މެޕްސް ކޮލެޖުގެ ވެބިނަރ ސީރީޒް ޖޫން މަހުގެ ތެރޭގައި ބާއްވަނީ
މެޕްސް ކޮލެޖުގައި ކިޔަވާދޭ ކޯސްތަކާބެހޭ މަޢުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ޖޫން މަހުގެ ތެރޭގައި އެކޮލެޖުން ވެބިނަރ ސީރީޒްއެއް ބޭއްވުމަށް ރާވަމުން އެބަދެއެވެ. މިދުވަސްވަރަކީ ވީހާވެސް ބޮޑަށް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތްކުރުމަށް އިސްކަންދޭންޖެހޭ ދުވަސްކޮޅަކަށް ވުމާއެކު މިފަދަ ވެބިނަރ ސީރީޒްއަކުން މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގޭގަ ތިބެގެން މަޢުލޫމާތު ހޯދާ އަދި ކޮލެޖުގެ މުވައްޒަފުންނާއެކު ފަސޭހަކަމާއެކު މުޢާމަލާތު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މެޕްސް ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.
ޖޫން މަހުގައި ބާއްވާ ވެބިނަރ ތަކުގެ ތެރޭގައި މެޕްސް ކޮލެޖުގައި ކިޔަވާދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ކޯސްތަކާއި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތައް އެކޮލެޖުން ހާމަކުރެއްވިއެވެ. މިވެބިނަރތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ކަމަށާއި މިވެބިނަރ ތަކުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓަރ ކުރުމުން، ވެބިނަރގައި ބައިވެރިވާނެ ގޮތުގެ ތަފްސީލް އެބޭފުޅެއްގެ އީމެއިލްއަށް ލިބޭނެކަމަށްވެސް މެޕްސް ކޮލެޖުން މަޢުލޫމާތު ދެއްވައެވެ.
https://tinyurl.com/MAPSCOLLEGE2020
މެޕްސް ކޮލެޖަކީ ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބުކަމާއެކު އޮންލައިންކޮށް ކިޔަވާދޭ ކޮލެޖެކެވެ. ވިޔަފާރީގެ އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އަދި ރާއްޖޭގައި ހުރެގެން ބޭރުގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް އެންމެ ފުރަތަމަ ހޯދާދީފައިވާ ކޮލެޖެވެ.


