ޚަބަރު

އިންޑިއާގެ އިތުރު 700 މީހުން އަނބުރާ ޤައުމަށް ގެންދަނީ

ރާއްޖޭގައި ތިބި އިންޑިއާގެ އިތުރު 700 މީހުން ކޮވިޑް-19 އާއި ގުޅިގެން އަނބުރާ ޤައުމަށް ގެންދިއުމަށް އެޤައުމުގެ އަސްކަރިއްޔާގެ މަނަވަރެއް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ އަންނާނެކަމަށް އިންޑިއާ ސަރުކާރުން ހާމަކުރައްވައިފިއެވެ.

އިންޑިއާ ރައްޔިތުން ގެންދިޔުމާއި ގުޅޭގޮތުން އިންޑިއާގެ އަސްކަރިއްޔާއިން ކުރި ޓުވީޓެއްގައި ވާގޮތުގައި އިންޑިއާ އަސްކަރިއްޔާގެ މަނަވަރު ޖަލަޝްވާ މާދަމާއިން ފެށިގެން އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމަށް މަސައްކަތް ފަށާނެއެވެ. ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ކުރި މަސައްކަތުން ރާއްޖޭގައި ތިބި އެއްހާސް ހަތަރުސަތޭކަ އަށްޑިހައަށް މީހަކުވަނީ މިހާތަނަށް އިންޑިއާއަށް ގެންގޮސްފައެވެ.

އަސްކަރިއްޔާގެ މަނަވަރު މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިދަތުރުގައި ރާއްޖޭގެ އިތުރުން ލަންކާގައި ތިބި 700 އިންޑިއާ ރައްޔިތުންވެސް އަނބުރާ ގެންދިޔުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަސައްކަތްކުރުމަށް މިހާރު ރާއްޖެއާއި ލަންކާގައި ހުންނަ އިންޑިއާގެ މިޝަންތަކުން ޤައުމަށް ފޮނުވާލާ މީހުންގެ ލިސްޓެއް ތައްޔާރުކުރަމުން އަންނަކަމަށް އިންޑިއާ ސަރުކާރުން ވިދާޅުވެއެވެ. އިންޑިއާގެ ސޫތުކުޅިއަށް މިމީހުން ގެންދިޔުމަށް ނިންމާފައިވާއިރު ދަތުރުމަޓީގައި ބޭނުންވާ ޒަރޫރީ ހުރިހާކަމެއް އިންޑިއާ ސަރުކާރުން ހަމަޖައްސަވާނެކަމަށް އިންޑިއާއިން ވިދާޅުވެއެވެ. އަދި ރާއްޖެއާއި ލަންކާއިން އެޤައުމަށްދާ އެޤައުމުގެ ރައްޔިތުންވެސް އަންބުރާ ގެންގޮސް ސިއްޙީ ދާއިރާގެ ކަމާ ގުޅުންހުރި ފަރާތްތަކާ ޙަވާލުކުރުމަށް އިންޑިއާ ސަރުކާރުންވަނީ ނިންމާފައެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ އެތައްހާސް ބިދޭސީންނެއް ކުރިއަށް ދުވަސްތަކުގައި ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close