މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
މިރޭ މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުންވެސް ވަނީ އެކަންކަށަވަރު ކޮށްދެއްވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޠައިބާ މިސްކިތް ކައިރިން ހަމަލާދީފައިވަނީ ވިޔަފާރި ވެރިއަކަށެވެ. ހަމަލާގައި އަނިޔާލިބުނުމީހާމިހާރުވަނި ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ޚަބަރު ލިބެއެވެ.
ފުލުހުން ވިދާޅުވީ މާފަންނު ޠައިބާ މިސްކިތް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:45 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަން ފުލުހުން ކަށަވަރު ކޮށެއް ނުދެއެވެ. ފުލުހުން ވިދާޅުވީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނަމަވެސް އެސަރަޙައްދުން ޒުވާނަކު ހައްޔަރުކޮށްގެން އުޅޭމަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ.
