ކޮވިޑް-19 އަށް އިތުރު 78 މީހުން ޕޮޒިޓިވް ވެއްޖެ
ރާއްޖެ އިން އިތުރު 78 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އިއްޔެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި ބަންގްލަދޭޝް 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ސްރީލަންކާގެ ދެ މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 74 މީހަކު ފައްސިވީ މާލެއިންނެވެ. އަތޮޅު ތެރޭގެ އެކި ރަށްރަށުން މިއަދު ފައްސިވެފައި ވަނީ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ފ. ނިލަންދޫ އިން ފައްސިވި ދެ މީހުން ވެސް ހިމެނެއެވެ.
މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 5،572 އަށް އަރައިފައެވެ. މިހާތަނަށް މި ބަލި ޖެހިގެން 3،010 މީހަކު ރަނގަޅުވި އިރު، ބަލީގައި މިވަގުތު ފަރުވާދެމުން ދަނީ 2،540 މީހުންނަށެވެ.
