ޚަބަރު

ޤައުމީ ޓީމްގެ ކޯޗް ސެގާޓް ވަކިކޮށްފި

ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ޕީޓަރ ސެގާޓް ވަކިކޮށްފިއެވެ.

ސެގާޓް ޤައުމީ ޓީމުގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކަޓާފައިވަނިކޮށެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން، ސެގާޓް ގައުމީ ޓީމާ ހަވާލުވީ، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެޑްކޯޗާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އޭނާ އާއެކު އެފްއޭއެމުން ހަދާފައިވާ ކޮންޓްރެކްޓް ވަގުތުން އުވާލުމަށް ސުލްހަވެރި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސްގައި ސެގާޓްގެ ކޯޗުކަމުގެ ދަށުން ރާއްޖެ ވަނީ ބޫޓާން އަތުންނާއި ނޭޕާލް އަތުން ބަލިވެފައެވެ. ރާއްޖެ ބޫޓާން އަތުން ބަލިވެފައި ވާއިރު މިއީ ވޭތިވިދިޔަ 40 އަހަރުގެ ތެރޭގައި ބޫޓާން އަތުން ރާއްޖޭގެ ސީނިއަރ ޓީމެއް ބަލިވި ފުރަތަމަ ފަހަރެއެވެ.

ގައުމީ ޓީމުގެ ދަށް ނަތީޖާތަކުގެ ސަބަބުން ސެގާޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close