ޚަބަރު

ލަންދޫ ކައުންސިލްގެ މުއައްސަސާކަޕް ފަށައިފި

ދިވެހި ރާއްޖޭގެ 54 ވަނަ މިނިވަންދުވަސް ރަށުގެ ފެންވަރުގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ލަންދޫގެ ހުރިހާ މުއައްސަސާތަކާއި ގުޅިގެން ލަންދޫ ކައުންސިލުން އިސްނަގައިގެން ވަރަށް ޚާއްޞަ ފުޓްސަލް މުބާރާތެއް އިއްޔެ ފަށައިފިއެވެ.

ލަންދޫ ކައުންސިލްގެ މުއައްސަސާކަޕްގެ ނަމުގައި މި މުބާރާތް އިއްޔެ ފެށިގެން ގޮސްފައިވަނީ އެ މުބާރާތުގެ ފުރަތަމަ މެޗުންނެވެ. އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކޮށްފައިވަނީ ލަންދޫ ސްކޫލް ޓީމާއި ލަންދޫ ޕޮލިސް ޓީމެވެ. ވަރަށް ތަފާތު ކުޅުމެއް ދެއްކުމަށްފަހު އިއްޔެގެ މެޗު ކާމިޔާބުކޮށްފައިވަނީ 5 – 1 ން ލަންދޫ ސްކޫލު ޓީމެވެ.

ލަންދޫ ސްކޫލު ޓީމަށް 4 ގޯލު ޖަހައިދީފައިވަނީ އިއްޔެގެ މެޗުގައި ތަފާތު ކުޅުމެއްދެއްކި ޙަސަން ޖާވީދު (ޖޯރޭ) އެވެ. ލަންދޫ ސްކޫލު ޓީމަށް 1 ގޯލް ޖަހައިދީފައިވަނީ ޔޫސުފް ޢަބްދުލް ރަޙީމް (ޔޫއްޓޭ) އެވެ.

ޕޮލިސްޓީމަށް ގޯލް ޖަހައިދީފައިވަނީ މުޙަންމަދު ޙަސަން (ރަނބޭ) އެވެ. އިއްޔެ ހަވީރު ކުޅެވުނު މެޗުގެ މޭން އޮފްދަ މެޗަށް ހޮވިފައިވަނީ ލަންދޫ ސްކޫލު ޓީމަށް 4 ގޯލް ކާމިޔާބުކޮށްދިން ޙަސަން ޖާވީދު (ޖޯރޭ) އެވެ.

މި މުބާރާތުގެ އިތުރުމެޗެއްވަނީ ރޭގަވެސް ކުޅެފައެވެ. ރޭގެ މެޗުގައި ބައްދަލުކޮށްފައިވަނީ ލަންދޫ ކައުންސިލް ޢިދާރާގެ ޓީމާއި ލަންދޫ ފެނަކަ ބްރާންޗުގެ ޓީމެވެ. މި މެޗު ނިމިގެންގޮސްފައިވަނީ 3 – 2 ން ލަންދޫ ކައުންސިލްގެ ޢިދާރާގެ ޓީމް މެޗު ކާމިޔާބުކޮށްގެންނެވެ. ރޭގައި ކުޅެވުނު މެޗުގެ މޭން އޮފްދަ މެޗަށް ހޮވިފައިވަނީ ލަންދޫ ކައުންސިލް ޢިދާރާ ޓީމްގެ ކުޅުންތެރިޔާ ޢަބްދުﷲ ޢާރިފް (އާރިއްޕެ) އެވެ. އާރިއްޕެވަނީ ރޭގެ މެޗުގައި 3 ލަންދޫ ކައުންސިލް ޓީމަށް 3 ގޯލުވެސް ޖަހައިދީފައެވެ.

މި މުބާރާތުގެ އިތުރު މެޗުތަކެއް މިރޭގެ 08:30 ގައި ވެސް ފެށިގެން ކުރިޔަށްދާނެއެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަންދޫ ހެލްތު ސެންޓަރުގެ ޓީމާއި ލަންދޫ ސްކޫލު ޓީމެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ލަންދޫ ޕޮލިސްޓީމާއި ލަންދޫ ކައުންސިލް ޢިދާރާގެ ޓީމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close