ޚަބަރު

އިތުރު 5000 ޓެސްޓްކިޓް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

އިތުރު 5000 ޓެސްޓް ކިޓް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ. މިއީ ކޯވިޑް-19 އަށް ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން އެޖަމްޢިއްޔާއިން ދިން އެޙީއެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ހަދިޔާކުރި ކޮވިޑް-19 އަށް ޓެސްޓުކުރާ ކިޓްތަކާއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް މިހާތަނަށް ހަދިޔާކުރި ޓެސްޓް ކިޓުގެ އަދަދު މިވަނީ 41،000 އަރާފައެވެ.

ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް ޓެސްޓްކިޓް ލިބެމުންދާނެކަމަށާއި، ޓެސްޓްކިޓްގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދިވެހިރާއްޖޭގެ އޮފީހުގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.

މިކަމާގުޅިގެން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރުއާއި މިއަދު ބައްދަލުކުރައްވައި، އެޖަމިއްޔާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ދިވެހިރާއްޖޭގެ އެކިސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close