ޚަބަރު

ރާއްޖެ އެތެރެ ކުރުން މަނާ 25 ޓަނުގެ ތަކެތި ނައްތާ ލައިފި


ރާއްޖެ އެތެރެ ކުރުން މަނާ 25 ޓަނުގެ ތަކެތި ނައްތާ ލައިފިދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ފަންސަވީސް ޓަނުގެ ތަކެތި ނައްތާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައިވަނީ ކ.ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ. ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރާ، ބަނގުރާ އެކުލެވޭ ތަކެތި، ބަނގުއާވި، އޫރުމަސް، ސިނގިރޭޓް، އިސްލާމްދީނާ ހިލާފު ތަކެއްޗާއި ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ ތަކެތީގެ އިތުރުން ބޭސް ހިމެނެއެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެއް ކޮމެންޓް

  1. ރަލާއި އޫރުމަސް އޮވެފައި އޭގެ ފަހުގައި އިސްލާމްދީނާ ހިލާފް ތަކެތި ކަމަށް ހަބަރުގައި ލިޔެފައި އޮތުމުން ދޭހަވަނީ ރަލާއި އޫރުމަހަކީ އިސްލާމްދީނުގައި ޚިލާފް އެއްޗެއް ނޫންހެން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close