ޚަބަރު

އަރިދަފުސް ރޯގާއާއި ޑެންގީހުން ޖެހިގެން ދައްކާމީހުން އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު ، އަރިދަފުސް ރޯގާއާއި ޑެންގީހުން ޖެހިގެން މިއަހަރުގެ މިހާތަނަށް ދެއްކި މީހުން އިތުރުވެއްޖެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 59 ހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށެވެ. އެއީ ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުކަމަށެވެ.

ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު އެންމެ ގިނައިން އަރިދަފުސް ރޯގާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖަނަވަރީމަހުގައެވެ. އެގޮތުން ޖަނަވަރީމަހު ވަނީ 22414 ކޭސް ރިޕޯޓްކޮށްފައެވެ. މިއަހަރުގެ ޖަނަވަރީ މަހު މިއަދަދު އިތުރުވިނަމަވެސް، ފެބްރުއަރީ އަދި މާރޗް މަހު މި އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ފެބްރުއަރީމަހު އެކަނިވެސް އަރިދަފުސް ރޯގާގެ 19633 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ، މާރޗްމަހު މިއަދަދު ވަނީ 16994 އަށް ވަނީ ދަށްވެފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ޖަނަވަރީމަހުން ފެށިގެން މާޗު މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރާއި އަޅާބަލާއިރު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ އަދަދު ވަނީ މަދުވެފައެވެ.

ޑެންގީގެ ކޭސްތައްވެސް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ޖަނަވަރީމަހުގެ ތެރޭގައެވެ. ޖަނަވަރީމަހު ޑެންގީގެ 70 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު 43 ކޭސް އަދި މާޗު މަހު 40 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އެޗްޕީއޭއިން ވަނީ މިއަހަރު ބޭރަށް ހިންގުމުގެ ކޭސްތައް ރިޕޯޓްކުރި އަދަދު މަދުވެފައިވާކަން ހާމަކޮށްފައެވެ. މިއަހަރު އެންމެ ގިނައިން ބޭރަށް ހިންގުމުގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ޖަނަވަރީމަހުއެވެ. އެމަހު 4366 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ، ފެބްރުއަރީ މަހު 1656 ކޭސް ރިޕޯޓްކޮށްފައިވާއިރު، ބޭރަށް ހިންގުމުގެ 1214 ކޭސް ވަނީ މާރްމަހު ރިޕޯޓްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށްވަނީ އިލްތިމާސްކޮށްފައެވެ އަދި އާއްމު ސާފުތާހިރުކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މިދުވަސްވަރަކީ ކޯވިޑް-19 ފެތުރެމުންދާ ދުވަސްވަރެއްކަމުން މި ބަލިން ރައްކާތެރިވުމަށްވެސް އިރުޝާދު ދީފައިވަނީ ކުރިން ދެއްނެވި ފިޔަވަޅުތައް އިތުރަށް އެޅުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close