ޚަބަރު

އޭލެވެލް އާއި އޯލެވެލްގެ ސެޓްފިކެޓްތައް އަދި ރާއްޖެއަކަށް ނުލިބޭ – މިނިސްޓްރީ

2019 ވަނަ އަހަރުގެ އޯލެވެލް އާއި އޭލެވެލް އިމްތިޙާންގެ ސެޓްފިކެޓްތައް ރާއްޖެ އަދި ލިބިފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ ނޮވެންބަރ ގައި އޭލެވެލް އަދި އޯލެވެލް އިމްތިޙާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތަކާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ މި އިމްތިހާން ތަކުގެ ސެޓްފިކެޓްތަކަކީ އެ ޔުނިވާސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެކަމަށެވެ. އަދި ސެޓްފިކެޓްތައް ޕްރިންޓްކުރާނީ ރީޗެކް މަރުހަލާނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުންކަމަށްވެސް މި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މަރުހަލާ ނިމި ސެޓްފިކެޓްތައް ފޮނުވުމާއި ހަމައަށް އައިއިރު ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ޤައުމުތަކުގެ އެއާރޕޯޓްތައް ބަންދުކޮށްފައިވުމާއި ޤައުމުތައް ފުރަބަންދަށް ދިއުމުގެސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ސެޓްފިކެޓް ތައް ރާއްޖެއަށް ގެނެވިފައިނުވާކަމަށެވެ.

އެހެންކަމުން ސެޓްފިކެޓްތައް ނުލިބި ލަސްވަނީ އިމްތިޙާނުތައް ފޯރުކޮށްދޭ މައިމަރުކަޒުތަކުން ސެޓްފިކެޓްތައް ފޮނުވުމުގައި ދިމާވެގެންއުޅޭ ދަތިތަކެއްގެ ސަބަބުން ކަމަށާއި ސެޓްފިކެޓްތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސެޓްފިކެޓް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ، މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވިދާނެކަމަށާއި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުގައި އެދުމުން ލިޔުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ

މިގޮތަށް އެދި ހުށައަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ މެއިލް [email protected] އަށެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5000އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އަދި އޭލްވެލް އިމްތިހާންގައި 3000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

[embeddoc url=”https://naares.com/wp-content/uploads/2020/05/Nusbayaan-Olvel.pdf” download=”all”]

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close