މާލެ އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
ކުރިއަށް އޮތް ގަޑިތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މާލެ އަތޮޅުން ފެށިގެން ގދ.އަތޮޅާއި ދެމެދުގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ސަރަހައްދުކޮށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ލަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 13:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއ ިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވެއެވެ.
އިރުއުތުރާއި އިރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ އެވެ.
