ކިލަނބުވި ޙަޔާތް( ފަސްވަނަ ބައި)
ކިލަނބުވި ޙަޔާތް( ފަސްވަނަ ބައި)
ތަފާތު ” ރެސްޓޯރެންޓު ” ތަކަށް ދިއުމަށް ދަޢުވަތު ލިބުން. ވަޒީފަގައި އުޅެމުން ލިބޭހައި ފައިސާއެއް،އެގޮތް މިގޮތަށް ތަޅާ ހުސްކުރަން ފެށުނީ. ވަޒީފާއިން ލިބޭ ފައިސާ މަންމައަށް ފޮނުވަން ހިތުގައި އޮވޭ. އެހެނަސް އެކުވެރިންނާ ގުޅުނު ފަހުން ލޮއި ލާރިއެއްވެސް މަންމައަށް ފޮނުވޭގޮތެއް ނުވި.
ލަނޑަޔާ ވަނީ ލަނޑަޔާ އޭ ބުނާ އުސޫލުން އަހަރެންވެސް އެކުވެރިންގެ ވިޔާނުދާ އަމަލުތަކަށް ތަރުހީބު ދިނީ. އަތުގައި ހުރި ބާރެއް ލައިފައި އަތްޖަހަމުން ދިޔައީ ކުރެވެމުން މިދަނީ ކިހާވަރެއްގެ ފާފައެއްކަން ނޭނގި. އަޅާލާނެ މީހަކުނެތި، އުޅޭ ބިކާރީއެއްގެ ބުއިމަކަށް ވަނީ މަސްތުވާތަކެތި ކަމުގައި އެކުވެރިން ގަބޫލުކުރާތީވެ، އަހަރެންނަށްވެސް އެގޮތް ގަބޫލުކުރެވުނީ.
ދުވަހަކަށް ވުރެ ދުވަހެއް އަހަރެންގެ ހަށިގަނޑު އަނަރޫފަވެ ނިކަމެތިވީ ، ފެންދީގެން ހައްދާ ގަހެއް ފެންނުލިބުމުންއެގަސް މިލާމޯޅިވާ ހައި އަވަށް. އެންމެފަހުން ވަޒީފާއިންވެސް ވަކިކޮއްފި. ފަރުވާކުޑަ ކުރާ ވަރުން، އެކަން އިސްލާހު ނުކުރީމަ. އެންމެފަހުން ބަނޑުފުރާ މުއްތިކުރާނެވަރުވެސް ނުލިބިގެން އަހަރެންގެ އަމިއްލަ ރަށަށް އަންނަންޖެހުނީ އެނުބައި ކިލަނބު ކޯރަށް ގަރަބު ކުރި އެކުވެރިންގެ އެއްވެސް އެހީތެރިކަމެއް ނުލިބުނީމަ. ރަށަށް އައިއިރު އެވާހަކަ. ގެއަށް ވަނުމާއި އެކު ދޮންބައްޕައާއި މަންމަ އަހަރެން ގެއިން ބޭރު ކޮއްލައިފި. އެމީހުންނަށް އަހަރެން މީ ކާކުކަން އެނގުމުން. ދޮންބައްޕަގެ ދެލޯ ނޭދިއެދޭ ދަރިފުޅަށް އެ ނުބައި އަމަލުގެ ޒައްރެއްގެ މިންވަރުގެ ރާހަތެއް ކޮށްފާނެ ކަމަށް ބިރުން.”
ނީޝާގެ ދެ ލޮލުން ކަރުނަ ތިކިތައް ފައިބަމުންދަނީއެވެ. ހިތަށް ވެރިވަމުންދާ ވެނީ އުދާސްތަކުން އެނާގެ ހިތް މުޅިން މޯޅިކޮށްލައިފިއެވެ. އަޔާޝްގެ ދުލުން އެނާ އަޑުއަހަމުން އެދަނީ ހިޔާލަށްވެސް ދުވަހަކު ނުގެންނަ ފަދަ ވާހަތަކެކެވެ. އެހެނަސް އެވާހަކަތައް އިވުމުން މާޔޫސް ވިއެއްކަމަކު އުފާވެސް ވިއެވެ. ސަބަބަކީ ، އަޔާޝް އެ ހުރިހާ ވާހަކަތަކެއް އެއްވެސް އޮޅުވާލުމެއްނެތި ހަޤީޤަތަށް ކިޔައިދިނުމުންނެވެ. ނީޝާގެ ތުންފަތް ހަރަކާތް ކޮށްލީ އަޔާޝް އާއި ވާހަކަ ދެއްކުމަށެވެ. އެހެނަސް އެނާގެ ދުލެއް ހަރަކާތެއް ނުކުރިއެވެ. ނީޝާއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އެނާގެ ދޫ ހަރަކާތް ނެތިފައިވާ ކަހަލައެވެ.
އޭނާ އަޔާޝްގެ މޫނަށް ބަލައިއެވެ. އޭރު އޭނާގެ ލޮލުންވެސް ކަރުން ހިލެނީއެވެ. އެ ދެލޯބިވެރިން ހަތަރުކަޅި ހަމަކޮށް ހިތާމާއިގެ ހިމޭންކަމުގެ ތެރޭގައި އެތަނުގައި އެތަށް އިރަކު ތިއްބެވެ. ” ނީޝް….” އަޔާޝްގެ ވަރުބަލިވެފައިވާ ދުލުން ނީޝާއާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.” ނީޝް އަހަރެންނަށް އެނގޭ މަޢާފު ނުކުރާނެކަންވެސް. އެކަމަކުވެސް އަހަރެން މަޢާފަށްއެދެން. އަހަރެންނަކީ ކުށްވެރިއެއް ” އަޔާޝް އޭނާގެ ކުށަށް އިޢުތިރާފު ވަމުން ވާހަކަ ކުރިއަށްގެންދިޔައެވެ. ” ކުރިން އަހަރެންގެ މާޒީ ނުކިޔައިދިނީ އެކަން ހަނދާން ނުކުރަން ވެގެން ، އަދި އެވާހަކަ އެނގުމުން ނީޝް އަހަރެން ދޫކޮށްލައިފައި ހިނގައިދާނެ ހެން ހީވިމަ ، ހަގީގަތުގައި އަހަރެން ލޯބީގެ ގޮތުން ނީޝްއާއި ގުޅުމަށްފަހު މި ވިޔާނުދާ އަމަލު ހުއްޓާލެވޭތޯ ވަރަށް ހިތްވަރުކުރިން. އެކަމަކު “
އެރޭގެ ފުސް ހަނދު ދައުރުވަމުން ދާހެން އެދެ ލޯބިވެރިންވެސް ހިނގަމުން ގޮސް ގޮނޑުދޮށާއި އަރާ ހަމަވެއްޖެއެވެ. މަޑުމަޑުން ރާޅުތައް އައިސް ދޮންވެލި ގަނޑުގައި ފިރުމަމުން ދިޔައީ ދެ ލޯބިވެރިންގެ ކަރުނަތަށް ހިމޭން ވައިރޯޅިތަކާއި ހަވާލު ކުރަމުން ދިޔަ ވަގުތެއްގައެވެ. ރާޅުފެންފަށް ޖަހައި ހިސާބުގައި ދެމީހުންވެސް ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އިށީއިނެވެ. ނީޝާ ހިމޭން ކަމާއެކު ދަތްދޮޅީގައި އަތް އަޅުވައިލައިގެން، ކުރިން އަޔާޝް ދައްކަމުން ދިޔަ ވާހަކަ އަނެއްކައިވެސް ފަށާނެކަމަށް ހީކޮށް އިނެވެ.
އެހެނަސް އަޔާޝް ވާހަކަ ނުދެއްކުމުން ނީޝާގެ ތުންފަތް ހަރަކާތް ކުރީ، ކުރިން އަޔާޝްއަށް ފުރިހަމަ ނުކުރެވުނު ޖުމުލަ ފުރިހަމަ ކޮށްދޭށެވެ. ” އެކަމަކު ، އެކަމަކު ކިހިނެތްވީ ؟” ހައިރާން ކަމާއެކު ނީޝާ ކުރި ސުވާލަށް އަޔާޝް ޖަވާބުދޭން ފެށިއެވެ. ” އަހަރެން މި ކަމުން ސަލާމަތް ވާން ބޭނުން ، ނީޝް އަޔާއަށް އެހީވެދީ ، އިރާދަކުރެއްވިއްޔާ މިރޭގެ ފަހުން އަހަރެން މަސްތުވާ ހުރިހާ ތަކެއްޗަކާއި ދުރުވާނަން ، ނީޝް އަޔާއަށް އިތުބާރުކުރޭ. އިތުބާރަކީ ލޯބީގެ ދިރުން ، ފުރާނަ ، ދެން ދުވަހަކުވެސް” އަޔާއަށް ބުނެވުނީ އެހިސާބަށެވެ. ނީޝާ ބަޑި ފަޅައިގެން ދިޔައީއެވެ. ހަމަ އެވަގުތު އޭނާ އަޔާޝްގެ ގައިގާ އޮޅުލައިގަތެވެ. އެރޭ ފާއިތުވެގެން ދިއައީ އަޔާޝްގެ ވަޢުދު ތަކާއި އިތުބާރުގެ ލަފުޖުތަކުންނެވެ. (ނުނިމޭ)