ފެނަކަ – ލަންދޫ ބްރާންޗަށް ސްޕަވައިޒަރަކާއެކު އިތުރު މުވައްޒަފުންތަކެއް ހޯދަން އިޢުލާންކޮށްފި
ފެނަކަ ކޯޕަރޭޝަން ނ.ލަންދޫ ބްރާންޗަށް ސްޕަވައިޒަރަކާއެކު އަދި އިތުރު މުވައްޒަފުންތަކެއް ހޯދަން މިއަދު އިޢުލާންކޮށްފިއެވެ.
ނ.ލަންދޫ ފެނަކަ ބްރާންޗުން މިއަދު ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ސްޕަވައިޒަރަކާއި، 4 ޓެކްނީޝަނުންނާއެކު ޖުމުލަ 5 މުވައްޒަފުން އެކުންފުންޏަށް ބޭނުންވާކަމަށެވެ. އަދި އެއިޢުލާންގައި ބުނެފައިވާގޮތުން އެމީހުން މަސައްކަތްކުރަންޖެހޭނީ ފެނަކަ ކޯޕަރޭޝަން ، ނ.ލަންދޫބްރާންޗްގައެވެ.
އެ މުވައްޒަފުންނަކީ ނ.ލަންދޫގައި ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމް ބެލެހެއްޓުމުގެ އެކިއެކި މަސައްކަތްތަކަށް ނަގާ މުވައްޒަފުންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ އިޢުލާންގައިވާގޮތުން މިމަޤާމްތަކުގެ ޝަރުތަކީ މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ (ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމާ. އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
(ރ) މަޤާމުގެ މަސައްކަތް ކުރުޅުގެ ހުނަރު/ ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު | ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، ޖީ.އެސް 3 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް ! ރޭންކް ނުވަތަ އެއަށްވުރެ މަތީ ޓޭންކަކާ އެއް ފެންވަހުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން،
(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުންކަމުގައެވެ.
ލަންދޫގައި ސަރުކާރުން ޤާއިމް ކޮށްދީފައިވާ ނަރުދަމާ ނިޒާމްގެ 95 އިންސައްތަ ނިމިފައިވާއިރު އެމައްސައްކަތް ނިންމަން އޮތް ތާރީޚް ފަހަނަ އަޅައި އިތުރަށް އިތުރު އެއްއަހަރު ވާން މިވަނީ ކައިރިވެފައެވެ. އެކިއެކި ސަބަބު ތަކާހުރެ މިމަސައްކަތް ނުނިމި ލަސްވެފައިވާއިރު ކޮންޓްރެކްޓަރ ބުނަނީ އެމީހުންގެ މަސައްކަތް ލަސްވީ އެމަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި ސަރުކާރު ސައިޑުން ދިމާވި ލަސްތަކެއްގެ ސަބަބުންކަމަށެވެ.

