ޚަބަރު

ކޮވިޑް ޖެހޭމިންވަރު ދަށަށްދާކަމުގެ ނިޝާނެއް – މިއަދު އަލަށް ބަލިޖެހުނީ 83 މީހުންނަށް

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ސަތޭކައިން ދަށުގައި ހިފެހެއްޓިފައިވާތާ މިއަދަށް މިއީ ދެވަނަ ދުވަހެއެވެ. މިއީ ކޮވިޑް ޖެހޭ މިންވަރު ދަށްވާކަމުގެ ނިޝާނެއްކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް ތަޖްރިބާ ކާރު ޑރ.ޝީނާ ވިދާޅުވެފައިވަނީ ބަލިޖެހޭ މިންވަރު ދަށްވާނެކަމަށް ލަފާކުރެވެނީ މިމަހުގެ ފަހުކޮޅުން ފެށިގެންކަމުގައެވެ.

މިއަދު އިތުރު 83 މީހަކަށް ބަލިޖެހިފައިވާއިރު، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުމިވަނީ 8667 އަށް އަރައިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 83 މީހުންގެ ތެރެއިން 61 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ މީހަކާއި ނޭޕާލު މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8667 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close