ރިޕޯޓް

ގަޑީގެކަށި ދަނީ ހިނގަމުންނެވެ.

ގަޑީގެކަށި ދަނީ ހިނގަމުންނެވެ ޢާލަމީ ވަބާ ކޯވިޑް-19 އަކީ ކިހާވަރެއްގެ ގެއްލުމެއް މުޅި ދުނިޔޭގެ އިޤްތިޞާދަށާ، އިންސާނުންގެ މުޅި ޙަޔާތަށް ދެމުންދާ ނުރައްކާތެރި ވިގަންޏެއްފަދަ ވަބާއެއްކަން ނޭނގޭނެ، ހަމަބުއްދިވާ ހަމަ އެކަކުވެސް މިއަދު ދުނިޔޭގައި ހުންނާނެހެނެއް ހިއެއްނުވެއެވެ. އެހެނީ، މި ވިގަނީގެ އުނދަގުލާ ބިރުވެރިކަން ނުފޯރާ އެކަކުވެސް އުޑުދަށުގައި ނުހުންނާނެއެވެ.

ދުނިޔޭގެ ވަރުގަދަ އިޤުތިޞާދުތައް އެދަނީ އިނދަޖެހެމުންނެވެ. ވަޒީފާތަކުން ވަކިކުރާ މީހުންގެ ޢަދަދު ކޮންމެ ދުވަހަކު އެދަނީ އިތުރުވަމުންނެވެ. ވަރުނެތުމުންނެވެ. އާޚިރު ނަތިޖާއަކަށްވާނީ ދުނިޔޭގެ އެތައް މިލިޔަން މީހުންނެއް ބަނޑަށްޖެހުމެވެ. އެއްއިރު ކާނެފަދަވެސް ނެތި ހައިހޫނުގައި ތިބެންޖެހުމެވެ. މިހާރުވެސް ގިނަ ޤައުމުތަކަކުން ފެންނަމުންނެވެ. އެ ޤައުމުތަކަކީ، ކޯވިޑް ވަބާ ފެތުރުމުގެ ކުރިން ވަރަށް ފުއްދުންތެރި ޤައުމުތަކެވެ. ވިޔަފާރިތައް ބަނގުރޫޓުވެ، މީހުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އެއްއިރު ކާނެފަދަވެސް ނެތި، ހަދާނެގޮތްހުސްވެ މަގުމައްޗަށް ނުކުމެ އަޑު އުފުލަނީއެވެ. ބިލުތައް ދެއްކޭކަށް ނެތެވެ. އަރަށްލާ ފެންފޮދުވެސް ފައިސާނެތި ނުލިބޭވަރަށް ދުނިޔެ މިވަނީ ތަރައްޤީވެފައެވެ. ކަނުއަނދިރީގައި ޅަދަރިންނާ މުސްކުޅި މައިންބަފައިން ބައިތިއްބަން ޖެހުނީއެވެ.

ކޯވިޑް ވަބާ އާއި ގުޅިގެން ސަރުކާރުތަކުން އަޅަމުންގެންދާ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ހުއްޓާލުމަށް އެދި ގޮވަނީއެވެ. ޙާލަތު އޮތީ އެވެސްމަރޭ މިވެސްމަރޭ ބުނާ ދަރަޖައަށް ވެއްޓިފައެވެ. ޙަޤީޤަތުގައި މިދަރަޖައަށް ދާންޖެހުނީ، ޗައިނާގެ މޫހާން ސިޓީއިން މި ފެނިއްޖެކަން ދުނިޔޭގެ ސަމާލުކަމަށް އައިހިސާބުން ފެށިގެން ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް އާއްމު ރައްޔަތުގެ ގިނަ ބަޔަކު ފަރުވާ މިހާރުވެސް ފަރުވާލެއް ނުބަހައްޓައެވެ. ރާއްޖޭގެ ޙާލަތަކީތޯއެވެ؟ މިތަން ވާނީ ވަކިކޮން ތަފާތެއްތޯއެވެ؟ މިތަނުގެ ޙާލަތު މާގޯސްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ބަޔަކު ޤަބޫލުކުރިޔަސް ނުކުރިޔަސް، ދުނިޔެއަށް މިތަނަށްވެސް ބަވަނަ ދުނިޔެއެއްގައި އެކަން ހިނގާނީ އެގޮތަށެވެ. ދުނިޔޭގެ ކޮންމެ ސަރުކާރަކުންވެސް ބަލަމުން ގެންދަނީ ފުރަބަންދަށް ނުގޮސް ވަބާ ހަމަޔަކަށް އެޅުވޭތޯއެވެ. އެއީ، ފުރަބަންދުގެ ސަބަބުން ދިމާވާ އިޤުތިޞާދީ، އިޖްތިމާއީ މަސްއަލަތައް ބޮޑުކަމުންނެވެ. ޚާއްޞަކޮށް އިޤުތިޞާދަށް ލިބޭ ލިބޭ ގެއްލުން ބޮޑުކަމުންނެވެ. ރާއްޖޭންވެސް ކަންތައްކުރަމުން އެގެންދަނީ އެހެން އެކަން ކުރެވޭތޯއެވެ. ނަމަވެސް، ފުރަބަންދު ދޫކޮށްލުމުން ފެންނަ މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. ބައްޔަށް ފައްސިވާ ޢަދަދު އެތައް ޕަސެންޓެއް މައްޗަށް ހިނގައްޖެއެވެ. މިހާރުދާ ރޭޓުން މިކަން ދާނަމަ ދެ ހަފުތާއެއްހާ ދުވަހު ތެރޭގައި ރާއްޖޭގެ ޞިއްޙީ ނިޒާމަށް އޮބިނޯންނަ ހިސާބަށް ދާނެކަން ޔަޤީނެވެ. ޑަކުޓަރުން އެގެންދަނީ ކޮންމެ ދުވަހަކު އެވާކަތައް ތައް ތަކުރާރުކޮށް ދައްކަމުންނެވެ. އެއްވެސް ދިވެއްސަކަށް ރާއްޖޭގައި ޞިއްޙީ ދެވެންހުރި މިންވަރާ ފެންވަރު ނޭނގިއެއް ނުހުންނާނެއެވެ. ރާއްޖޭގެ އިޤުތިޞާދީ ޙާލަތުވެސް ރަނަގަޅަށް އެނގޭނެއެވެ. ދައުލަތު ހަކަތަޔާ ފަންވަރުވެސް ހުންނާނީ ވަކިވަރަކަށްކަން އެނގެން އެބަޖެހެއެވެ. އިންސާނީ ވަސީލަތް ހުރިވަރުވެސް އެނގެން އެބަޖެހެއެވެ.

މި ވަބާޔާ މެދުގައި ފަރުވާ ކުޑަކުރަނީ، ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މި ޤައުމު ހަލާކުގެ ތެރެއަށް ދުއްވާލުމުގެ ނިޔަތުގައި ކަމަށްވާނަމަ ބުނާނެ އިތުރު އެހިސާބަށް ދިއުމުން، އެކަމެއްނުވި، މިކަމެއްނުވި، މިތައް މީހުން ބަނޑަށް މަރުވެއްޖެ، ކަށްތައް ހުރީ ވަޅުނުލެވި. މިވެނި އެންމެން ބައްޔަށް ފައްސިވެއްޖެ. ކާނެ އެއްޗެއްނެތް، ހޮސްޕިޓަލުގައި އެނދެއްނެތް، ބަލިމީހާ އޮތީ ތަޅުންގަނޑު މަތީ، އަޅާލާނެ މީހަކުނެތް. ވެންޓިލޭޓަރެއްނެތް. ހައިހޫނު ބޮޑުވެގެން ރޮމުންދާ ޅަދަރިންގެ ރުއިމުގެ އަޑު ރަށުތެރެއިން ކެނޑިގެނެއް ނުދޭ. މިފަދަ ވޭނީ ޝަކުވާތައް މި މަންޒަރު މިއަދު ދުނިޔެއިން ފެންނަމުން އެބަދެއެވެ. އަމިއްލަޔަށް ކޮނެގެން އެރުނު އަނދަވަޅުގައި ތިބެގެން ދެންކޮން އެއްޗެއް ކިޔާކަށްތޯއެވެ. އަޅުގަނޑުމެން އެންމެން އެކުގައި އަތުގުޅާލައި މިކަމަށް ސަމާލުވެ ރައްކާތެރި ނުވެއްޖެނަމަ، އެހިސާބަށް ކޯވިޑް ވަބާގެ ނުރައްކާ ދިއުމީ މާ ދުރުގައިއޮތް ކަމެއް ނޫނެވެ. ވިސްނަވާށެވެ. ވަގުތު ފާއިތުވެ ނުދަނީހެވެ. ގަޑި އެދަނީ ހިނގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close