ޚަބަރު

މާލެތެރެއިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

މާލެތެރެއިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޯވިޑް19 އަށް ޕޮސިޓިވް ވެފައިވާކަމަށެވެ.

މިއީ މާލޭން ތެރެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ. އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާ މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ. މިމީހާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވިފައެވެ.

މާލެއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިބަދަލުތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 12 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެންސް ކޮންފަރެންސްގައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 21 މީހަކެވެ. އޭގެތެރޭގަަ ހިމެނެނީ 15 ބިދޭސީ މީހުންނާއި، 6 ދިވެހިންނެވެ. މީގެ ތެރެއިން ބަލިން މުޅިން ރަނގަޅުވެފައިވަނީ 16 މީހެކެވެ. އޭގެ ތެރޭގައި 3 ދިވެހިންވެސް ހިމެނެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއިއެކު މާލެ ސަރަހައްދުން ބަލި ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއްވެސް އެޗްޕީއޭއިން ވަނީ އެކުލަވާލާފައެވެ. އެގޮތުން ވަކިވަކި ސަރަހައްދުތަކަށް މާލެ ބަހާލައި، ކަރަންޓީންކުރާނެ ގޮތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close