެކްޝަންސް
އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އޮތަސް މިފަހަރު ވޯޓްލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން (ޑީއެންއާރު) ވަނީ މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކުގެ މުއްދަތު ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ޑީއެންއާރުގެ މި ނިންމުމާއި ގުޅިގެން ވޯޓުލުމުގައި އެއްވެސް އައީޑީ ކާޑެއްގެ މުއްދަތު ހަމަވެފައިވާ ކަމަށް ނުބަލާނެ ކަމަށެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި 273،128 މީހަކަސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީން ވަނީ ބުނެފައެވެ. އޭގެތެރެއިން 5134 ފަރާތަކީ އަލަށް 18 އަހަރު ފުރޭ މީހުންނެވެ.
ވޯޓުލުމުގެ ހައްޤު ލިބެނީ އޭޕްރީލް 10 ވަނަ ދުވަހަށް 18 އަހަރު ފުރޭ ފަރާތްތަކަށެވެ.

